އަޅުގަނޑާ ހެދި މަޖިލިސް ނުހުއްޓޭނެ، ވަކިކުރަން ސޮއި ހަމަކޮށްފި ނަމަ އިސްތިއުފާ ދޭނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވި މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވި މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ގިނަ މެމްބަރުންތަކެއް މަސައްކަތް ފަށްޓަވައިފި ނަމަ މަގާމުގައި ދެމިނުހުންނަވާނެ ކަމަށާއި އެފަދަ ކަމެއްގައި މަޖިލިސް ނުހުއްޓޭނެ ކަަމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް، މިއަދު ވިދާޅުވެއްޖެ އެވެ.

ނަވާރަ ވަނަ ރައްުޔިތުންގެ މަޖިލީހުގެ ދައުރު ފެށުނީއްސުރެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވުމަށް ފަހު ރާއްޖޭ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ގަރާރު ކުރިއަށް ނުގެންދެވި، އެތައް ދުވަހެއް ހޭދަވުމަށް ފަހުގަ އެވެ.

މަޖިލީހުގެ ގަވާއިދު، ވަކި ގޮތަކަށް މާނަކޮށް އެ މައްސަލަ އެޖެންޑާ ނުކުރާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމީ އެމްޑީޕީއާ އެއްކޮޅަށެވެ.

މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ވަޑައިގެންނެވީ ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގައި އެހީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ދިގުލައި ދިޔައީ "މަޖިލީހުގެ ގަވައިދުގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށް ވާއިރު އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ގަވާއިދު އިސްލާހުކުރަން ކިހާ އިސްކަމެއް ދެއްވާނަންތޯ" އެވެ.

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މަޖިިލީހުގެ މަސައްކަތް ހުއްޓެން މެދުވެރިވާ ސަބަބަކީ ގާނޫނެއް ގަވާއިދެއް ނެތުމެއް ނޫން ކަމަށާއި އެކަންކަމުގައި އަމަލުކުރެވޭ ގޮތް ކަމަށެވެ.

"މިސާލަކަށް މަޖިލީހުގެ 44 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ސޮއިކޮށްފައި އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މި ގަޑީގައި ލިޔަސް، އަަޅުގަނޑަށް، އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން، މަޖިލިސް އިން ނުކުންނާނީ އަޅުގަނޑުގެ އިސްތިއުފާގެ ސިޓީގައި ސޮއިކޮށްފައި،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެފަދަ ކަންތައްތަކުގައި އެކި ބޭފުޅުން އަމަލުކުރައްވާނީ އެކި ގޮތްގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެެ.

"އެ ސުވާލު އެގޮތަށް އަމާޒުކުރައްވާ ކަމަށް ވަނީ ނަމަ، [ދަންނަވަން އޮތީ] އަޅުގަނޑާ ހެދީ އެއް މަޖިލިސް ހުއްޓިގެން ދާކަށް ނުޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox