ޑިމޮކްރެޓްސްއިން ބޭއްވި ޕްރައިމެރީގެ ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި

މިއަދުގެ ޕްރައިމެރީގައި ނަޝީދު ވޯޓު ލައްވަނީ: މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށް ބެލެވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަދުގެ ޕްރައިމެރީގައި ނަޝީދު ވޯޓު ލައްވަނީ: މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށް ބެލެވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ރިޔާސީ ޕްރައިމެރީގައި ބެހެއްޓި ފޮށިތައް ބަންދުކޮށް ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ޕާޓީގެ ޕްރައިމެރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވޯޓު ދެއްވި އެވެ.

މި ހިނގާ ޖުލައި 2، ގައި ރަޖިސްޓްރީ ކުރި ޑިމޮކްރެޓްސްގެ ދަފްތަރުގައި 4100 މެމްބަރުން އޮތް އިރު އެ އެންމެނަށް ވެސް ވޯޓުލުމުގެ ފުރުސަތު ލިބެ އެވެ. އަދި މިއަދުގެ އިންތިހާބު ހިނގަމުންދާއިރު ވެސް ޕާޓީއަށް ސޮއިކޮށް، ވޯޓުލުމުގެ ފުރުސަތު ލިބޭނެ އެވެ.

އެ ޕާޓީގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން ވޯޓުލާ މީހުންގެ ތެރެއިން 10 ޕަސެންޓު މީހުންގެ ތާއީދު ލިބިގެން އިލްޔާސްއަށް ޕާޓީގެ ރިޔާސީ ޓިކެޓު ލިބޭނެ އެވެ.

ކެންޑިޑޭޓު އިލްޔާސް ވޯޓުލާ މަރުކަޒެއްގައި: ވޯޓުލީ މީހުންގެ 10 ޕަސެންޓު ތާއީދު ލިބިއްޖެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވޭނެ -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
ކެންޑިޑޭޓު އިލްޔާސް ވޯޓުލާ މަރުކަޒެއްގައި: ވޯޓުލީ މީހުންގެ 10 ޕަސެންޓު ތާއީދު ލިބިއްޖެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވޭނެ -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު

ކެންޑިޑޭޓު އިލްޔާސް ވޯޓުލާ މަރުކަޒެއްގައި: ވޯޓުލީ މީހުންގެ 10 ޕަސެންޓު ތާއީދު ލިބިއްޖެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވޭނެ -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު

ޕާޓީން ނިންމާފައި އޮތީ 20 މެމްބަރުން ހަމަވާ ކޮންމެ ރަށެއްގައި ފޮއްޓެއް ބެހެއްޓުމަށެވެ. އެ ޕްރައިމަރީގައި ހާޒިރުވެގެން ވޯޓުލުމުގެ އިތުރުން އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ވެސް އޮތެވެ.

ވޯޓުތައް މިހާރު ގުނަން ފަށާފައިވާއިރު މިރޭގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށް ބެލެވެ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox