ގާޑިއޯލާ، ސިޓީ ދޫކޮށްލި ސަބަބަކީ "ހަކަތަ ނެތުން"

May 26, 2026, 10:33 AM
ޕެޕް ގާޑިއޯލާ: ސިޓީ ދޫކޮށްލަން ނިންމީ އަމިއްލަ އަށް ވިސްނާފައި ކަމަށް ވަނީ ބުނެފައި.

ޕެޕް ގާޑިއޯލާ: ސިޓީ ދޫކޮށްލަން ނިންމީ އަމިއްލަ އަށް ވިސްނާފައި ކަމަށް ވަނީ ބުނެފައި.

މެންޗެސްޓާ (މެއި 26) - ދިހަ އަހަރަށް ފަހު، މެންޗެސްޓާ ސިޓީގެ ކޯޗުކަން ދޫކޮށްލަން ނިންމި މައިގަނޑު އެންމެ ބޮޑު ސަބަބަކީ ކްލަބް ދެމެހެއްޓެނިިވި ގޮތެއްގައި ކާމިޔާބީގެ މަަގުން ގެންދިއުމަށްޓަކައި ބޭނުންވާ ހަކަތަ އޭނާގެ ކިބައިގައި ނެތްކަން އަމިއްލަ އަށް ގަބޫލުކުރެވުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

ސިޓީގެ ކޯޗުކަމާ ހަވާލުވާން ގާޑިއޯލާ، 2016 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމެއް ހެދީ، އެ އަހަރުގެ ޖުލައި 1 އިން ފެށިގެން ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކި ފަހަރު މަތިން އެއްބަސްވުން އާ ކޮށް، ޖުމްލަ އެކު، ސިޓީގައި 10 އަހަރު ހޭދަކުރި ގާޑިއޯލާ ވަނީ އެ ޓީމަށް ބޮޑު 17 މުބާރާތުގެ ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި، ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން، ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ސަތޭކަ ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑާއި އެއް ސީޒަނެއްގައި، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިގެން، ޓްރެބަލް ވެސް ސިޓީގައި ހުރެ ގާޑިއޯލާ ވަނީ ފުރިހަމަކޮށްފަ އެވެ. 

ގާޑިއޯލާ 10 އަހަރަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމައިފި

މެންޗެސްޓާ ސިޓީގެ ކޯޗަކަށް 10 އަހަރު ދުވަހު މަސައްކަތްކޮށް އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދި މަޝްހޫރު ކޯޗު، ސްޕެއިންގެ ޕެޕް ގާޑިއޯލާ މި ސީޒަން ނިމުމުން އެ މަގާމު ދޫކޮށްލަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައި.

އުމުރުން 55 އަހަރުގެ ގާޑިއޯލާ، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އެ ޓީމު ދޫކޮށްލުމާ ބެހޭގޮތުން ބީބީސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، 10 އަހަރު ދުވަހު އެއް ކޯޗަކާ އެކު މަސައްކަތް ކުރުމަކީ ވެސް ވަރަށް ދިގު މުއްދަތެއް ކަމަށާއި ސިޓީ އަށް މިހާރު އާ ކޯޗެއް ބޭނުންވާ ކަމަށެވެ.

"ކްލަބަށް އާ ހަކަތައެއް އެބަ ބޭނުންވޭ. މިހާރު މި ކްލަބްގައި މި ތިބި އާދަޔާހިލާފު މޮޅެތި ކުޅުންތެރިން އެބަ ބޭނުންވޭ އާ ޗެޕްޓަރެއް ލިޔަން. އަހަންނަށް އިހުސާސްވީ ކޮންމެ ދުވަހަކު އައިސް މި ކްލަބަށް ބޭނުންވާ މަސައްކަތް ކުރަން އަހަރެންގެ ކިބައިގައި އެ ހަކަތަ ނުހުންނާނެއޭ. ކޮންމެ ތިން ދުވަހަކުން މެޗަކަށް ނުކުމެ، ތަށްޓަކަށް ވާދަކުރަން މަސައްކަތް ކުރަން. މި ކުޅުންތެރިންގެ ކުރިމަތީގައި ހުންނަން ދެން ބޭނުންވަނީ އާ މޫނެއް،" ގާޑިއޯލާ ބުންޏެވެ. 

ސިޓީން އޭނާ ވަކިނުކުރާހާ ހިނދަކު މަގާމުގައި ހުރުމަކީ ވެސް ހައްލެއް ނޫން ކަަމަށާއި ބައެއް ފަހަރު އަމިއްލަ ނަފްސަށް ވެސް ކަންކަމުގައި ރަނގަޅު ގޮތް ވިސްނުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. 

ގާޑިއޯލާ، ސިޓީ ދޫކޮށްލަން ނިންމިކަން އިއުލާނުކުރީ، ސިޓީއާ ވާދަކޮށް، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކުރިތާ ތިން ދުވަސް ފަހުންނެވެ. އެކަމަކު، އިނގިރޭސި މީޑިއާތަކުން ގާޑިއޯލާ، ސިޓީ ދޫކޮށްލަން ނިންމާފައިވާކަމަށް ރިޕޯޓްކުރަމުން އަންނަތާ ހަފްތާއަކަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ. 

ގާޑިއޯލާގެ ފަހު މެޗުގައި، އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތަުން 2-1 އިން ބަލިވެފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން ސިޓީގެ ކޯޗުކަމާ ދެން ހަވާލުވާނީ ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް ކުރިން މަސައްކަތް ކުރި އިޓަލީގެ އެންޒޯ މަރެސްކާ އެވެ. ޗެލްސީ އަށް ކޮންފަރެންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަރެސްކާ އެ ޓީމުގެ ކޯޗުކަމުން ވަކިކުރި މިދިޔަ ޖެނުއަރީ މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox