އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ފިރިހެން ބައިން ދެ ވަނަ ރާއްޖެ އަށް

Jul 18, 2023, 8:26 AM
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023ގެ ފިރިހެން ބައިން ދެވަނަ ހޯދި ރާއްޖޭގެ ޓީމްގެ ކުޅުންތެރިންނާ އޮފިޝަލުން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023ގެ ފިރިހެން ބައިން ދެވަނަ ހޯދި ރާއްޖޭގެ ޓީމްގެ ކުޅުންތެރިންނާ އޮފިޝަލުން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކ.ތުލުސްދޫގައި އިއްޔެ ނިމުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ދެ ވަނަ ރާއްޖެ އިން ހޯދައިފި އެވެ.

މި މަހުގެ 8 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި 18 ގައުމަކުން ސާފަރުން ވާދަކުރި އެވެ. އެ ގޮތުން ފަސް އިވެންޓެއް މި މުބާރާތުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއީ، ފިރިހެން އޯޕަން، އަންހެން އޯޕަން، ޖޫނިއާ ފިރިހެން، ޖޫނިއާ އަންހެން އަދި މިކްސް ޓީމް އިވެންޓްކަމުގައިވާ އަލޯހާ ކަޕެވެ.

މުބާރާތުގެ ފިރިހެން ބައިގެ ގަދަ ތިން ގައުމާއި، އަންހެން ބައިގެ މޮޅު ތިން ގައުމު ވެސް ނިމުމުގެ ރަސްމިއްޔާތުގައި ވަނީ ހޮވައިފަ އެވެ. ފިރިހެން ބައިގެ އެންމެ ކާމިޔާބު ޓީމަކަށް ހޮވުނީ ޖަޕާނެވެ. ފިރިހެން ބައިގައި ހަތަރު އެތުލީޓުން ޖަޕާނުން ވާދަކުރިއިރު، ފިރިހެން އޯޕަން ބައިގެ ފައިނަލުގައި އޭގެ ތެރެއިން ދެ އެތުލީޓަކު ވާދަކުރި އެވެ. ޖޫނިއާ ފިރިހެން ބައިގެ ފައިނަލުގައި ވާދަކުރި ހަތަރު އެތުލީޓުންނަކީ ވެސް ޖަޕާންގެ އެތުލީޓުންނެވެ.

ފިރިހެން ބައިގެ ދެ ވަނަ ހޯދީ ރާއްޖެ އެވެ. ރާއްޖެ އިން ފިރިހެން ބައިގައި 16 އެތުލީޓުން ވަދަކުރި އެވެ. ފިރިހެން އޯޕަން އަދި ޖޫނިއާ ބައިގައި ވެސް ދިވެހި އެތުލީޓުން ވާދަކުރިއިރު، ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ވަނީ ފިރިހެން އޯޕަން ބައިން ބްރޯންޒް މެޑަލް ހޯދާފަ އެވެ.

ފިރިހެން ބައިގެ ތިން ވަނަ ލިބުނީ އިންޑިއާ އަށެވެ. އެ ޓީމުން ވެސް ފިރިހެން ބައިގައި ވާދަކުރީ ފަސް އެތުލީޓުންނެވެ. އެއީ ޖޫނިއާ ބައިގައި ވާދަކުރި އެތުލީޓަކާއި ފިރިހެން އޯޕަން ބައިގައި ވާދަކުރި ހަތަރު އެތުލީޓުންނެވެ.

އަންހެން ބަޔަށް ބަލާއިރު، މި ބައިގެވެސް އެއް ވަނަ ހޯދީ ޖަޕާނެވެ. އެޓީމުން އަންހެން ދެ އިވެންޓުގައި ވެސް ވާދަކުރީ ހަތަރު އެތުލީޓުންނެވެ. ދެ ބައިން ވެސް ރަން މެޑަލް ހޯދީ ޖަޕާންގެ އެތުލީތުންނެވެ. ޖަޕާންގެ އަންހެން ޓީމަށް ދެ އިވެންޓުގެ ހަ މެޑަލްގެ ތެރެއިން ގެއްލުނީ ދެ މެޑަލް އެވެ.

އަންހެން ބައިގެ ދެ ވަނަ ހޯދީ ޗައިނާ އެވެ. ޗައިނާއިން އަންހެން ބައިގައި ވާދަކުރީ ތިން އެތުލީޓުންނެވެ. ޗައިނާގެ ފަހަތުން ތިން ވަނަ ލިބުނީ ތައިލެންޑަށެވެ.

މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތަކަށް ބަލާއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯ އެވެ. ދެ ވަނަ ޖަޕާންގެ ރިކީ ސާޓޯ ހޯދިއިރު ތިން ވަނަ ހޯދީ ރާއްޖޭގެ އިބޫ އެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޖަޕާންގެ ސުމޯމޯ ސަޓޯ އެވެ. ދެ ވަނަ ޖަޕާންގެ މިރާއީ އިކޭޑާ ހޯދިއިރު ތިން ވަނަ އަށް ދިޔައީ އިންޑޮނޭޝިއާގެ ޑިއާ ނަޓާޝާ އެވެ.

ޖޫނިއާ ބައިގެ އަންހެން ޗެމްޕިއަންކަން ވެސް ހޯދީ ސުމޯމޯ އެވެ. ދެ ވަނަ ހޯދީ ޗައިނާގެ ސިކީ ޔަން އެވެ. ތިން ވަނަ ހޯދީ ޖަޕާންގެ މިރާއީ އެވެ. ޖޫނިއާ ފިރިހެން އެއް ވަނަ ޖަޕާންގެ އިކޯ ވަތަނާބޭ ހޯދިއިރު، ދެ ވަނަ ހޯދީ ރިކީ ސަޓޯ އެވެ. ތިން ވަނަ ހޯދީ ޓާރޯ ޓަކާއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox