ހުލާސާކޮށް އިއްޔެ: ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް

Oct 19, 2023, 2:23 AM
މި ހިނގަމުންދާ 2024 ވަނަ އަހަރަށް ލަފާކުރި ބަޖެޓު މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މި ހިނގަމުންދާ 2024 ވަނަ އަހަރަށް ލަފާކުރި ބަޖެޓު މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މި ހިނގަމުންދާ މާލީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން އެ ބަޖެޓުގެ ބައެއްގެ ގޮތުގައި އިތުރު ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ފާސްކުރީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއަށްވުރެ އިތުރަށް ހަ ބިލިއަން ހަރަދު ކުރުމަށް މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަނީ އިންތިހާބީ ރައީސްގެ އޮފީހާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ވަނީ އެނގިފަ އެވެ.

އިއްޔެގެ ވަގުތެއްގައި މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން "އަދަދު" ނޫހަށް ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.

ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަ ބިލިއަން ރުފިޔާ ހަރަދުކުރަން މަޖުުބޫރުވީ މިއަހަރަށް ކަނޑައަޅާފައިވާ ފިއުލް ސަބްސިޑީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމާއި, އާސަންދައިގެ ބަޖެޓު ހުސްވުމުގެ އިތުރުން ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ހަރަދުތައް އިތުރުވުމުގެ ސަބަބުން ކަމަށް ވެސް "އަދަދު" ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން އެނގޭ ގޮތުގައި އާސަންދައަށް ބަޖެޓު ކުރި ވަރަށް 487.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު ސަބްސިޑީއަށް އިތުރަށް 732.4 މިލިއަން ހަރަދު ކޮށްފި އެވެ.

އޭގެ އިތުރުން, އިންވެސްޓްމަންޓު ހޭދަ (އިންވެސްޓްމަންޓް އައުޓްލޭސް) ގެ ގޮތުގައި ބަޖެޓު ކުރި ވަރަށްވުރެ 379 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ އިތުރުން, ސަރުކާރު ކުންފުނިތަކަށް ދޫކުރާ ލޯނު ނުވަތަ ޑޮމެސްޓިކް ލެންޑިންގެ ގޮތުގައި ބަޖެޓު ކުރި ވަރަށް ވުރެ 478 މިލިއަން ރުފިޔާ ވަނީ އިތުރަށް ހޭދަކޮށްފަ އެވެ.

ސެޕްޓެމްބަރު 28, ގައި އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން އެހާތަނަށް ބަޖެޓުން 35.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓުގެ 83.6 ޕަސެންޓެވެ. އޭގެ ފަހުން ބަޖެޓު ހަރަދުތައް އެނގޭނެ ރިޕޯޓެއް ފިނޭންސުން ހާމަކޮށްފައި ނުވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެންމެ ލަސްވެގެން އޮކްޓޯބަރު 31, ގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހޭއިރު އެ ބަޖެޓަށް ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަޝްވަރާ ހޯދާނެ ކަމަށް ފިނޭންސުން މީގެކުރިން ބުނެފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox