ރ. މީދޫ އެކުވެރި ކްލަބުން އެ އަތޮޅުގައި ބާއްވާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު, ކުޑަފުށި ރިސޯޓް އިން ހޯދައިފި އެވެ.
ޖުމްލަ ހަ ޓީމެއް ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން އިތާ ރިސޯޓް މޮޅުވެފައިވަނީ ހެރިޓެންސް އާރަށް އަތުން ސީދާ ތިން ސެޓުންނެވެ. ކުޑަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެ ޓީމުން ގެންގޮސްފައިވަނީ 25-22, 25-17 އަދި 25-20 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަފުށި ޓީމުގެ ޒިނާގު އަލީ އެވެ.

އިތާ 2023 ރިސޯޓް ވޮލީ މުބާރާތް ފެށުމަށް ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.---
މި މުބާރާތުގައި ކުޅޭ ޓީމުތައް ދެ ގްރޫޕަކަށް ބަހާލިއިރު، ގްރޫޕް އޭގައި ހިމެނެނީ ހެރިޓެންސް އާރަށް، ކުޑަފުށި އަދި ޖޯލި ބީން އެެވެ. ގްރޫޕް ދޭއްގައި އޮތީ، ދި ސްޓޭންޑާޑް، ޖޯލި މޯލްޑިވްސް އަދި ކޯރާ ކޯރާ މޯލްޑިވްސް އެވެ. މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރާނީ ޖޯލި މޯލްޑިވްސް އަދި ދި ސްޓެންޑާޑް އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން, ރ. މީދޫ ވޮލީ ކޯޓުގައި ވަނީ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މީދޫ އެކުވެރި ކްލަބަކީ, ރ. އަތޮޅަށް ބަލާއިރު ވެސް އެންމެ ހަރަކާތްތެރިކޮށް ފެންނަ އެ ޖަމިއްޔާ އެވެ.












