ބަރުދަން ލުއިކުރަންޖެހޭ ކަމަށް ބުނުމުން ފިލިޕްސް އަށް ބަލައެއްނުގަނެވުނު

Jul 12, 2023, 7:05 AM
ބަރުދަން ލުއިކުރަންޖެހޭ ކަމަށް ބުނުމުން ފިލިޕްސް އަށް ބަލައެއްނުގަނެވުނު

މެންޗެސްޓާ (ޖުލައި 12) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، މިދިޔަ އަހަރު އޭނާ ގާތުގައި ބަރުދަން ލުއިކުރަންޖެހޭ ކަމަށް ބުނުމުން، އެންމެ ފުރަތަމަ އެކަން ބަލައިގަންނަން އުނދަގޫވި ކަމަށް ސިޓީ އަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ކަލްވިން ފިލިޕްސް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހު އިނގިރޭސި ލީގު ކަޕްގައި ލިވަޕޫލާ ދެކޮޅަށް ސިޓީން ކުޅުނު މެޗަށް އެ ޓީމުން ނެގި ސްކޮޑުގައި ފިލިޕްސް ނުހިމެނީ އޭނާ ބަރުވެ، ނުކުޅެވޭ ހާލަތެއްގައި ހުރުމުން ކަމަށް އެ މެޗުގެ ކުރިން ގާޑިއޯލާ ވަނީ މީޑިއާގައި ބުނެފަ އެވެ.

ގަތަރު ވޯލްޑް ކަޕަށް ދިއުމުގެ ކުރިން ފިލިޕްސް ކުޅެފައިވަނީ ސިޓީގެ ހަތަރު މެޗުގަ އެވެ. އަނިޔާގެ ސަބަބުން ފިލިޕްސް އަށް ސިޓީއާ ގުޅުނުތަނާ ގިނަ މެޗުތަކެއް ގެއްލުނެވެ.

ލީޑްސް ޔުނައިޓެޑް ދޫކޮށް 55 މިލިއަން ޑޮލަރުގެ އަގަކަށް ސިޓީ އަށް ބަދަލުވި ފިިލިޕްސް ބުނީ އޭނާ ބަރުވެފައި ހުރި ކަމަށް ގާޑިއޯލާ ބުނުމުން އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު ކަމަށެވެ. އެއީ އޭނާ ދެކޭ ގޮތުގައި އޭރު ވެސް ބަރުވެފައި ނެތް ކަމަށާއި ހުރީ މެޗެއް ރަނގަޅަށް ކުޅެވޭ ހާލަތެއްގައި ކަމަށްވާތީ ކަމަށް ފިލިޕްސް ވަނީ ބުނެފަ އެވެ.

"އަހަރެން އެކަމަކު ވިސްނީ ޕޮޒިޓިވްކޮށް ނަގައި، ވީ އެންމެ ފިޓްކޮށް ހުންނަން މަސައްކަތް ކުރަން. އޭގެ ދެން ހުރި ދެ ފަރާތަށް ވެސް ވާހަކަ ނުދެކެވި ދިމާވި ކަންތައްތަކެއް، ފަހުން ކަންކަން ހައްލުވެ، އަހަރެން ހުރީ ފިޓްކޮށް މެޗުތައް ވެސް ކުުޅުނިން،" ސީޒަނުގައި ސިޓީ އަށް 21 މެޗުގައި ކުޅެ، ސިޓީން ތިން ތަށި ހޯދަން ކުރި މަސައްކަތުގައި އެހީވެވުނީތީ ހިތްހަމަޖެހިފައި ހުރެ ފިލިޕްސް ބުންޏެވެ.

ފިލިޕްސް ބުނީ އޭނާގެ އަނިޔާގެ ވާހަކަތަކާއި ބަދުދަނާ ބެހޭގޮތުން އައި ކަންކަމާ ގުޅޭ އިތުރު ކަންކަން މި މަހު ރިލީސްކުރާ ސިޓީގެ ޑޮކިއުމެންޓަރީގައި ފެނިގެންދާނެ ކަމަށެވެ. މި މަހު 19 ވަނަ ދުވަހު ސިޓީގެ "ދަ ރޯޑް ޓު ސިޓީ" ދައްކަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox