ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓު ނުހޯދޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ވަޒީފާ ބަހައިގެން ވޯޓު ނުހޯދުނުކަން ތާރީހު ހެކިދޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ވަޒީފާ ބަހައިގެން ވޯޓު ނުހޯދުނުކަން ތާރީހު ހެކިދޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓު ލިބޭނެ ކަމަށް އުންމީދުކުރިޔަސް، އެގޮތަށް ވޯޓު ނުލިބޭނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވަޒީފާ ބަހައިގެން އަދި ޕީއެންސީގެ ސަރުކާރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ވަޒީފާ ބަހައިގެންވެސް ވޯޓެއް ލިބިފައި ނުވާ ކަމަށެވެ. 

"ކުރެވެމުންދާ އިސްރާފު އިންތިހާއަށް ބޮޑު. ސަރުކާރުގެ އުންމީދަކީ މި ދެވޭ ވަޒީފާތަކުގެ ސަބަބުން ސަރުކާރަށް ވޯޓެއް ލިބިދާނެ ކަމުގެ އުންމީދުކޮށްގެން ތިބުން. އެހެންނަމަވެސް ސަރުކާރަށް އެނގިވަޑައިގަންނަވަންވީ ހަގީގަތްތަކެއް އެބަހުރޭ. އެއްވެސް ސަރުކާރަކުން ވަޒީފާ ބަހައިގެނެއް ވޯޓެއް ނުލިބުނު،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

"2023 ވަނަ އަހަރުގައިވެސް ނުލިބުނު. އަދި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް މި ސަރުކާރަކަށްވެސް ނުލިބުނު އަދި ފެންނަ ނުފެންނަ ވޯޓު ނެގިއިރުގައި އެކަމަކުންވެސް މި ސަރުކާރަކަށްވެސް ނުލިބުނު."

ނަޝީދު ވިދާޅުވީ ވޯޓު ހޯދުމުގެ ނިޔަތުގައި ބަހާ ވަޒީފާއަކީ ދެމެހެއްޓިނިވި ވަޒީފާއެއް ނޫން ކަމަށާއި ދެމެހެއްޓިނިވި ވަޒީފާއަކީ އިގްތިސޯދީ ހަރަކާތެއް ގެނެސްގެން ކުރިއަށްގެންދާ ވަޒީފާ ކަމަށެވެ. 

ތިން އަހަރުން 6،500 މުވައްޒަފުން އިތުރުވެ، ސަރުކާރުގެ މުސާރައިގެ ހަރަދު 14.4 ބިލިއަން ރުފިޔާއަށް

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ސަރުކާރު މުވައްޒަފުންގެ އަދަދު ވަނީ 55,466 އަށް އަރާފަ. މުވައްޒަފުން އިތުރުވުމާ ގުޅިގެން ވޭޖު ބިލު ވަނީ 13.9 ބިލިއަން ރުފިޔާއަށް އުފުލިފަ. ކުރީގެ ތިން އަހަރާ އަޅާބަލާއިރު މުވައްޒަފުން އިތުރުވާ ނިސްބަތް އަވަސްވެ، މުސާރައިގެ ހަރަދަށް އަހަރަކު އެވްރެޖްކޮށް 1.2 ބިލިއަން ރުފިޔާ އަންނަނީ އިތުރުވަމުން.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓު ހަރަދު 70 ޕަސަންޓުގައި ހުރިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރަށްރަށުގެ އިންޖީނުގެތަކުގައި މުވައްޒަފުން ތިބީ ތިބެންޖޭ މިންވަރަށްވުރެ އިތުރަށް ކަމަށެވެ. 

މިގޮތުން އެއް މެގަވަޓް ކަރަންޓު ނުއުފައްދާ އިންޖީނުގެތަކުގައި 50 އެއްހާ މުވައްޒަފުން ތިބޭއިރު، ފަސް މެގަވަޓް ކަަރަންޓު އުފައްދާ ރިސޯޓެއްގައި އެކަމަށް ތިބޭނީ ފަސް ވަރަކަށް މުވައްޒަފުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ އަދަދަށް 6،530 މީހުން އިތުރުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުން ދައްކަ އެވެ. 

ބަޖެޓު ފޮތުގައި ހުރި ތަފުސީލުތަކަށް ބަލާއިރު، ކުރީ ސަރުކާރުގެ ދައުރު ނިމުނު އަހަރު ކަމުގައިވާ 2023 ގެ ނިޔަލަށް ސަރުކާރުގައި ތިބީ 48،936 މުވައްޒަފުންނެވެ. މިހާރު އެ އަދަދު ވަނީ 55،466 އަށް އަރާފަ އެވެ.

އަންނަ އަހަރު މުސާރައިގެ ހަރަދަށް ބަޖެޓުކޮށްފައި ވަނީ 14.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރެއިން މުސާރައަށް 7.9 ބިލިއަން ރުފިޔާ ހޭދަވާއިރު، އިނާޔަތްތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox