ހޯމް-ސްކޫލިން ފޯރުކޮށްދޭ "ހާއްސަ ހާލަތްތައް" ސާފުކޮށްދޭންޖެހޭ: އައިޝަތު އަލީ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: ހޯމް-ސްކޫލިން ފޯރުކޮށްދޭ "ހާއްސަ ހާލަތް" ސާފުކޮށްނުދީފިނަމަ، ތަފާތު ގޮތްގޮތަށް މާނަކޮށް، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބިދާނެ ފަދަ ނިންމުންތައް ނިންމުމަށް ޖާގަ ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: ހޯމް-ސްކޫލިން ފޯރުކޮށްދޭ "ހާއްސަ ހާލަތް" ސާފުކޮށްނުދީފިނަމަ، ތަފާތު ގޮތްގޮތަށް މާނަކޮށް، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބިދާނެ ފަދަ ނިންމުންތައް ނިންމުމަށް ޖާގަ ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގޭގައި ކިޔަވައިދިނުމުގެ ފުރުސަތު ލިބޭ ގޮތަށް ތައުލީމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި، ހާއްސަ ހާލަތްތަކުގައިި އެ ހިދުމަތް ފޯރުކޮށްދެވޭ ކަމަށް ބަޔާންކޮށްފައި އޮތުމުން، އެ ހާލަތްތައް އިތުރަށް ސާފުކޮށްދޭންޖެހޭ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. 

އައިޝަތު އަލީ ފޭސްބުކް ގައި ވިދާޅުވީ، އިސްލާހުގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތްތައް ކަނޑައަޅަނީ ކޮންބައެއް ކަމާއި، އެ އަސާސްތައް ކަނޑައަޅަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން ވެސް އެނގެން ނެތް ކަމަށެވެ. 

"ހޯމް ސްކޫލިންއަށް ފުރުސަތު ދެވޭ ފަރާތްތަކުގެ ތެރޭގައި ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ފަރާތްތައް ހިމަނާފައިވާތީ ސުވާލު އުފެދޭ. މި ދަންނަވާ ހާއްސަ ހާލަތްތަކަކީ ކޮބައިތޯ. އެ ހާލަތްތައް ކަނޑައަޅާނީ ކާކުތޯ. އަދި އެ ހާލަތްތައް ކަނޑައަޅާނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްތޯ،" އޭނާ ވިދާޅުވި އެވެ. 

އައިޝަތު އަލީ ވިދާޅުވީ ގާނޫނެއްގައި އެފަދަ މުހިންމު މާއްދާއެއް ސާފުކޮށް މާނަކޮށްދީފައި ނުވާނަމަ، ތަފާތު ގޮތްގޮތަށް މާނަކޮށް، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބިދާނެ ފަދަ ނިންމުންތައް ނިންމުމަށް ޖާގަ ހުޅުވިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިން މަޖުބޫރީ ތައުލީމުން މުޅިން އިސްތިސްނާކުރެވިދާނެ ފަދަ ގޮތަކަށް އެފަރާތްތަކަށް ހޯމް-ސްކޫލިން ތައާރަފްކުރަން އުޅޭތީ ކަންބޮޑުވާ ކަމަށެވެ. އޭގެ އިތުރުން، އެ ކުދިންގެ ބޭނުންތައް ފުއްދައިދިނުމަށް ސްކޫލްތަކަށް ލާޒިމުކުރުމުގެ ބަދަލުގައި އެކުދިން ސްކޫލްތަކާ ދުރުކުރެވިދާނެތީ ވެސް އައިޝަތު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ތައުލީމަށް ހުރި ގޮންޖެހުންތަކުގެ ހައްލަކަށް ވާންވާނީ ސްކޫލްތައް ބާރުވެރިކޮށް ހަރުދަނާކުރުން ކަމަށާއި ސްކޫލްތަކުން ކުދިން ބާކީކުރެވިދާނެ ފަދަ މަގުތަކެއް ފަހިކުރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މި އިސްލާހުތައް ފާސްކުރުމުގެ ކުރިން، މި ހުށަހެޅިފައިވާ ބަދަލުތަކުން ކޮންމެ ކުއްޖެއްގެ ހައްގުތައް ރައްކާތެރިކޮށްދޭނީ ކިހިނެއްކަން އޮޅުންފިލުވައިދޭން ޖެހޭ. ކުދިންނަށް ތައުލީމީ ފުރުސަތުތައް ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ސާފު މާނަކުރުންތަކާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އަދި ޖަވާބުދާރީކުރުވޭނެ ނިޒާމުތައް ގާނޫނުގައި ހިމެނެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. 

 ރާއްޖޭގެ އެއްވެސް ކުއްޖެއް ބާކީ ނުކޮށް ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ކުއްޖަކަށްމެ އުނގެނުމާއި، ބައިވެރިވުމާއި މުޖުތަމައުގެ ބަޔަކަށްވުމުގެ ފުރުސަތު ހޯދައިދިނުމުގެ އުސޫލުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކީ، ތައުލީމު ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އޮންނަ ވާޖިބު ކެނޑިގެންދާނެ ސަބަބަކަށް ދުވަހަކު ވެސް ވެގެން ނުވާނެ. ކުއްޖަކަށް ސްކޫލަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ދައުލަތުގެ ޒިންމާއަކަށް ވާންވާނީ އެ ކުއްޖަކަށް ތައުލީމު އުނގަންނައިދެވޭނެ އެކަށީގެންވާ ގޮތެއް ހޯދުން. އެ ކުއްޖާ ތައުލީމުން އިސްތިސްނާކުރުމެއް ނޫން،" އައިޝަތު ވިދާޅުވި އެވެ. 

ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ފޯރުކޮށްދެވޭ އަސާސީ ޝަރުތުތައް:

  • ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ހާއްސަ ހާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.
  • ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް ސްކޫލިން ޕްރޮގްރާމުގެ ދަށުން ކުއްޖާއަށް ތައުލީމު ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.
  • މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓްރީވެފައިވުން.

މި އިސްލާހުގައި ބުނަނީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކު، އެ ކުއްޖާގެ އުމުރުން 16 އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމު ގަބޫލުކުރާ ސާނަވީ ތައުލީމުގެ މަރުހަލާ ފުރިހަމަކޮށްފައިވާނަމަ، އެ ކުއްޖަކު ސްކޫލަށް ދިޔުން ލާޒިމެއް ނުވާނެ ކަމަށެވެ.

ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox