އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ދިވެހި ސާފިން އަށް އާ ކުރިމަގެއް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމްގެ ބައެއް ސާފަރުން - ފޮޓޯ: އަދަދު ގްރެފިކްސް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމްގެ ބައެއް ސާފަރުން - ފޮޓޯ: އަދަދު ގްރެފިކްސް

ސާފިން ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މިދިޔަ ފަސް އަހަރަށް ބަލާއިރު ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެނީ ގައުމީ ޖޫނިއާ ސާފިން ޓީމެއް އެކުލަވާލުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބޭއްވުމެވެ. ގައުމީ ސާފިން ލީގުގެ އެކި އެކި ހަރަކާތްތަކާ އެކު ރާއްޖޭގެ އެކި ރަށް ރަށުން ހުނަރުވެރި ސާފަރުން ފެންނަން ފަށައިފި އެވެ. ވަކިން ހާއްސަކޮށް ޒުވާން ސާފަރުންގެ ވިދުން މިހާރު ގަދަވާން ފަށައިފި އެވެ.

ދިވެހި ޒުވާން ސާފަރުން ދައްކަމުން އަންނަ ހުނަރުތަކާ އެކު އެމްއެސްއޭ އިން ގިނަ ފުރުސަތުތަކެއް ސާފަރުންނަށް އަންނަނީ ހޯދައިދެމުންނެވެ. އޭގެ ތެރޭގައި ކޯޗިން ކްލިނިކްތަކާއި ތަމްރީންތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރަންވެސް ފުރުސަތު ހޯދައިދީފި އެވެ.

މިހާރު ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަކީ މިހާތަނަށް ރާއްޖޭގެ ޒުވާން ސާފަރުންނަށް އެންމެ ބޮޑު ތަޖުރިބާއަކާއި ފުރުސަތުތަކެއް ލިބުނު މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ ޒުވާން އަށް ސާފަރަކު ވާދަކުރެ އެވެ. އެއީ ކަޔާން އަބްދުﷲ އަރީފް، ޔާސިން އަހުމަދު ނާޝިދު، މުހައްމަދު ޒަޔާން، ސައްޔިދު ސަލާހުއްދީން، އިސްމާއިލް މަދޫހު އަހުމަދު، ޝާނިފް ޝަފީގް، މުހައްމަދު އިނާން އަބްދުލްހަންނާން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.

މީގެ ސާފަރުންގެ ތެރެއިން ޔާސިން އާއި ކަޔާން ހަމްދާން ޒަކީއަށް 13 އަހަރެވެ. ކަޔާން އަބްދުﷲ އަރީފް އަށް 14 އަހަރެވެ. އިނާން އާއި ޒަޔާން އަށް 15 އަހަރެވެ. ސައްޔިދު އާއި ޝާނިފް އަށް 16 އަހަރެވެ. އަދި މަދޫހު އަށް 17 އަހަރެވެ.

އެކި އުމުރުގެ އުއްމީދީ ގިނަ ސާފަރުންނާ އެކު މިފަހަރުގެ އޭޝިއާ މުބާރާތް ރާއްޖެއަށް ކާމިޔާބެވެ. މުބާރާތުން ހާސިލްކުރެވުނު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމްއެސްއޭ އިން ފާހަގަކުރާ އެއް ކަމަކީ ވެސް ޒުވާން ސާފަރުންނަށް ހޯދައިދެވުނު ފުރުސަތެވެ. އަދި ލިބުނު ފުރުސަތުގައި އެ ސާފަރުން ދެއްކި ހުނަރުވެރިކަމެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރައްޖޭގެ ޒުވާން ސާފަރަކު ރާޅާ އަޅަނީ - ފޮޓޯ: އެމްއެސްއޭ
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރައްޖޭގެ ޒުވާން ސާފަރަކު ރާޅާ އަޅަނީ - ފޮޓޯ: އެމްއެސްއޭ

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރައްޖޭގެ ޒުވާން ސާފަރަކު ރާޅާ އަޅަނީ - ފޮޓޯ: އެމްއެސްއޭ

ޖޫނިއާ ބައިގެ ހީޓުތަކުގައި މުބާރާތުގެ އެންމެ ވަރުގަދަ ސާފަރުންނާ ދެކޮޅަށް ނުކުމެ ރަނގަޅު ވާދައެއް ކުރި އެވެ. ގިނަ ހީޓުތަކުން ދިވެހި ސާފަރުން ކަޓައިގެން ދިޔައީ ކުޑަ ތަފާތަކުންނެވެ.

ތުލުސްދޫގައި އޭޝިއަން ޗެމްޕިއަންޝިޕް ކުރިއަށްދިޔައިރު އެމްއެސްއޭ އިން އެ ރަށު ސްކޫލް ކުދިން އެ ސަރަހައްދަށް ގެނެސް ސާފިންއާ ގުޅޭ ކަންތައްތައް ކިޔައިދީ މި ހަރަކާތުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނެވެ. އަދި ރާއްޖޭގެ ޒުވާން ސާފަރުން ތައާރަފްކޮށް އެ ސާފަރުންގެ ސާފިން ދަތުރު ހިއްސާކޮށް ހެދި އެވެ.

"އެންމެ ބޮޑު ބޭނުމަކީ ސްކޫލްކުދިން ސާފިންއަށް ޝައުގުވެރިކުރުވައި މިކަމަށް ނުކުތަމަށް ހިތްވަރުދިނުން. އަޅުގަނޑުމެން މި ސްކޫލްކުދިން ގެނެސް މިކޮޅުގެ ތަންތަން ދައްކާލައި އެކްސްޕީރިއަންސް ކޮށްލަން ފުރުސަތުދިނިން. ވަރަށް ޕޮޒިޓިވްކޮށް ކުދިންގެ އިންޓްރެސްޓް ފެނުނީ" ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު ވިދާޅުވި އެވެ.

ސާފިން އެސޯސިއޭޝަންގެ ރައީސް ސޮބާހު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ގިނަ ކުޅިވަރުތައް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ޒުވާން ގިނަ ކުދިން ނުނުކުތުމެވެ. ވަކިން ހާއްސަކޮށް ބައެއް ކުޅިވަރުތަކުގައި އަންހެން އެތުލީޓުން ފެންނަނީ މަދުކޮށެވެ.

މިގޮތުން މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލްކުރީ އެންމެ އަންހެން އެތުލީޓެކެވެ. އެއީ ރާހިލް ނަސީމް (އާޔާ) އެވެ.

އާޔާ މި މުބާރާތުގައި ވާދަކުރުމަކީ ރާއްޖޭގެ އަންހެން ސާފިންއަށް އާ އުއްމިދުތަކެއް ލިބުނު ކަމެކެވެ. މިގޮތުން އާޔާ ވާދަކުރި ހީޓުތަކަށްފަހު ތުލުސްދޫގެ ޒުވާން އަންހެންކުދިން މިކަމަށް ޝައުގުވެރިވެ ސާފިން ދަސްކުރުމަށް ބޭނުންވާކަން ހާމަކޮށްފައިވެ އެވެ.

"ހާދަ ސަޅިއޭ. އަޅުގަނޑުމެންވެސް ބޭނުން ދަސްކުރަން" އަންހެން ބައިގެ ރެޕެޗާޖު ހީޓަކަށްފަހު އާޔާ ބީޗުގައި މަޑުކޮށްލައިގެން ހުއްޓާ، މި އިވެންޓުގެ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ކުދިންގެ ތެރެއިން ދެ ކުއްޖަކު އާޔާ ގާތު ބުންޏެވެ.

ޖަވާބުގައި އާޔާވެސް ވަނީ އެ ކުދިންނާ އެކު ރާޅަށް އެރި، މިކަން ދަސްކުރުމަށް އެހީވާނެ ކަމަށް ބުނެފަ އެވެ.

ކޮންމެ ދިމާލަކަށް ބެލިޔަސް ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ފެންނަނީ އާ އުއްމީދުތަކާއި އާ ހުވަފެންތަކެކެވެ. ދިވެހި ޒުވާން އެތުލީޓުންގެ ހުނަރުވެރިކަމާ އެކު މި ކުޅިވަރުގައި ވަރުގަދަ މުސްތަގްބަލެއް ބިނާ ކުރެވެމުން އަންނަކަމުގެ އުއްމީދެވެ. އަންހެން ޒުވާން ސާފަރުން ވެސް މި ކުޅިވަރުގެ ތެރެއަށް ނިކުމެ ރާއްޖޭގައި އަންހެން ސާފިންގެ ކުރިމަގަށް ދެކެމުުން އަންނަ އުޖާލާ ހުވަފެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox