ވޯލްޑް ކަޕުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ކްލަބަކީ ސިޓީ

Jul 23, 2026, 8:59 AM
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސިޓީ އަށް ކުޅޭ ސްޕެއިންގެ ތަރި ރޮޑްރީ މުބާރާތުގެ ޓްރޮފީ އަށް ބޮސްދެނީ.

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސިޓީ އަށް ކުޅޭ ސްޕެއިންގެ ތަރި ރޮޑްރީ މުބާރާތުގެ ޓްރޮފީ އަށް ބޮސްދެނީ.

ޒިއުރިކް (ޖުލައި 23) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން، ފީފާގެ ކްލަބް ބެނިފިޓްސް ޕްރޮގްރާމްގެ ދަށުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކްލަބަކަށް އިނގިރޭސި ކްލަބް، މެންޗެސްޓާ ސިޓީ ވެއްޖެ އެވެ. 

ފީފާ އިން ތައާރަފްކޮށްފައިވާ ކްލަބް ބެނިފިޓްސް ޕްރޮގްރާމް އަކީ، ވޯލްޑް ކަޕް ނޫނީ ފީފާގެ މުބާރާތްތަކަށާއި މެޗުތަކަށް ކްލަބްތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސްކުރުމަށްޓަކައި، އެ މުއްދަތަށް ދައްކާ ފައިސާގެ ކަންކަން ހަމަޖައްސައިދޭ ސިސްޓަމެކެވެ. 

ފީފާ އިން، 48 ގައުމުގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވި ވޯލްޑް ކަޕް، 39 ދުވަހަށް ދިގު ދެމިގެންދިޔަ އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް، ކްލަބް ބެނިފިޓްސް ޕްރޮގްރާމްގެ ދަށުން ދިން ފައިސާގެ ޖުމްލަ އަދަދަކީ، 209 މިލިއަން ޑޮލަރެެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި، 70 ޕަސެންޓްގެ އިތުރުވުމަކާ އެކު، 355 މިލިއަން ޑޮލަރު ވަނީ ކްލަބްތަކަށް ދޫކޮށްފަ އެވެ. 

އެ 355 މިލިއަން ޑޮލަރުގެ ތެރެއިން، 250 މިލިއަން ޑޮލަރަކީ، މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަ ކޮށްފައިވާ ބައެވެ. މީގެ ކުރިއާ ހިލާފަށް ފީފާ އިން މި ފަހަރު ވަނީ ކޮލިފައިން މެޗުތަކަށް ކުޅުންތެރިން ރިލީސްކުރި ބަޔަަށް ވެސް 100 މިލިއަން ޑޮލަރުގެ ބައެއް ހާއްސަކޮށްފަ އެވެ. އަދި، ބާކީ ފަސް މިލިއަން ޑޮލަރަކީ، އެޑްމިނިސްޓްރޭޝަނާއި އެެހެނިހެން ހަރަދުތަކަށެވެ. 

މި ފަހަރުގެ ވޯލްޑް ކަޕުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ސިޓީ އަށެވެ. އެ ޓީމަށް ޖުމްލަ އެކު، 4.4 މިލިއަން ޑޮލަރު ޖެެހެ އެވެ. މި ފައިސާ ދޭ މިންގަނޑު ކަނޑައަޅާފައިވަނީ، ކޮންމެ ކުޅުންތެރިއަކަށް ދުވާލަކަށް 5000 ޑޮލަރުގެ މަގުންނެވެ. ސިޓީ އަށް ބޮޑު އަދަދެއް ޖެހުނު އެންމެ ބޮޑު ސަބަބަކީ، އެ ކްލަބްގެ ގިނަ ކުޅުންތެރިންތަކެއް މުބާރާތުގެ ސެމީ ފައިނަލާއި ތިން ވަނަ ހޮވާ މެޗު އަދި ފައިނަލުގައި ކުޅެފައިވާތީ އެވެ. 

އެންމެ ބޮޑު އާމްދަނީއެއް ލިބުނު 10 ކްލަބަށް ބަލާއިރު، ސިޓީގެ ފަހަތުން ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 3.9 މިލިއަން ޑޮލަރު، ބަޔާން މިއުނިކް އަށް 3.4 މިލިއަން ޑޮލަރު، އާސެނަލަށް 3.3 މިލިއަން ޑޮލަރު، ޕީއެސްޖީ އަށް 3.2 މިލިއަން ޑޮލަރު، އެތުލެޓިކޯ މެޑްރިޑަށް 3.2 މިލިއަން ޑޮލަރު، ކްރިސްޓަލް ޕެލަސް އަށް 2.7 މިލިއަން ޑޮލަރު، މެންޗެސްޓާ ޔުނައިޓެޑަށް 2.6 މިލިއަން ޑޮލަރު، ރެއާލް މެޑްރިޑަށް 2.6 މިލިއަަން ޑޮލަރު އަދި އޭސީ މިލާނަށް 2.4 މިލިއަން ޑޮލަރު ލިބޭނެ އެވެ. 

ރިކޯޑްކުރެވިފައިވާ ގޮތުގައި، މެޖޯރިޓީ ކްލަބްތަކަށް 2022 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެން މި ފަހަރު އެއް މިލިއަން ޑޮލަރު އިތުރެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި އެއް ލީގަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ބަލާއިރު، އެންމެ ގިނައިން ކުޅެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ކުޅުންތެރިންނެވެ. އެ ގޮތުން، ޕްރިމިއާ ލީގުގެ 1248 ކުުޅުންތެރިން މި ވޯލްޑް ކަޕްގައި ކުޅުނުއިރު، ކްލަބް ބެނިފިޓްސް ޕްރޮގްރާމް އިން އެ ލީގުގެ ކްލަބްތަކަށް  ޖުމްލަ އެކު، 34.2 މިލިއަން ޑޮލަރު ދޭނެ އެވެ. ދެން، އެންމެ މަތީގައި އޮތީ ޖަރުމަނުގެ ބުންޑަސްލީގާ އެވެ. ބުންޑަސްލީގާގެ ކްލަބްތަކަށް ޖުމްލަ އެކު، 18.8 މިލިއަން ޑޮލަރު ޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox