ލެބަނަން އިން ފަހަތުން އަރައި ރާއްޖެ އަތުން މޮޅުވެއްޖެ

Oct 9, 2023, 11:53 AM
ކޮލިފައިންގައި ރާއްޖޭން ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.

ކޮލިފައިންގައި ރާއްޖޭން ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ދެ ވަނަ މެޗުން ލެބަނަން އަތުން 6-1 އިން ބަލިވެއްޖެ އެވެ.

މި މެޗުގައި ރާއްޖޭން ލީޑުނަގައި ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު، ތަޖުރިބާގެ އަލީގައި ލެބަނަން އިން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ފަރަގު .ބޮޑުކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި، މޮޅެއް ހޯދައިގެން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ވަނީ ހޯދައިފަ އެވެ.

ފުރަތަަމަ ދެ މެޗުން ބަލިވުމުން، ގްރޫޕް ސްޓޭޖުގައި ބާކީ މެޗެއް އޮއްވައި، ރާއްޖެ އަށް ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ކިރްގިސްތާންގެ ބިޝްކެކްގައި ކުރިއަށްދާ ކޮލިފައިން މެޗުތަކުގައި މިއަދު ރާއްޖޭން ވަނީ ފަށައިގެން ފަހަތުގައި މަޑުކޮށްގެން ތިބެ، ލިބޭ ފުރުސަތުތަކުގައި ކުރިއަށް ގޮސް ލެބަނަން އަށް ނުރައްކާ ކޮށްފަ އެވެ. އެ ގޮތުން، ރާއްޖެ އަށް ލިޑުނަގައިދޭން ހުސްކޮށް ލިބުނު ފުރުސަތެއްގައި އަލީ ޝިޔާހު (ޝިޔަޅޭ) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރާއްޖޭން ލީޑުނެގީ ބަދަލަކަށް ކުޅެން އަރައި، އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުންނެވެ. ހާއްޕެ މި ލަނޑު ޖެހީ ލެބަނަންގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު، ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ކޮލިފައިންގައި ރާއްޖޭން ޖެހި ތިން ގޯލުގައި ވެސް ހާއްޕެގެ ހިއްސާ އެބައޮތެވެ. ފުރަތަމަ މެޗުގައި، އިރާން ކޮޅަށް ފުރަތަމަ ގޯލު ޖެހުމަށް ފަހު، ދެ ވަނަ ގޯލު ޖަހަން ފުރުސަތު ހޯދައިިދިނީ ހާއްޕެ އެވެ.

ލެބަނަން ކޮޅަށް ގޯލު ޖެހުމަށް ފަހު ހާއްޕެ އުފާފާޅުކުރަނީ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލެބަނަން އިން ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލި އެވެ. ދެ ގޯލު ވެސް ޖެހީ ރާއްޖެ އޭރިއާތެރެއިން ލިބުނު ޖާގައިގެ ބޭނުންކޮށްގެންނެވެ.

ރާއްޖެ އަތުގައި ލީޑު ބޭއްވުމަށް ފުރަތަމަ ހާފުގައި ކީޕަރު ޒައިދާން އަހުމަދު (އަސޫ) ވަނީ ގިނަ ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

ލެބަނަން އިން ވަނީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައި، މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ.

ލެބަނަން ވަނީ ފުރަތަމަ މެޗުގައި 5-4 އިން ކިރްގިސްތާން އަތުން ބަލިވެފަ އެވެ. އިރާނުން ވަނީ 18-2 އިން ރާއްޖެ ބަލިކޮށްފަ އެވެ. އިރާނަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ލެބަނަން އިން ދެ މެޗުން ތިން ޕޮއިންޓް ހޯދައި، އޮތީ ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ކިރްގިސްތާނަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ދެ މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ގްރޫޕްގެ ފަހަތުގަ އެވެ.

މި ގްރޫޕްގައި މިިއަދު ކުޅޭ އަނެއް މެޗުގައި އިރާނާއި ކިރްގިސްތާން ބައްދަލުކުރާނެ އެވެ. ރާއްޖޭން ކޮލިފައިންގައި ކުޅޭ ފަހު މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ކިރްގިސްތާންއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox