ހުލާސާކޮށް އިއްޔެ: ފުލުހުން ކަނޑައެޅި އަމާޒު ހާސިލުވުން

Nov 4, 2023, 1:21 AM
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

ވޭތުވެދިޔަ ފަސް އަހަރު ފުލުހުންގެ ހިދުމަތަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް 2019 އިން 2024 އަށް އެކުލަވާލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ އަމާޒުތައް ހާސިލުކުރެވުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި އެވެ.

މި މަހުގެ 11 ގައި ރިޓަޔާ ކުރައްވަން ނިންމަވައިފައިވާ ހަމީދު ފުލުހުންގެ ބްލޮގުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮވިޑު 19 އާއި އޮޕަރޭޝަންތައް ރާވާ ހިންގުމުގައި ފުލުހުންގެ އިދާރާގެ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތަކާއެކު ވެސް ގިނަ އަމާޒުތައް ހާސިލްކުރެވުނު ކަމަށެވެ.

"މި ދެންނެވި ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތައް ވަނީ ހާސިލްކުރެވިފަ" މިވަގުތު އޮސްޓްރޭލިއާގައި ހުންނެވި ހަމީދު ލިޔުއްވާފައިވެ އެވެ.

އެގޮތުން މި މުއްދަތުގައި ފުލުހުންގެ ހިދުމަތް ރީސްޓްރަކްޗާ ކުރުމާއި، މުޖުތަމައާ ގާތުން ހިދުމަތް ދިނުމަށް އަވަށްޓެރި ފުލުހުންގެ ރޯލު ވަރުގަދަ ކުރުމާއި، ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ބާރު އިތުރުކޮށް އެތެރޭގެ ހިންގުންތައް ހަރުދަނާ ކުރެވިގެންދިޔުމަކީ ލިބުނު ކާމިޔާބީތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަސްތުވާތަކެތީގެ ވިޔަފާރި އާއި ގޭންގު ކުށްތައް އަދި ހަރުކަށި ފިކުރު ފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރެވި ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވުނު"

އޭގެއިތުރުން، ޓްރެފިކް ކުށްތަކާއި މަގުމަތީގެ ކުށްތައް ހުއްޓުވުމަށް އާބާދީ ބޮޑު ސަރަހައްދުތަކަށް ހައި ވިޒިބިލިޓީ ފުލުހުން ނެރުމާއި އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރުމާއި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އިތުރުން ފުލުހުން ތަމްރީނު ކުރުމަށް އައްޑޫގައި ގާއިމުކުރި ޓްރެއިނިން ކޮލެޖާއި ބައިނަލްއަގުވާމީ ފުލުހުންގެ މުޖުތަމައުގައި ކުރެވުނު މަސައްކަތައްވެސް ހަމީދު ފާހަގަކުރެއްވީ، ދުރާލާ ރޭވިގެން ހޯދުނުން ބޮޑެތި ކާމިޔާބީތަކެއްގެ ގޮތުގަ އެވެ.

އެ ކާމިޔާބީތައް ހާސިލްކޮށް، ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ފުލުހުންގެ ހިދުމަތްތައް ބައްޓަން ކުރުމަށް ހުރިހާ ފުލުހުން ކުރި ބުރަ މަސައްތަށް އޭނާގެ ޕޯސްޓުގައި ޝުކުރުއަދާ ކުރައްވާފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އިއްޔެ މާލޭގައި ފެންބޮޑުވުމާއެކު ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް
އިއްޔެ މާލޭގައި ފެންބޮޑުވުމާއެކު ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

އިއްޔެ މާލޭގައި ފެންބޮޑުވުމާއެކު ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox