އޮސްކާގެ ކާމިޔާބީ ނިއު ރޭޑިއަންޓްގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

Oct 15, 2026, 11:29 AM
ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނިއުގެ ކޯޗު އަންދްރޭ.--- ފޮޓޯ: ދިވެހި ޕްރިމިއާ ލީގު

ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނިއުގެ ކޯޗު އަންދްރޭ.--- ފޮޓޯ: ދިވެހި ޕްރިމިއާ ލީގު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ސްޕެއިނުގެ ކޯޗު، އޮސްކާ ބްރުޒޮން ހޯދި ކާމިޔާބީ ތަކުރާރުކުރަން ބޭނުންވާ ކަމަށް ނިއުއާ މި ވަގުތު ހަވާލުވެ ހުރި، ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފި އެވެ. 

ނިއު އިން މިދިޔަ ސީޒަނުގައި އެ ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ގެނައި އަންދްރޭ އެ ޓީމާ ހަވާލުވީ ސީޒަނުގެ ފަހުކޮޅުގަ އެވެ. އެ ޓީމުން އެފްއޭ ކަޕް ކާމިޔާބުކުރީ އަންދްރޭގެ ކޯޗުކަމުގަ އެވެ. 

އަންދްރޭ ކޯޗަކަށް ގެންނަން ނިއު އިން އޮސްކާގެ ލަފާ ހޯދި އެވެ. އޭނާ ވަނީ އޮސްކާއާ އެކު ހަފްތާ އަކު އެއް ފަަހަރު ކަހަލަ ގޮތަކަށް ވާހަކަ ދެކެވޭ ކަމަށް ވެސް ބުނެފަ އެވެ.

އޮސްކާ ވަނީ، ނިއު އަށް 2017 ގެ މެދު ތެރެއިން ފެށިގެން، 2018 ވަނަ އަަހަރުގެ އޮގަސްޓްގެ ނިޔަލަށް ކޯޗުކޮށްދީފަ އެވެ. އޮސްކާ ވަނީ، ނިއު އަށް ހަތަރު ތަށި ހޯދައިދީފަ އެވެ. އެއީ، 2017 ވަަނަ އަަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި 2018 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގެެވެ.

އަންދްރޭ ގާތުގައި އޮސްކާގެ ކާމިޔާބީ ހޯދަން މަސައްކަތް ކުރަންތޯ އެހުމުން ބުނީ، އެއީ ބޮޑު އުންމީދެއް ކަމަށެވެ. 

"ރާއްޖޭގެ އެންމެ ބޮޑު ކްލަބްގައި މަސައްކަތްކުރުމުގެ ފުރުސަތު އޮސްކާގެ ފަރާތުން އައީމަ އުފާކުރަން. ދެން، އަހަރެން އެބަޖެހޭ އަހަރެންގެ ފެންވަރު މި ޓީމުގައި ސާބިތުކޮށްދޭން. ދެން، އޮސްކާ ނިއުގައި ހޯދި ކާމިޔާބީ އަހަރެން ތަކުރާރުކުރަން ވެސް ބޭނުން، އެކަމަކު، އެއީ ފަސޭހަ ކަމެއް ނޫން. މި ފަހަރު އެބައޮތް ތިނެއް، ހަތަރެއް ނޫނީ ފަސް ޓީމެއް އެއް ލެވަލެއްގައި. 18 މެޗު ވެސް މުހިންމު. އެއް މެޗުން ބަލިވިޔަސް، އެ ހިސާބުން އިތުރަށް އުނދަގޫވީ،" އަންދްރޭ ބުންޏެވެ. 

ނިއު ރޭޑިއަންޓާ އެކު ހޯދި ލީގު ތަށި އޮސްކާ އަށް ހާއްސަ

ކޯޗިން ކެރިއަރުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ކާމިޔާބީގެ ތެރޭގައި 2017 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ލިބުނު ދިވެހި ޕްރިމިއާ ލީގު ތަށި މަތިން ހަނދާން ހުންނާނެ ކަމަށް ކޯޗު އޮސްކާ ބުނެފައިވޭ

ނިއު އިން އެންމެ ފަހުން، ހއ. ދިއްދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅެ، ފަހު ވަގުތު 2-2 އިން އެއްވަރުވި މެޗުގައި ފެނުނު ކަންތައްތަކާ މެދު އެންމެ ހިތްހަމަނުޖެހޭ ކަމަށް އަންދްރޭ ވަނީ ބުނެފަ އެވެ. އަދި، ދިއްދޫ މެޗުގައި ދަށްކޮށް ދިޔަ ކަންކަން ރަނގަޅުކޮށް، މިރޭ އޮޑި ސްޕޯޓްސް ކްލަބް އަތުން މޮޅުވާން ޖެހޭ ކަމަށް އަންދްރޭ ބުނެފައިވެ އެވެ. 

"އޮޑި މެޗު މިއީ ބޮޑު ޗެލެންޖެއް އަހަރެމެންނަށް، އެންމެ ފަހުން މެޗުގައި 20 މިނިޓް ދިޔައީ ވަރަށް ދަށްކޮށް، އެ މީހުންނަށް ދިޔަ ދެ ޗާންސްގައި ވެސް ލަނޑު ޖެހީ. އެކަމަކު، އަހަރެމެން މެންޓަލީ ޕޮޒިޓިވްކޮށް ވިސްނަން ޖެހޭނީ. އަހަރެމެން ބަދަލުކުރަން ޖެހޭ ވިސްނުމަކީ ކޮންމެ ޓީމަކަށް ވެސް މޮޅުވެވިދާނެކަން، އޭގެ ހަގީގަތް އެންމެ ފަހުން މެޗުގައި ވެސް މި ފެނުނީ. ކުރިމަތީގައި މި އޮތީ އޮޑި، އާ ކޯޗަކާ އެކު، އާ ވިސްނުންތަކެއް ހިފައިގެން،" އަންދްރޭ ބުންޏެވެ. 

އަނިޔާގެ ސަބަބުން އޮޑި މެޗުގައި ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށާއި އެއީ އުޒުރެއްގެ ގޮުތުގައި ނުދައްކައި، ދެން ބަދަލުގައި އަރާ ކުޅުންތެރިން މެޗަށް ތައްޔާރުވެ ތިބެ ރަނގަޅަށް ކުޅޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އަންދްރޭ ވަނީ ބުނެފަ އެވެ. 

ދިއްދޫ މެޗުގައި ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ގިނަ މެޗުތަކުގައި ބަދަލެއްގެ ގޮތުގައި ކުޅެމުން އަންނަ ދަގަނޑޭ ކުރިއަށް އޮތްތަނުގައި ގިނަ ވަގުތު ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އަންދްރޭ ވަނީ ބުނެފަ އެވެ. 

"އަޝްފާގަކީ ބޮޑު ޕްރޮފެޝަނަލެއް. ލެޖެންޑެއް. އަހަރެން ވަރަށް އުފަލުން މި ހުރީ މިދިޔަ މަސްތަކުގައި އޭނާ ވަރަށް މަސައްކަތް އެބަކުރޭ ރިކަވާ ވެގެން ރަނގަޅަށް ކުޅެން، ތިނެއް، ހަތަރެއް ނޫނީ ފަސް އަހަރު ކުރިން އޭނަ ކުޅުނު ލެވަލް. އޭނަ ވަރަށް މުހިންމު އަހަރެމެންނަށް، ތަޖުރިބާ އާއި ކޮލިޓީ އަށް ބަލާއިރު ވެސް، މިހާރު، ދެން، 60، 70 މިނިޓް ކުޅުނަސް ކުރިއަށް އޮތްތަނުގައި 90 މިނިޓް ވެސް ކުޅެފާނެ. ފުރުސަތު އެބައޮތް،" އަންދްރޭ ބުންޏެވެ. 

އޮޑި ސްޕޯޓްސް ކްލަބްގެ އާ ކޯޗު ލޫޗޯ، އެ ކްލަބުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް /އިމޭޖަސް،އެމްވީ
އޮޑި ސްޕޯޓްސް ކްލަބްގެ އާ ކޯޗު ލޫޗޯ، އެ ކްލަބުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް /އިމޭޖަސް،އެމްވީ

އޮޑި އަށް ނިއު މެޗަކީ "ރަނގަޅު ޗެލެންޖެއް"

އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވެ، ވިކްޓަރީ އަށް ކުރިން ކުޅުނު އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާ (ލޫޗޯ) ބުނީ، ނިއުއާ ކުޅެން ޖެހޭ މެޗަކީ އޮޑިން ޓީމެއްގެ ގޮތުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ މެޗެއް ކަމަށެވެ. 

"މިއީ ވަރަށް ތަފާތު މެޗެއް. ނިއު ރޭޑިއަންޓަކީ ބޮޑު ޓީމެއް. ވަރަށް ރަނގަޅު ކޯޗެއް. ވަރަށް ކޮލިޓީ ރަނގަޅު ކުޅުންތެރިން ތިބީ ވެސް. އަހަރެމެން މަސައްކަތް ކުރާނީ އަހަރެމެންގެ ސްޓައިލްގައި ކުޅެން، އަހަރެން ގަޔާވަނީ އޮފެންސިވް ފުޓްބޯޅަ ކުޅެން. ނިއު ރޭޑިއަންޓާ އެކު، ޕޮޒިޓިވް ރިޒަލްޓެއް ނެރެން އަހަރެމެން 100 ޕަސެންޓްގައި ތިބެންޖެހޭ،" ލޫޗޯ ބުންޏެވެ. 

އޭނާ ބުނީ، ކޮންމެ ޓީމެއް އިދިކޮޅަށް ނުުކުތަސް އޮޑީގެ ވިސްނުން ބައްޓަންކުރާނީ މެޗުން މޮޅުވުމަށް ކަމަށެެވެ. 

"އަހަންނަށް އެނގޭ، އިދިކޮޅަށް ނުކުންނަ ޓީމުގެ ކޮލިޓީ. އަހަރެން ތަކުރާރުކޮށް ބުނަން، ނިއު ރޭޑިއަންޓްގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި. ވަރަށް ރަނގަޅަށް ކުޅޭ. އަހަރެމެންގެ ވެސް އެބަތިބި ރަނގަޅު ކުޅުންތެރިން، އެހެންވީމަ ފުރަތަމަ މިނިޓުން ފެށިގެން މެޗުން މޮޅުވާން މަސައްކަތްކުރާނީ،" ލޫޗޯ ބުންޏެވެ. 

އެންމެ ފަހުން، ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި، އޮޑިން މޮޅުވިއިރު، މެޗުގެ މުޅި ކޮންޓްރޯލް އޮތީ އޮޑި ޓީމުގެ އަތުގައި ކަމަށް ލޫޗޯ ވަނީ ފާހަަގަކޮށްފަ އެވެ. އެ  މެޗުގައި އޮޑިން ވަރަށް ރަނގަޅަށް ކުޅުނު ވަގުތުތަކާއި އިތުރަށް ރަނގަޅުކުރެވޭނެ ހާލަތްތަކެއް ދިޔަ ކަމަށް ލޫޗޯ ވަނީ ބުނެފަ އެވެ. 

ކުރިއަށް އޮތް ނިއު ރޭޑިއަންޓް މެޗުގައި ވެސް ކަންކަން ރަނގަޅުކުރުމުގެ މަރުހަލާތަކެއް ދާނެ ކަމަށާއި ބޭނުންވާ ލެވަލްއާ ހަމައަށް ދާން އޭނާ އަށް އޮޑީގައި ވަގުތު ނަގާނެ ކަމަށް ލޫޗޯ ފާހަގަކޮށްފައިވެ އެވެ. 

"ކޮންމެ މެޗެއްގައި ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާނަން، އެއް މަސް ނޫނީ ދެ މަސް ފަހުން މި ޓީމު ކުޅޭނީ މިހާރަށް ވުރެން މާ ތަފާތުކޮށް، އަހަރެން ބޭނުންވާ ވިސްނުމާ އެއްގޮތަށް ކުޅުންތެރިން އެ ސިސްޓަމަށް ހާނުވަން ކޮންމެ ޓްރެއިނިންއެއްގައި މަސައްކަތްކުރަން،" ލޫޗޯ ބުންޏެވެ. 

ތިން މެޗުން ހަތް ޕޮއިންޓާ އެކު، ތިން ވަަނައިގައި އޮތް ނިއު އިން މިރޭ 9 ޖަހާއިރު، އޮޑިއާ ބައްދަލުކުރާ މެޗު ފަށާއިރު، އޮޑި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައި، ހަތަރު ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox