ޕީޕީއެމް އާއި ޑިމޮކްރެޓްސް އަށް އިމްރާނުގެ އިންޒާރެއް: "ތި ސަކަރާތް ޖަހަން ދެން ނުހަދާ، އަޅުގަނޑުމެން މާވަރުގަދަ ވާނެ"

Jul 16, 2023, 6:32 PM
ރައީސް ސޯލިހަށް ތާއިދު ހޯދަން މ. ދިއްގަރުގައި މިރޭ ބޭއްވި ޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރައީސް ސޯލިހަށް ތާއިދު ހޯދަން މ. ދިއްގަރުގައި މިރޭ ބޭއްވި ޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މ. ދިއްގަރަށް ވަޑައިގެންނެވި ވަގުތު މުޒާހަރާކުރި ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް މިރޭ ދޫކޮށްލައިފި އެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" ކުރިން އެމްޑީޕީއާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހުންނެވި އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހު މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ހަވީރު ދިއްގަރަށް ވަޑައިގެންނެވި ވަގުތު 14 ވަރަކަށް މީހުން ރައީސާ ދެކޮޅަށް އަޑުއުފުލި އެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ.

މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ނަމަވެސް ފުލުހުން ރަސްމީކޮށް އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ދިއްގަރުގެ އިތުރުން ރައީސް ސޯލިހު ވަޑައިގެންނެވި ބައެއް ރަށްރަށުން އެ މަނިކުފާނާ ދެކޮޅަށް މަދު ބަޔަކު ނުކުމެ އަޑުއުފުލި އެވެ. ނަމަވެސް ކުރިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ދިއްގަރު ޖަލްސާގައި އިމްރާން ވިދާޅުވީ މިއަދު ހަވީރު އެ ރަށުގައި ކުރި މުޒާހަރާއަކީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަތް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރާން ޖާގަ ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ހަރަކާތް ހިންގަން ރާއްޖެ ތަސައްރަފު ފުދިފަ މި އޮތީ. ޑިމޮކްރަސީއަށް ފައްކާވެފައި މި އޮތީ. މިއަދުގެ ހާލަތުގައި ސިޔާސަތު ވިއްކައިގެން، ތިމަންނަމެން ރައްޔިތުންނަށް ބުނެދީގެން، އަމަލީ ގޮތުން ސާބިތިކޮށްދީގެން މިއަދު ސިޔާސީ ހަރަކާތް ކުރިއަށް ގެންދާނީ،" އިމްރާން ވިދާޅުވި އެވެ.

ސިޔާސީ ފަރާތްތަކުންނާއި ޕާޓީތަކުން ވެސް އެފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލަން އިމްރާން ގޮވާލެއްވުމަށް ފަހު ވިދާޅުވީ އެކަން އެގޮތަށް ކުރަން ބޭނުންވާނަމަ ރައީސް ސޯލިހުގެ ޓީމް މާއަޑުގަދަވާނެ ކަމަށެވެ.

"މިއަދު އެކަން ނިންމާލައްވާ. ހުރިހާ ބޭފުޅުން ނިންމާލައްވާ. ހުރިހާ ޕާޓީތަކުން ނިންމާލައްވާ. އެކަން އެގޮތަށް ކުރަން ބޭނުން ނަމަ ދެން ވެސް އެކަން ކުރަން މާ މޮޅު ޓީމެއް ރައީސާއެކު އެބަ އޮތް. އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކުރާނަން އިނގޭތޯ. މާއަޑުގަދަ ވާނެ، މުޒާހަރާ ކުރާނެ،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަން މެއި 1، 2015 ގައި ކުރި މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ހައްޔަރުކުރި އިމްރާން ވިދާޅުވި އެވެ.

މުޒާހަރާކޮށް، ގަޔަށް ބޮލަށް އަތްލައި ހެދުން އެއީ ފަނާކުރަނިވި އަދި ގެއްލުން ބޮޑު ކަމެއްކަން ފާހަގަ ކުރެއްވެވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތައް ރައީސް ސޯލިހު ކުރައްވާއިރު، އެންމެ ވާދަވެރި އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ޓިކެޓު ހަވާލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެއްވޭނެކަން ކަށަވަރެއް ނުވެ އެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކޮށްފައިވަނީ ރައީސް ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox