ގައުމީ ފުޓްސަލް ޓީމުގެ ތައްޔާރީތައް ކުރިއަށް، އެދެނީ ޓްރެއިނިން ކޭމްޕަކަށް

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ފުޓްސަލް ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ކޮލިފައިންގައި ވާދަކުރަން ޖެހޭ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާއެއް ނެރޭނަމަ ރަނގަޅު ފެންވަރެއްގެ ޓްރެއިނިން ކޭމްޕެއް މުހިންމު ކަމަށް ޓީމުން ބުނެފި އެވެ.

ކިރްގިސްތާންގައި އަންނަ މަހުގެ 7-11 އަށް ކުރިއަށްދާ ފުޓްސަލްގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހެނީ ކިރްގިސްތާންގެ އިތުރުން ލެބަނަން އާއި އީރާންއާ އެވެ.

ކޮލިފައިން މެޗުތަކަށް ގައުމީ ފުޓްސަލް ޓީމުން 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލުމަށް ފަހު، ޕްރެކްޓިސް ފެށީ މި މަހު ތިން ވަނަ ދުވަހު އެވެ.

ފަރިތަކުރުުންތައް ކުރިއަށް ގެންދިއުމަށް ފަހު މިހާރު ސްކޮޑުގެ އަދަދު 20 ކުޅުންތެރިންނަށް ކުޑަކޮށްފައިވާއިރު، ގިނައިން ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އާޓިފިޝަލް ޓާފް، ފުޓްސަލް ދަނޑުތަކުގަ އެވެ.

މިދިޔަ އަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ފުޓްސަލް ޓީމު ދިޔައިރު ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މާލޭގައި އިންޑޯ ފުޓްސަލް ޕިޗެއް ނެތުމާ އެކު، ރަނގަޅަށް ޓްރެއިނިން ނުކުރެވި ކޮލިފައިން އަށް ދާން ޖެހުމެވެ.

އެކަމަކު، މިދިޔަ އަހަރު ގައުމީ ފުޓްސަލް ޓީމަށް އެއް ފަސޭހައެއް އޮތެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވާން ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކުރަން ފުރުސަތު ލިބިގެންދިއުމެވެ. އެ ގޮތުން، ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ވާދަކޮށް، މުބާރާތުގެ ފަސް ވަނަ ގައުމީ ފުޓްސަލް ޓީމުން ހޯދި އެވެ. އެއީ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން 8-7 އިން މޮންގޯލިއާ ބަލިކޮށްގެންނެވެ. އެ މެޗަކީ ބައިނަލްއަގުވާމީ ލެވަލްގައި ފުޓްސަލް އިން ހޯދި ތާރީހީ މޮޅެކެވެ.

ކުރިއަށް އޮތް ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން އަންނަ މަހު ހަތް ވަނަ ދުވަހު ކުޅޭނީ އީރާންއާ އެވެ. އޭގެ އެއް ދުވަސް ފަހުން ދެ ވަނަ މެޗުގައި ލެބަނަންއާ ބައްދަލުކުރުމަށް ފަހު، ތިން ވަނަ މެޗުގައި 11 ވަނަ ދުވަހު ކުޅެން ޖެހެނީ ކިރްގިސްތާންއާ އެެވެ.

އޭޝިއާ ފުޓްސަލް މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވާން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ގައުމީ ފުޓްސަލް ޓީމުގެ ހާއްޕެ ބޯޅަ ހިފައިގެން.--- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)

ނިސްބަތުން ބަލާއިރު، ރާއްޖޭން ކޮލިފައިންގައި ކުޅެން ޖެހޭ ތިން މެޗަކީ ވެސް ވަރުގަދަ ތިން ޗެލެންޖަށްވާނެ އެވެ. އެެހެންކަމުން، ގައުމީ ފުޓްސަލް ޓީމުގެ އެންމެ ބޮޑު އެދުމަކީ އަންނަ މަހުގެ މުބާރާތަށް ދިއުމުގެ ކުރިން ރަނގަޅު ވަސީލަތްތަކެއްގައި ތަމްރީން ހެދޭނެ ޓްރެއިނިން ކޭމްޕް އެކެވެ.

ޓީމުގެ އޮފިޝަލަކު، "އަދަދު" އަށް ބުނީ އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުން ބައިނަލްއަގުވާމީ މުބާރާތްތަކަށް ދިއުމުގެ ކުރިން ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕަށް ފުރުސަތު ލިބޭ ކަމަށެވެ. ހަމަ އެ ގޮތަށް ގައުމީ ފުޓްސަލް ޓީމަށް ވެސް އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ޓްރެއިނިން ކޭމްޕެއް ލިބުން މުހިންމު ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކަކަށް ނުވުމާއި ފުޓްސަލް އަކީ ބައިނަލްއަގުވާމީ ލެވަލްގައި އިންޑޯ ސްޕޯޓްސް އަކަށް ވާތީވެ، ގައުމީ ފުޓްސަލް ޓީމުގެ ތައްޔާރީތައް ރާއްޖޭގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ.

މިދިޔަ އަަހަރު މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްސަލް އިންޑޯއެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި ފުޓްސަލް އިންޑޯއެއްގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް ދިޔަ ނަމަވެސް އަދި އެކަމުގައި އެންމެ އެކަށޭނެ ވަރަށް އަމަލީ ސިފައެއް ޖެހިގެން ކުރިއަށްދާ ގޮތެއް ނުވެ އެވެ.

ގައުމީ ފުޓްސަލް ސްކޮޑު:

އޭޝިއާ ފުޓްސަލް މުބާރާތުގެ ކޮލިފައިން އަށް މި ވަގުތު ނަގާފައިވާ 20 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ، ހުސެއިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު ނަސީރު، މުހައްމަދު ޔަފާއު، އަލީ ހާފިޒް، އަބްދުﷲ ޝާފިއު (ޝާއްޕެ)، ހުސައިން ސުހައިލް، އިޝާން އިބްރާހިމް (ސައްޓު)، ހުޒަައިފަތު ރަޝީދު (ހުޒޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، އަލީ ޝިޔާހު (ޝިޔާ)، އަލީ މާއިސް (މައްޓު)، އިފާޒް އިބްރާހިމް، އަލީ ޝަމާލް އަބްދުﷲ (ޝަންމު)، ޔާމީން މުހައްމަދު (ޔާންޓެ)، އިބްރާހިމް މުބީން (މުއްކި)، ޒައިދާން އަހުމަދު، އިސްމާއިލް ފާތިހު، ހުސެއިން ނާސިހު އަދި ފައްޔާޒް ފަޔާޒް (ފައިއްޓެ) އެވެ.

ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި އަހުމަދު ވިޝާލް އާއި އަހުމަދު ތޯހާ ހުރިއިރު، ގޯލްކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އެވެ. އޮފިޝަލަކަށް އަހުމަދު ޝަހުމް މުހައްމަދު ހުރިއިރު، ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox