ފެންނަ ނުފެންނަ ވޯޓުން ބަލިވީ މައުލޫ އޮޅުންނުފިލާ ތިބެ ރައްޔިތުން ވޯޓު ދިނުމުން ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ރަސްދޫގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް -- ފޮޓޯ: ޕީއެންސީ

ރައީސް މުއިއްޒު ރަސްދޫގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް -- ފޮޓޯ: ޕީއެންސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވީ މައްސަލައިގެ ވާނުވާ އޮޅުންނުފިލުވާ ތިބެ ރައްޔިތުން ވޯޓު ދިނުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

އޭޕްރީލް 4، ގައި ބޭއްވި ވޯޓަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާތަބު ކުރައްވަމުން މުއިއްޒު ވިދާޅުވީ، މޮޅު ގޮތަކީ ދެ އިންތިހާބު އެއްކޮލުން ކަމަށް އަދިވެސް ގަބޫލު ކުރައްވާ ކަމަށެވެ. 

އެކަމަކު، އެންމެ ރަނގަޅު ގޮތަކީ ދެ އިންތިހާބު އެއްކޮށްލުންކަން ރައްޔިތުންނަށް ނޭނގުނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް އެކަން ކިޔައިނުދެވުމާއި އިދިކޮޅު ޕާޓީގެ "ދޮގު" ރައްޔިތުންނާ ހަމައަށް ދިޔުން ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެ ވޯޓުގަ އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަަތައް ފެތުރި. އެކި ކަހަލަ ދޮގުވާހަކަތައް ފެތުރީމަ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ. އެހެންވީމަ ކޮންފިއުޝަނެއްގައި [އޮޅުމެއްގައި/އޮޅުންނުފިލާ] ދިޔައީ މިކަން. އަޅުގަނޑުމެންނަކަށް ނެތް މިކަން ކިޔައިދެވިފައެއް،" އއ. ރަސްދޫ ކައުންސިލްގެ މެޖޯރިޓީ ލިބުން ފާހަގަ ކުރައްވަން އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވި އެވެ. 

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވޯޓުން ބަލިވީ ޕީއެންސީގެ ކެމްޕެއިން ޓީމުތައް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"ދެ އިންތިހާބު އެއްދުވަހު ބޭއްވުމުގެ ނިންމުމުގައި އެކި ސަބަބުތަކާހުރެ ވޯޓު ނާކާމިޔާބުވެގެން ދިޔަ. އެކަން ވަރަށް ތަފްސީލުކޮށް އަޅުގަނޑުމެން ބެލިން. ބެލިއިރުގައި ވެސް ނާކާމިޔާބުވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ފަރާތުން މިދެންނެވި ޕީއެންސީގެ މުޅި ކެމްޕޭން ޓީމު ވަހަކަ މި ދައްކަނި. ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ ޖުމުލަކޮށް ހުރިހާ އެންމެންގެ ފަރަތުން ހުރިހާ އެންމެންގެ ވާހަކަ، އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ އެކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓުގައި 216،539 މީހުން ވޯޓު ދިނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ 74.9 ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިން 148،859 މީހުން ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 68.7 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓަށްވުރެ ވެސް ގިނަ އަދަދެކެވެ. 

އޭގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމުގެ މައުލޫ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް ނުކިޔައިދެވުނު ނަމަވެސް އެމަނިކުފާނު އެ ވާހަކަ ވަރަށް ރަނގަޅަށް ރައްޔިތުންނަށް ކިޔައިދީފައިވާނެ ކަމަށް ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ. 

"ކެމްޕޭން ނިންމާލާފަ ދެއްކި ވާހަކަ އަޅުގަނޑު ވާހަކަ ދެއްކިއިރުގައި ވަރަށް ކުރުކޮށް އަޅުގަނޑު މަސައްކަތް ކުރިން މުޅި މައުލޫ ކިޔައިދެވޭތޯ. އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ކިބައިން އަނެއްކާ ވެސް އެދުވަހުގެ އަޅުގަނޑު ދެއްކި ވާހަކަ... ރިވައިންޑް ކޮށްލާފަ ބަލާލަން. ވަރަށް ކުރުކުރުކޮށް އަޅުގަނޑު ކިޔައިދިނިން ދެ އިންތިހާބު އެއްދުވަހު ބާއްވަން އަޅުގަނޑު ހުށަހެޅި ސަބަބު. އޭގަ ހުރީ ހުސް ފައިދާކަން، އެއްވެސް ގެއްލުމެއް ނެތްކަން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ. 

"އެކަން އެ ނުމުނީ އެ ހިސާބުން. ރައްޔިތުން އެ އޮތީ ގޮތް ނިންމާފައި.. ދެން މިހާރު މިއޮތީ ރައްޔިތުން ނިންމި ގޮތާ އެއްގޮތަށް ދާނީ. އޭގެ އެއްވެސް ބަދަލެއް ދެން ނާންނާނެ ގާނޫނުގެ ގޮތުން ރައްޔިތުން ނިންމި ގޮތާ އެއްގޮތަށް ކުރިޔަށް ދާނީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox