ހިތަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތޫނު ހަތިޔާރު ހޯދައިފި

Dec 8, 2023, 6:28 PM
ކްރައިމް ސީންއެއްގައި ފުލުހުން ޓޭޕު އަޅައި ބަންދުކޮށްފައި. --ފައިލް ފޮޓޯ

ކްރައިމް ސީންއެއްގައި ފުލުހުން ޓޭޕު އަޅައި ބަންދުކޮށްފައި. --ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ހިތަދޫގައި ގްރޫޕް ހަދައިގެން އެއްވެ އުޅޭ ހިސާބެއް ކަމަށްވާ އުސްގަނޑު ބީޗު ސަރަހައްދުން މިއަދު ހަވީރު ފުލުނުން ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހޯދައިފި އެވެ.

މިއީ އައްޑޫގައި ގްރޫޕް މާރާމާރީ އިތުރުވުމާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަނެއްގައި ހޯދި އެއްޗިއްސެވެ. މި ތަކެތި ފެނުނީ އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ފޮރުވާފައި ހުއްޓަ އެވެ.

ފުލުހުން ހޯދި އެއްޗެހީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކާއި، އަންގި އާއި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެ އެވެ.

Advertisement

މި އޮޕަރޭޝަން ހިންގީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ގުޅިގެންނެވެ.

ފުލުހުން ބުނީ ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެ ތިބޭ މީހުންނާއި، އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް އަންނަނީ ފާސްކުރަމުންނެވެ.

މާރާމާރީތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން މިއަދު ބަންދު ކުރުމާއެކު, މިކަމުގައި ޖުމްލަ ބަންދުކުރި މީހުންގެ އަދަދު 11 އަށް ވަނީ އަރައިފަ އެވެ.

ދުވަސްތަކަކަށްފަހު އައްޑޫގައި އަނެއްކާވެސް ގޭންގު މާރާމާރީތައް އިތުރުވެފައިވާއިރު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހައްޔަރުކުރީ ޖުމްލަ 12 މީހުންނެވެ. އޭގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލާފައި ވާއިރު, ދެން ތިބި 11 މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި، 20 އަހަރުގެ ތިން މީހުންނާއި، 21 އަހަރުގެ މީހަކާއި 23 އަހަރުގެ ތިން މީހުންނެވެ. އަދި މިއަދު ބަންދުކުރި 19 އަހަރުގެ މީހާ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެ އަތޮޅުގައި ވަނީ މާރާމާރީ ހިންގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމު ކޮށްލައިފަ އެވެ. އޭގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު ޒަހަމުކޮށްލި 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ، އަންނަނީ މާލެއަށް ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox