އޮސްޓްރޭލިއާގެ ސްޓާކާއި ކަމިންގްސް އަށް އައިޕީއެލްގެ ރެކޯޑް މުސާރައެއް

Dec 20, 2023, 11:27 AM
އޮސްޓްރޭލިއާގެ ސްޓާކާއި ކަމިންގްސް އަށް އައިޕީއެލްގެ ރެކޯޑް މުސާރައެއް

ޑުބާއީ (ޑިސެމްބަރު 20) - ކުރިއަށް އޮތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އޯކްޝަންގައި އޮސްޓްރޭލިއާގެ ދެ ފާސްޓް ބޯލަރުން ކަމަށްވާ މިޝެލް ސްޓާކާއި ޕެޓް ކަމިންގްސް ރެކޯޑް އަގުތަކެއްގައި އެ ލީގުގެ ދެ ޓީމަކާ ގުޅިއްޖެ އެވެ.

މި އަހަރު އިންޑިއާގައި އޮތް އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ސްޓާކް އާއި ކަމިންގްސް ވަނީ ވިދާލައިފަ އެވެ. އެ މުބާރާތް އޮސްޓްރޭލިއާ ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަންކަން ކުރީ ކަމިންގްސް އެވެ.

ޑުބާއީގައި އިއްޔެ ކުރިއަށްދިޔަ އައިޕީއެލްގެ އޯކްޝަންގައި އެންމެ ފުރަތަމަ ރެކޯޑް ހެދީ ކަމިންގްސް އެވެ. ސަން ރައިޒާސް ހައިދަރުއާބާދުން ކަމިންގްސް އެ ޓީމަށް ގެންދިޔައީ 2.47 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. މިއީ އެ ވަގުތު، އައިޕީއެލްގެ ޓީމަކުން ކުޅުންތެރިއެއްގެ މުސާރަ އަށް ދިން އެންމެ ބޮޑު އަގެވެ.

އެކަމަކު، އޭގެ ފަހުން، ކޮލްކަޓާ ނައިޓް ރައިޑާސް އިން ވަނީ ކަމިންގްސްގެ ރެކޯޑް މުގުރާލައި، 2.98 މިލިއަން ޑޮލަރުގެ މުސާރަ އަކަށް ސްޓާކް އެ ޓީމަށް ގެނެސްފަ އެވެ.

މީގެ ކުރިން އައިޕީއެލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއެއްގެ ގޮތުގައިހުރީ އިންގްލެންޑްގެ ސޭމް ކުރެން އެވެ. ޕަންޖާބް ކިންގްސް އިން މިދިޔަ ސީޒަންގައި ކުރެން ގެންދިޔައީ 2.23 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ.

ސްޓާކް އެންމެ ފަހު އައިޕީއެލްގައި ކުޅުނީ މީގެ އަށް އަހަރު ކުރިންނެވެ. ޝެޑިއުލް ބާރުބޮޑުވާތީ މިދިޔަ ސީޒަންގެ އައިޕީއެލްގައި ކަމިންގްސް ނުކުޅެ އެވެ.

އައިޕީއެލްގެ އޯކްޝަންގައި ސްޓާކް އާއި ކަމިންގްސްގެ މުސާރަ ފެށީ 240،000 ޑޮލަރުންނެވެ. މިއީ އައިޕީއެލްގެ އޯކްޝަންގެ އެންމެ މަތީ ލެވެލްގެ ދެ ކުޅުންތެރިންނެެވެ.

އޯކްޝަންގައި ތިން ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބުނީ ނިއު ޒީލެންޑްގެ އޯލް ރައުންޑަރ ޑެރީލް މިޗެލްއެވެ. މިޗެލް އަށް ޗެންނާއީ ސުޕަ ކިންގްސް އިން 1.6 މިލިއަން ޑޮލަރުގެ މުސާރައެއް ދޭނެއެވެ.

މި ފަހަރުގެ އޯކްޝަންގައި 300 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވިއެވެ. އަންނަ އަހަރު އައިޕީއެލް ކުރިއަށްދާނެ ކަމަށް ބެލެވެނީ މާޗު މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox