އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން: އިރާން އަތުން ބަލިވި މެޗުގައި ރާއްޖޭން ދެ ގޯލު ޖަހައިފި

Oct 7, 2023, 1:05 PM
އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން: އިރާން އަތުން ބަލިވި މެޗުގައި ރާއްޖޭން ދެ ގޯލު ޖަހައިފި

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުން ދުނިޔޭގެ ރޭންކިން ހަ ވަނަ، އިރާން އަތުން 18-2 އިން ބަލިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ކޮލިފައިން ބުރުގައި ތިން މެޗުން ވެސް ރާއްޖެ އަށް ޖެހުނީ އެއް ގޯލެވެ. އެ ގޮތުން، އިރާން އަތުން 17-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ކިރްގިސްތާން އަތުން 7-1 އިން ބަލިވިއިރު، ތިން ވަނަ މެޗުން ތުރުކުމެނިސްތާން އަތުން ބަލިވީ 7-0 އިންނެވެ.

މިދިޔަ އަހަރުގެ ކޮލިފައިންގައި، ފުޓްސަލް ޓީމުން ޖެހި ހަމައެކަނި ގޯލު ޖެހީ ހުސެއިން ޝަރީފް (އޮންލީ) އެވެ. އެކަމަކު، މި ފަހަރު ފުރަަތަމަ މެޗުގައި އިރާން ކޮޅަށް މި ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ކިރްގިސްތާންގެ ބިޝްކެކްގައި ކުރިއަށްދާ މި ފަހަރުގެ ކޮލިފައިން އަށް ރާއްޖޭން މިއަދު ކުޅުނު މެޗަށް ނެރުނު ފުރަތަމަ ފަސް ކުުޅުންތެރިންނަކީ ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ)، މުހައްމަދު އިމްރާން (އިންމި)، އޮންލީ، އަލީ ހާފިޒު (ހާއްޕެ) އަދި އިޝާން އިބްރާހިމް (ސައްޓު) އެވެ.

އިރާނުން ފުރަތަމަ ހާފު ނިންމާލީ 6-1 އިން ކުރީގައި އޮވެގެންނެވެ. ރާއްޖެ އަށް މި ހާފުގައި ގޯލު ޖަހައިދިނީ ހާއްޕެ އެވެ. ހާއްޕެ މި ގޯލު ޖެހީ ކީޕަރު ކުރިއަށް ނުކުތް ވަގުތު ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އިރާނުން 14 ގޯލު ޖަހާފައިވަނިކޮށް، ރާއްޖޭން ދެ ވަނަ ގޯލެއް ޖެހީ ބަދަަލަކަށް ކުޅެން އަރައި، ރަނގަޅު ކުޅުމެއް ދެއްކި އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މިއީ ހާއްޕެ، އިރާންގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ހުސްކޮށްލާފައި ދިން ބޯޅައަކުން ޝިޔަޅޭ ޖެހި ގޯލެކެވެ.

މި މެޗުގައި ރާއްޖޭން ބަދަލުތަކެއް ގެނެސްގެން ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އިރާންގެ ތަފާތަކަށް ވީ މި ލެވަލްގައި ތަޖުރިބާހުރި ކުޅުންތެރިން ގިނަވުމާއި މި މުބާރާތާ ދިމާކޮށް، ބްރެޒިލްްގައި ކުރިއަށްދިޔަ މުބާރާތެއްގައި ކުޅެ ތަޖުރިބާ ހާސިލްކޮށްފައިވުމެވެ. އެ ގޮތުން، އިރާން ފުޓްސަލް ޓީމުން ވަނީ މިދިޔަ މަހު ބްރެޒިލްގައި ބޭއްވި މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ.

ރާއްޖެ އަށް ބައިނަލްއަގުވާމީ ލެވަލްގެ ފުޓްސަލް މުބާރާތްތަކަށް ދާއިރު ކުރިމަތިވާ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ޓާފް ދަނޑުތަކުގައި ފުޓްސަލް ކުޅުމަށް ފަހު، އިންޓަނޭޝަނަލް މުބާރާތްތަކުގައި އިންޑޯ ސްޓޭޑިއަމެއްގައި ކުޅެން އެންމެ އެކަށީގެންވާ ވަރަށް ނުހޭނުމެެވެ. މި ފަހަރުގެ މުބާރާތާ ދިމާކޮށް ޓްރެއިނިން ކޭމްޕެއް ހޯދަން ޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން ނުވި އެވެ. އެެހެން ނަމަވެސް މިދިޔަ އަހަރާ ހިލާފަށް މި ފަހަރު، ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ޕްރެކްޓިސް ގެންދަން ފުރުސަތު ލިބިގެންދިޔަ އެވެ.

ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ލެބަނަންއާ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހު ކިރްގިސްތާނާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox