"ރަސްމާލެ - ޒީރޯ ކާބަން ސިޓީ" އަށް ބޭނުންވާ ފުރަތަމަ 29 ހެކްޓަރު ހިއްކަން ފަށައިފި

މިއަދު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަނީ. އެންމެ ފުރަތަމަ ހިއްކަނީ 29 ހެކްޓަރު

މިއަދު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަނީ. އެންމެ ފުރަތަމަ ހިއްކަނީ 29 ހެކްޓަރު

މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކުމުގެ ފުރަތަމަ ސްޓޭޖުގައި ހިއްކާ 29 ހެކްޓަރު ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފަށްޓަވައިދެއްވައި އެ މަޝްރޫއުގެ ބައެއް މައުލޫމާތުތައް ހާމަކުރައްވައިފި އެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް މިއަދު ރައީސް އިއުލާނުކުރެއްވި އެވެ. މަޝްރޫއު ކުރިއަށްގެންދަން ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެ މަޝްރޫއުއިން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް އެކުލަވާލި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ރިޕޯޓުން އެނގޭ ގޮތުގައި މިއަދު ހިއްކަން ފެށީ 29 ހެކްޓަރެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 އިންސައްތަ އެވެ.

Advertisement

މަޝްރޫއުގެ ބާކީ 97.1 އިންސައްތަ ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. އެ ފިޔަވަހިތަކަށް ވަކިން އީއައިއޭ ހަދާއިރު މިއަދު ފެށި މަޝްރޫއު ނުހުއްޓައި ގޮސް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭ އެރަށް ހިއްކައި ނިންމާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑު ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގަ އެވެ.

ފުށިދިއްގަރުފަޅު
ފުށިދިއްގަރުފަޅު

ފުށިދިއްގަރުފަޅު

މި މަޝްރޫއު ކުރިއަށްގެންދަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށްވާއިރު މަޝްރޫއުގެ އަގެއް ސަރުކާރުން އަދި އާބަންކޯއިން ވެސް ހާމަނުކުރެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރާއްޖޭގައި މިހާރުވެސް ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުނި އެވެ.

ރައީސް މުއިއްޒު މިއަދު ހާމަކުރެއްވި ގޮތުގައި މި ރަށަށް ދީފައިވާ ނަމަކީ "ރަސްމާލެ" އެވެ. އަދި މިއީ ޒީރޯ ކާބަން ސިޓީއަކަށް ވާނެ ކަމަށް އެމަނިކުފާނު އިއުލާނުކުރެއްވި އެވެ. އޭގެ އިތުރުން މި ރަށް ތަރައްގީ ކުރާނީ ބައިނަލްއަގްވާމީ މިންގަނޑުން ރައްކާތެރި ރަށެއްގެ ގޮތުގައި ކަމަށާއި އުސްމިނުގައި ތިން މީޓަރާއި ދެ މީޓަރު ހުންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވައި ދެއްވަނީ. -- ފޮޓޯ: އަދަދު
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވައި ދެއްވަނީ. -- ފޮޓޯ: އަދަދު

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

titledesc

މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ ގޮތުންނާއި މަޝްރޫއުއާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއިން ވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ކުރީ ސަރުކާރުން ހިއްކާފައި ހުރި ފަޅުތައް ތަރައްގީކުރުމުގެ ބަދަލުގައި މި ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން މުޅިން އާ މަޝްރޫއެއް ފަށަން އުޅޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަންވެސް ބަޖެޓުން ވަނީ އުނިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox