ވެރިކަން ނިމެން އެއް ދުވަހަށް ވެފައި އޮއްވައި ބްރިޖު ނިންމަންޖެހޭ ތާރީހު 2026 އަށް އޮތީ ބަދަލުކޮށްފައި: މިނިސްޓަރު މުއްތަލިބު

ބުރިޖުގެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ބުރިޖުގެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ކުރީގެ ސަރުކާރުން އޮތީ ދައުރު ހަމަވުމުގެ އެއް ދުވަސް ކުރިން އެފްކޮންސްއާ އެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މިހާރު ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމަންޖެހޭ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެެއްޖެ އެވެ.

ބްރިޖުގެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން އެފްކޮންސްއާ އެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނުނިންމޭނެ ކަން އެފްކޮންސްއަށް ކަށަވަރުވެފައިވުމާއި ސަރުކާރުން ކޮންޓުރެކްޓަރަށް ދޭންޖެހޭ ބިންތަކެއް ހަވާލު ކޮށްފައި ނުވުމުގެ އިތުރުން މަސައްކަތް ނިިންމަންޖެހޭ ތާރީހަށްވުރެ ލަސްވެގެން ހިނގައްޖެ ނަމަ ކޮންޓުރެކްޓަރު ބޮޑު އަދަދަކުން ޖޫރިމަނާ ވާނެތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

"އާ ސަރުކާރު ހަވާލުވުމުގެ އެއްދުވަސް ކުރިން މިއޮތީ ސަޕްލިމެންޓަރީ އެގުރީމެންޓެއްގައި ސޮއިކޮށްފައި، އެ އެގުރީމަންޓުގައި ވާގޮތުން މިހާރު މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 30 ސެޕްޓެމްބަރު، 2026،" މުއްތަލިބު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ އެއް ދުވަސް ކުރިން އެފްކޮންސްއާ އެކު ވެފައިވާ އެއްބަސްވުމަށް މި ސަރުކާރުން ފުރިހަމައަށް އިހުތިރާމު ކުރި ނަމަވެސް އެފްކޮންސްއާ ވާހަކަ ދައްކައިގެން އަވަސް ކުރެވެން ހުރި ކަންކަން ބަލައި އެ ކަންކަން އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އެފްކޮންސްއާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން މަސައްކަތް އެއްކޮށް ނިންމާ ގޮތަށް ސެޕްޓެމްބަރު 16، 2021 ގަ އެވެ. އެގޮތުން މާލެއިން ގުޅީފަޅާ ހަމައަށް ބްރިޖުން ގުޅައި 27 މަސްދުވަސް ތެރޭގައި ނިންމުމަށް ދެފަރާތުން އޭރު އެއްބަސްވެފައިވެ އެވެ. އަދި ބުރޖުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ތިލަފުށްޓާ ހަމައަށް 32 މަސްދުވަސް ތެރޭގައި ނިންމުމަށް ދެފަރާތުން އެއްބަސްވެފައިވެ އެވެ. މުޅި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށް އޭރު ކަނޑައަޅާފައި ވަނީ މެއި 17، 2021 އަށެވެ.

ނަމަވެސް ކުރީގެ ސަރުކާރާ އެފްކޮންސްއާ ދެމެދު އެކުލަވާލައިފައިވާ ސަޕްލިމެންޓަރީ އެއްބަސްވުމުގައި ވާގޮތުން މިހާރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ 51.5 މަހަށް އިތުރު ކޮށްދީފަ އެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ 45 މަސްދުވަހަށް އިތުރު ކޮށްދީފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވަނީ މަސައްކަތް ދިގުލައިގެން ގޮސްފައި ވަނީ އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ އާއި ގާބިލުކަން އެފްކޮންސްގެ ނެތުމާއި ތިލަމާލެ ބްރިޖުގެ މަސައްކަތަކީ ވަރަށް ކުޑަ މަސައްތެއްގެ ގޮތުގައި އެ ކުންފުނި ދުށުން ކަމަށް ވިދާޅުވި އެވެ.

"ދެން ކުރެވޭނެ ކަމަކީ މި ސްކެޑިއުލުން ކައްސާ ނުލައި ކުރިއަށް ދެވޭނެ ގޮތެއް ހޯދުން، އެ އެއްބަސްވުމަށް އަޅުގަނޑުމެން އިހުތުރާމު ކުރަން، އެހެންނަމަވެސް ކޮންޓުރެކްޓަރާ ވާހަކަދައްކަައިގެން އަވަސް ކުރެވޭނެ ކަންކަން އަވަސް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖު އެޅުމުގެ މަސައްކަތުގައި އެފްކޮންސްގެ 1500 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެ އެވެ. ބްރިޖުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރިއިރު، އޮތީ އަންނަ މަހުގެ ނިޔަލަށް ގުޅީފަޅާ ހަމައަށް އަދި އަންނަ އަހަރުގެ މެއި މަހަށް ތިލަފުށްޓާ ހަމައަށް ގުޅައިލާ ގޮތަށެވެ. ނަމަވެސް ތާވަލު ކުރި ގޮތާ ހިލާފަށް މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފަ އެވެ.

ގުރޭޓާ މާލެ ކަނެކްޓިވިޓީ ޕުރޮޖެކްޓަކީ މިހައިތަނަށް ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު އެވެ. އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭއިން މާލެއިން ފެށިގެން ގޮސް ތިލަފުށްޓާ ހަމައަށް ގުޅައިލާނެ އެވެ.

ބްރިޖު އެޅުމަށް ފަންޑު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނުގެ ގޮތުގައި ދީފައިވާ 400 މިލިއަން ޑޮލަރުގެ އިތުރުން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ރުފިޔާއިންނާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ބްރިޖު އެޅުމަށް ހަރަދު ވާނެ ކަމަށް ކުރީގެ ސަރުކާރުން އަންދާޒާ ކޮށްފައި ވަނީ ޖީއެސްޓީ ނުހިމަނައި 500 މިލިއަން ޑޮރަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox