18 ގައުމަކުން 87 އެތުލީޓުންނާ އެކު އޭޝިއާގެ ބޮޑު ސާފިން މުބާރާތް ތުލުސްދޫގައި

Jul 9, 2023, 6:28 AM
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 ރަސްމީކޮށް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 ރަސްމީކޮށް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖުމްލަ 18 ގައުމަކުން 87 ސާފަރުންނާ އެކު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކ.ތުލުސްދޫގައި ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 15އާ ހަމައަށް ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ޗައިނާ، ޗައިނީޒް ޓައިޕޭ، އިންޑިއާ، އިންޑޮނޭޝިއާ، އިރާން، ޖަޕާން، ލެބަނަން، މެލޭޝިއާ، މޮންގޯލިއާ، ފަލަސްތީން، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ދެކުނު ކޮރެއާ، ސްރީ ލަންކާ، ތައިލެންޑުގެ އިތުރުން ރާއްޖެ އެވެ.

އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ސާފިން މުބާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި މިނިސްޓަ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭޝިއާ ސާފިން ފެޑަރޭޝަންގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement

އޭޝިއާގެ 18 ގައުމެއްގެ މަތީ ފަންތީގެ ސާފަރުން ވާދަކުރާ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރަނީ ފިރިހެން ޑިވިޝަން، އަންހެން ޑިވިޝަން އަދި ޖޫނިއާ ފިރިހެން ޑިވިޝަންގަ އެވެ.

އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ޝަރަފްވެރިކަމުގެ ފިލައެއް ހަދިޔާކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފިރިހެން ޑިވިޝަންގައި އަށް އެތުލީޓުން ވާދަކުރެ އެވެ. އެއީ މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުގެ ޗެމްޕިއަން އަހުމަދު އާގިލް (އައްމަޑޭ)، ހޫދު އަހުމަދު، ޖައިލަމް ނިޒާރު، ހުސައިން އަރީފް (އިބޫ)، އަބްދުﷲ އަރީފް (ފުކު)، އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)ގެ އިތުރުން ވައިލްޑް ކާޑް ސްލޮޓުގެ ގޮތުގައި ތުލުސްދޫގެ ސާފަރުންގެ ތެރެއިން ފުރުސަތު ލިބުނު އާދަމް މުއީން އިބްރާހިމް އާއި ހަސަން ނާސިހު (ޗިކާ) އެވެ.

އަންހެން ޑިވިޝަނުގައި ރާއްޖެއިން ވާދަކުރާ ބައިވެރިއަކީ އާޔާ ނަސީމް އެވެ. އާޔާ އަކީ ބައިނަލްއަގްވާމީ ސާފިން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ފުރަތަމަ އަންހެން ރާޅާ އެޅުންތެރިޔާ އެވެ.

ޖުނިއާ ޑިވިޝަން ކަމަށްވާ 18 އަހަރުން ދަށުގެ ފިރިހެން ބައިގައިވެސް ރާއްޖޭގެ އަށް ރާޅަ އެޅުންތެރިން ވާދަކުރާނެ އެވެ. އެއީ ކަޔާން އަބްދުﷲ އަރީފް، ޔާސިން އަހުމަދު ނާޝިދު، މުހައްމަދު ޒަޔާން، ސައްޔިދު ސަލާހުއްދީން، އިސްމާއިލް މަދޫހު އަހުމަދު، ޝާނިފް ޝަފީގް، މުހައްމަދު އިނާން އަބްދުލްހަންނާން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 ރަސްމީކޮށް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއީ ޖޫނިއާ ސާފަރުންވެސް ބައިނަލްއަގްވާމީ އިވެންޓެއްގައި އަޅާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އިވެންޓުތައް ފަށާނީ ފިރިހެން އޯޕަން ބައިގެ ހީޓުތަކުންނެވެ. ފުރަތަމަ ބުރުގައި 12 ހީޓެއް ކުރިއަށްދާނެ އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން އަންނަނީ މިދިޔަ ފެބްރުއަރީ މަހުން ފަށައިގެން ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ. ސައުތު އެފްރިކާގެ ތަޖުރިބާކާރު ކޯޗު ކްލައުޑް މާޓިންގެ އިރުޝާދުގެ ދަށުން ތައްޔާރުވެފައިވާ ގައުމީ ޓީމްގެ އަމާޒަކީ މި އިވެންޓުން މެޑަލްތަކެއް ހޯދުމެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ ޖަޕާނުގަ އެވެ. އެ ފަހަރު ރާއްޖޭ އިން ވެސް ވާދަކުރި އެވެ. މުބާރާތުގެ ފައިނަލު ހީޓުގައި ވާދަކޮށް ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއިރު އިސްމާއިލް ރަޝީދު (ސްމައިލީ) ދިޔައީ ހަތަރަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox