ގައުމީ ފުޓްސަލް ޓީމުގެ ނަތީޖާ ރަނގަޅުވާނީ ފެންވަރުގެ ވަސީލަތް ހުރެގެން

Oct 16, 2023, 9:32 AM
ލެބަނަން ކޮޅަށް ގޯލު ޖެހުމަށް ފަހު ހާއްޕެ އުފާފާޅުކުރަނީ.--- ފޮޓޯ: ކިރްގިސްތާން އެފްއޭ

ލެބަނަން ކޮޅަށް ގޯލު ޖެހުމަށް ފަހު ހާއްޕެ އުފާފާޅުކުރަނީ.--- ފޮޓޯ: ކިރްގިސްތާން އެފްއޭ

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހުނީ މަތީ ފަންތީގެ ތަޖުރިބާ ބޮޑު ރަނގަޅު ލެވަލްގެ ގައުމުތަކަކާ ކަމަށްވާއިރު، އެ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު، ގައުމީ ފުޓްސަލް ޓީމުގެ ނަތީޖާތަށް ކުރިއަށް އޮތްތަނުގައި ވެސް ރަނގަޅު ކުރެވޭނީ ރާއްޖޭގައި އެ ފެންވަރުގެ ވަސީލަތް ވެސް ހުރެ ރަނގަޅަށް ތައްޔާރުވެގެން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ) ބުނެފި އެވެ.

މިިދިޔަ އަހަރުގެ ކޮލިފައިންއާ އަޅާކިޔާއިރު، މި އަހަރު ގައުމީ ފުޓްސަލް ޓީމުގެ ނަތީޖާތަކާއި ކުޅުން ވެސް ރަނގަޅެވެ. އިތުބާރާ އެކު ކުޅެ އިދިކޮޅު ޓީމު ޕްރެޝަރަށް ވެސް ވައްޓާލެވުނު ވަގުތުތަކެއް ދިޔަ އެވެ. އެކަމަކު، ރާއްޖޭގައި ރަސްމީ ފުޓްސަލް ކުޅޭނެ ވަސީލަތެއް ނެތި ތަމްރީނުތަކެއް ކޮށްގެން ގޮސް ކުޅެން ޖެހުމުން، މެޗުގެ ޕްރެޝަރު ވަގުތުގައި، ވަރުގަދަ ޓީމުތަކުން ފައިދާނަގައިގެން ތަފާތު ނަގައި ރާއްޖެ އަތުން މޮޅުވަނީ އެވެ.

މި ފަހަރު ގައުމީ ފުޓްސަލް ޓީމުގެ ނަތީޖާތަކަށް ބަލާއިރު، ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް އިރާން އަތުން ބަލިވީ 18-2 އިންނެވެ. ދެ ވަނަ މެޗުގައި ލެބަނަން ކައިރިން ރާއްޖޭން ލީޑުނެގިޔަސް، އެ މެޗުން ވެސް ބަލިވީ 6-1 އިންނެވެ. ގްރޫޕްގެ ފަހު މެޗުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި މިދިޔަ އަހަރުގެ ތިން މެޗުން ރާއްޖެ ކޮޅަށް 31 ގޯލު ވަދެފައިވާއިރު، ޖެހުނީ އެންމެ ގޯލެކެވެ. ޕޮއިންޓެއް ނުލިބުނުއިރު، ރާއްޖޭގެ ގެއްލުން 30 ގޯލު އޮތެވެ. މި ފަހަރު ރާއްޖެ ކޮޅަށް ތިން މެޗުން ވަދެފައިވަނީ 32 ގޯލެވެ. ރާއްޖޭން މި ފަހަރު ޖުމްލަ އެކު ހަ ގޯލު ޖަހާފައިވެ އެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު، ރާއްޖޭގެ ގެއްލުން އޮތީ 26 ގޯލެވެ.

ގައުމީ ޓީމުގެ ވޯމްއަޕެއްގެ ތެރެއިން ހާއްޕެ: މި ފަހަރުގެ ކޮލިފައިން ތިން މެޗުގައި ވެސް ހާއްޕެ ވަނީ މޮޅު ކުޅުމެއް ދައްކާފައި.--- ފޮޓޯ: ކިރްގިސްތާން އެފްއޭ

ގައުމީ ފުޓްސަލް ޓީމުގައި މި ފަހަރުގެ ކޮލިފައިން މެޗުތަކުގައި ވިދާލާފައިވަނީ ތިން މެޗުން ހަތަރު ގޯލު ޖެހި ހާއްޕެ އެވެ. މިއީ ހާއްޕެގެ ކެރިއަރުގެ ވެސް ހާއްސަ މުބާރާތެކެވެ.

ހާއްޕެ، "އަދަދު" އަށް ބުނީ ކުޅުން ރަނގަޅުކުރަން ޓީމުން އެކުގައި ވަރަށް މަސައްކަތް ކުރާ ކަމަށާއި އެކަން މެޗުތަކުގައި ފެނުނު ކަމަށެވެ.

"އެކަމަކު، މި ލެވަލްގައި ކުޅެންޏާ އެބަޖެހޭ ރާއްޖޭގައި ވެސް ރަނގަޅު ވަސީލަތްތަކެއް ހުންނަން. އިންޑޯއެއްގައި ކުޅެފައި ޕްރެކްޓިސްތަކެއް ކޮށްފައި، އެހެން ގަވާއިދުން ރަނގަޅަށް މަސައްކަތްތަކެއް ކޮށްގެން އައިސް މި ލެވަލްގައި މި އަށް ވުރެ ރަނގަޅު ނަތީޖާ ވެސް ނެރެވިދާނެ. ބޭނުންވަނީ ވަސީލަތްތައް، ހުނަރު ހުރި ކުޅުންތެރިން އެބަތިބި،" ހާއްޕެ ބުންޏެވެ.

"ފުޓްސަލް ކުޅެވޭ ރަނގަޅު އިންޑޯއެއް އޮވެފައި، ގައުމީ ފުޓްސަލް ލީގެއް، ވެސް ކުޅެ، ގަވާއިދުން ރަނގަޅު ލެވަލްގެ މުބާރާތްތަކެއް ވެސް އޮތުން މުހިންމު،"

ގައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު، އަލީ ނަދީމް (ކޮކޯ) އާއި ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ވެސް ވަނީ މި ލެވަލްގައި ގިނައިން ކުޅެގެން ތަޖުރިބާ ހޯދައިގެން ކުރިއެރުން ލިބޭނެ ކަމަށާއި އެކަމަކު އެންމެ މުހިންމީ ރާއްޖޭގައި ކުޅުންތެރިން އެންމެ އެކަށޭނެ ގޮތުގައި ޑިވެލޮޕްކުރަން ބޭނުންވާ ވަސީލަތްތައް ގާއިމްވެފައި ހުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox