އޭޝިއަން ކަޕް ކޮލިފައިން އަށް ގައުމީ ފުޓްސަލް ޓީމު ފައިނަލްކޮށްފި

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން މައްޓު (ވ) އަތުން ބޯޅަ ހޯދަން ޔާންޓެ މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ ސިޑިބަރި

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން މައްޓު (ވ) އަތުން ބޯޅަ ހޯދަން ޔާންޓެ މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ ސިޑިބަރި

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކޮށްފި އެވެ.

އަންނަ މަހު ކިރްގިސްތާންގައި ބާއްވާ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕްގެ މެޗުތަކަށް އެންމެ ފުރަތަަމަ އެކުލަވާލީ 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެކެވެ. އޭގެ ފަހުން ޕްރެކްޓިސްތަކެއް ކުރުމަށް ފަހު ސްކޮޑު ވަނީ 20 އަށް ކުޑަކޮށްފަ އެެވެ. އަންނަ މަހު ކޮލިފައިންގައި ވާދަކުރަން ނަގާ 14 ކުޅުންތެރިންގެ ސްކޮޑު ފައިނަލްކޮށްފައިވަނީ އިއްޔެ ކުޅުނު ޕްރެކްޓިސް މެޗަށް ފަހު އެވެ.

އެ ގޮތުން، އެންމެ ފަހުން ގައުމީ ފުޓްސަލް ޓީމުން އޭޝިއާ ކޮލިފައިންގައި ވާދަކުރިއިރު، ނެގި ސްކޮޑަށް މި ފަހަރު ވަނީ ބަދަލުތަކެއް އަތުވެފަ އެވެ.

ގައުމީ ފުޓްސަލް ސްކޮޑު:

މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު ނަސީރު، އަލީ ހާފިޒް (ހާއްޕެ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ހުސެއިން ޝަރީފް (އޮންލީ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ސުހައިލް (ސޮކޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، ޔާމީން މުހައްމަދު (ޔާންޓެ)، އަލީ ޝިޔާހު (ޝިޔާ)، އަލީ މާއިސް (މައްޓު)، ޒައިދާން އަހުމަދު (އަސޫ)، ފައްޔާޒް ފަޔާޒް (ފައިއްޓެ)

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން ސައްޓު (ކ) ކައިރިން ހުޒޭ ބޯޅަހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ ސިޑިބަރި

މި ފަަހަރު ވެސް ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި އަހުމަދު ވިޝާލް އާއި އަހުމަދު ތޯހާ ހުރިއިރު، ގޯލްކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އެވެ. އޮފިޝަލަކަށް އަހުމަދު ޝަހުމް މުހައްމަދު ހުރިއިރު، ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން އަންނަ މަހު ހަތް ވަނަ ދުވަހު ކުޅޭނީ އީރާންއާ އެވެ. އޭގެ އެއް ދުވަސް ފަހުން ދެ ވަނަ މެޗުގައި ލެބަނަންއާ ބައްދަލުކުރުމަށް ފަހު، ތިން ވަނަ މެޗުގައި 11 ވަނަ ދުވަހު ކުޅެން ޖެހެނީ ކިރްގިސްތާންއާ އެެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ގައުމީ ފުޓްސަލް ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ދިޔައިރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ ރާއްޖޭގައި ރަނގަޅު ފުޓްސަލް އިންޑޯ އެއް ނެތުމުން ތަމްރީން ކުރެވެން ނެތުމެވެ. މިދިޔަ އަހަރު ގައުމީ ފުޓްސަލް ޓީމަށް ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ތައިލެންޑްގައި ކުރިއަށްދިޔަ އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކުރަން ފުރުސަތު ލިބިފަ އެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްސަލް ޓީމަށް އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖޭން ބޭރުގައި ރަނގަޅު މެޗުތަކެއް ކުޅެވޭ ގޮތަށް ޓްރެއިނިން ކޭމްޕެއް ކަމަށް ޓީމުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox