ގައުމީ ފުޓްސަލް ޓީމަށް ދިމާވަނީ މި ލެވަލްގެ ތަޖުރިބާގެ މައްސަލަ: އަބޯ

Oct 10, 2023, 2:53 AM
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަބޯ: ޓީމުގެ ތަޖުރިބާ މަދުވުމުގެ މައްސަލަ މި ލެވަލްގައި ދިމާވާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަބޯ: ޓީމުގެ ތަޖުރިބާ މަދުވުމުގެ މައްސަލަ މި ލެވަލްގައި ދިމާވާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް އެންމެ ބޮޑު ދިމާވާ މައްސަލަ އަކީ މި ލެވަލްގެ ތަޖުރިބާ މަދުވުން ކަމަށް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ވަނީ ބުނެފައި ބުނެފި އެވެ.

ކިރްގިސްތާންގެ ބިޝްކެކްގައި ކުރިއަށްދާ ކޮލިފައިންގައި ގައުމީ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުން 18-2 އިން އިރާން އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އިއްޔެ 6-1 އިން ލެބަނަަން އަތުން ބަލިވެފަ އެވެ. ކޮލިފައިން ގްރޫޕް ސީގެ ކުރީގައި އޮތީ ރޭ ކިރްގިސްތާން އަތުން 10-2 އިން މޮޅުވި އިރާން އެވެ.

ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް އިރާން މި ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ލެބަަނަން އެވެ. ތިން ވަނައިގައި އޮތް ކިރްގިސްތާނަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ފަހަތުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ފުރަތަމަ ދެ މެޗުން ބަލިވުމުން ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން އޭޝިއަން ފުޓްސަލް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ.

ލެބަނަންއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި ރާއްޖޭން ވަނީ އަލީ ހާފިޒް (ހާއްޕެ)ގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ފަހަތުން އަރައި އެ ޓީމުން ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައި، ދެ ވަނަ ހާފުގައި އިތުރު ގޯލުތަކެއް ޖަހައި ފަރަގު ބޮޑުކުރި އެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން އަބޯ ބުނީ މެޗަށް ބަލާއިރު ރަނގަޅަށް ކުޅެން މަސައްކަތްކުރިތަން ފެނިގެންދިޔަ ކަމަށެވެ.

"އަހަރެމެންގެ ތަޖުރިބާ މި ފެންނަނީ ވަރަށް ދަށްކޮށް. އެހެންވެ މިހެން މި މެޗުގައި މި ދިމާވީ ވެސް، ލެބަނަން އަކީ ވަރަށް ތަޖުރިބާހުރި ކުޅުންތެރިން ގިނަ ޓީމެއް. މެޗު ރަނގަޅު، އަހަރެމެން ޓީމު ކުޅޭގޮތް ވެސް ރަނގަޅު، ތަޖުރިބާ ހަމަ މަދީ،" އަބޯ ބުންޏެވެ.

ގްރޫޕްގެ ފަހު މެޗުގައި ރާއްޖޭން ބުދަ ދުވަހު ކުޅޭނީ ކިރްގިސްތާންއާ އެވެ. އެ މެޗާ ބެހޭގޮތުން އަބޯ ބުނީ ކިރްގިސްތާން އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި ފުރަތަމަ މެޗުގައި ލެބަނަން އަތުން 5-4 އިން މޮޅުވި މެޗު ބެލި ކަމަށާއި މިއީ އުނދަގޫ މެޗަކަށްވާނެ ކަމަށެެވެ.

"ކިރްގިސްތާން އަކީ ހޯމް ޓީމު. ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ރަނގަޅަށް ކުޅެން ޖެހޭނީ،" އަބޯ ބުންޏެވެ.

މިދިޔަ އަހަރުގެ ކޮލިފައިން ގްރޫޕްގައި ކިރްގިސްތާން އަތުން ރާއްޖެ ވަނީ 7-1 އިން ބަލިވެފަ އެވެ.

އެންމެ ފަހުން ބޭއްވި ކޮލިފައިން އަށް ވުރެ މި ފަހަރު މިހާތަނަށް ގައުމީ ފުޓްސަލް ޓީމުގެ ނަތީޖާތަށް ޖުމްލަ ގޮތެއްގައި ފެންނަނީ ރަނގަޅަށެވެ. އެ ގޮތުން، މިދިޔަ އަހަރަށް ވުރެ، މި އަހަރު ވެސް ޓީމުން އެޓޭކިންގައި އިތުބާރާ އެކު ކުޅޭތަން އަންނަނީ ފެންނަމުންނެވެ.

ގައުމީ ފުޓްސަލް ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ މާލޭގައި ޓާފް ފުޓްސަލް ދަނޑުގައި ކުޅުމަށް ފަހު ބައިނަލްއަގުވާމީ ލެވަލްގައި އިންޑޯގައި ކުޅެން ޖެހޭއިރު، އެކަށީގެންވާ މިންވަރަށް ފަރިތަވެފައި ނެތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox