އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

Oct 15, 2026, 11:39 PM
ދިވެހި ޕްރިމިއާ ލީގުގައި އޮޑި އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދިވެހި ޕްރިމިއާ ލީގުގައި އޮޑި އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަަހު ވަގުުތު ލަނޑު ޖަހައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2-2 އިން އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.  

ނިއު އިން އެންމެ ފަހުން ހއ. ދިއްދޫ ފުޓްބޯޅަ ޓީމާ ކުޅުނު މެޗުގައި ވެސް ބަލިވާން ދަނިކޮށް ވަނީ ފަހު ވަގުުތު ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ނިއު އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭަޝަން އަތުން މޮޅުވީ ވެސް ފަހު ވަގުތު ލަނޑު ޖަހައިގެންނެވެ. އެހެންކަމުން، ނިއު އިން މި ވަނީ ޖެހިޖެހިގެން ތިން މެޗުގައި ފަހު ވަގުުތު ލަނޑު ޖަހައި މެޗުގެ ނަތީޖާ އަށް ބަދަލު ގެނެސްފަ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އޮޑިން ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންދިޔަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި އޮޑި އަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ހަމަލާތަކެއް ފޮނުވާލީ އަހުޒަމް ރަޝީދު (އަހު) އެވެ. އަހު ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ގޯލާ ސީދާނުވެ ވެސް އެއް ބޯޅަ ދިޔަ އެވެ.

Advertisement

މީގެ އިތުރުން، އަހު ޖެހި ޝޮޓަކާއި އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ރަނގަޅު ހަމަލާތަކެއް ނިއުގެ ގޯލްކީޕަރު، އަހުމަދު ސަމީރު ވަނީ މަތަކޮށްފަ އެވެ. އަދި، އޮޑީގެ ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް، އޭރިއާތެރެއިން ޖެހި ޝޮޓެއް ދިޔައީ މާ މަތިންނެވެ. 

ނިއު އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އަށެވެ. ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން މިރޭގެ މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) މުޅިން ހުސްކޮށްލާފައި އޭރިއާތެރެއިން ޑޯރީ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަަހު، ހަމަޖެހިލައިފައި އޭނާ ފޮނުވާލި ބޯޅަ އޮޑީގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. 

އޭގެ ފަހުން، ދަގަނޑޭ، އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅައެއް ކީޕަރު އަޝްވާން ވަނީ ހުއްޓުވައިފަ އެވެ. އަދި، ފުރަތަމަ ހާފުގައި، ނިއުގެ އަލީ ފާސިރު (ސެންޓޭ)، ރަނގަޅު ކުޅުމަކަށް ފަހު ޖެހި ބޯޅައެއް ވެސް ގޯލާ ސީދާނުވެ ދިޔަ އެވެ. 

ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އޮޑިން ވަނީ ޕެނަލްޓީ އަކަށް ވެސް އެޕީލްކޮށްފަ އެވެ. އެ ގޮތުން، އޮޑިން ހުރަހެއް ނަގަން ފޮނުވާލި ބޯޅައެއް އޭރިއާތެރެއިން ނިއުގެ މުހައްމަދު ނާއިމް އަތުގައި ޖެހުނު ނަމަވެސް، ރެފްރީ، އަފްޝީން ނަސީރު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 25 ސިކުންތު ތެރޭގައި އޮޑީގެ އަހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ، ނިއުގެ މުހައްމަދު އިރުފާން (އިރޭ) ކައިރިން ނައްޓާފައި ގޮސް ހަނި އޭންގަލުން ގޯލަށް ބޯޅަ ވައްދާލައިގެން އަހު ޖެހި ލަނޑެކެވެ. އޮޑިން ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، ނިއު އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ޑޯރީ އެވެ. މިއީ، ސެންޓޭ ނެގި ހުރަހަކުން ޑޯރީ ބޮލުން ޖެހި ގޯލެކެވެ.

އޮޑިން ދެ ވަނަ ފަހަރަށް ލީޑުނެގީ، 56 ވަނަ މިނިޓްގަ އެވެ. މިއީ، އޮޑީގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) ގޯލު ކުރިމައްޗަށް ނެގި ހުރަހަކަށް އަރައި މުޒްދާން ހަސަން ޖެހި ލަނޑެކެވެ. އޮޑި އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އިއްބެ އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ވަނީ ބްލޮކްވެފަ އެވެ. 

ނިއު އިން ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގަ އެވެ. މިއީ، މުހައްމަދު ނާއިމް ނެގި ކޯނަރަކުން އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ގޯލެކެވެ. 

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ނިއު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ، ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އޮޑި އަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި މާޒިޔާ ފަސް ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އޮޑި އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox