އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: އިބޫ އާއި ކުޑަ އިއްސެ ހުއްޓުމެއް ނެތި ކުރިއަށް

Jul 15, 2023, 9:24 PM
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: އިބޫ އާއި ކުޑަ އިއްސެ ހުއްޓުމެއް ނެތި ކުރިއަށް

މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރެޕެޗާޖް ބައިގެ ހަ ވަނަ ބުރުން ރާއްޖޭގެ ތަޖުރިބާކާރު ދެ ސާފަރުން ކަމަށްވާ ހުސައިން އަރީފް (އިބޫ) އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ޖާގަ ހޯދައިފި އެވެ.

އޭޝިއާގެ 18 ގައުމަކުން ސާފަރުން ވާދަކުރަމުން އަންނަ ސާފިން މުބާރާތުގެ ތިން ކެޓަގަރީއެއްގައި ރާއްޖެއިން 17 ސާފަރުން ވާދަކުރެ އެވެ. އެއީ, މެންސް އޯޕަން ބައިގައި އަށް ސާފަރުން، ޖޫނިއާ ފިރިހެން ބައިގައި އަށް ސާފަރުންނާއި އަންހެން ބައިގައި ވާދަކުރާ ރާހިލް ނަސީމް (އާޔާ) އެވެ.

މިހާތަނަށް މުބާރާތުގައި ނިމިފައިވާ ހީޓުތަކަށް ބަލާއިރު ގިނަ ރާއްޖޭގެ ދެ ސާފަރުން ފިޔަވައި އެހެން ހުރިހާ ސާފަރުންވަނީ ކަޓާފަ އެވެ. މިގޮތުން މުބާރާތުގައި ކުރިއަށްދިޔުމުގެ ފުރުސަތު އޮތީ ތަޖުރިބާކާރު ދެ ސާފަރުން ކަމަށްވާ އިބޫ އާއި ކުޑަ އިއްސެ އަށެވެ.

ދެ ސާފަރުންވެސް ދެން ވާދަކުރާނީ ރެޕެޗާޖު ބައިގެ ހަ ވަނަ ބުރުގަ އެވެ. ރެޕެޗާޖް ބައިގެ ހަވަނަ ބުރަށް މި ދެ ސާފަރުން ކޮލިފައިވީ ރެޕެޗާޖުގެ ފަސް ވަނަ ބުރުގައި ކުރިއަށްދިޔަ ހީޓުގެ ގަދަ ދެ ސާފަރުންގެ ގޮތުގަ އެވެ. އެ ހީޓުގައި ވާދަކުރީ އިބޫ އާއި ކުޑަ އިއްސެގެ އިތުރުން ރާއްޖޭގެ އަހުމަދު އާގިލް (އައްމަޑޭ) އަދި އިންޑިއާގެ ސިވަރާޖް ބާބޫ އެވެ.

މި ހީޓުން އެއްވަނަ ހޯދީ އިބޫ އެވެ. އޭނާ ވަނީ 13.80ގެ ސްކޯއެއް ހޯދާފަ އެވެ. 12.76ގެ ސްކޯއަކާއިއެކު ކުޑަ އިއްސެ ދެވަނަ ހޯދިއިރު އައްމަޑޭ އަށް ލިބުނީ 9.93ގެ ސްކޯއެކެވެ. ހީޓުގެ ފުލަށް ދިޔަ ސިވަރާޖް ބާބޫ އަށް ލިބުނީ 7.73ގެ ސްކޯއަކުންނެވެ.

ރެޕެޗާޖު ބުރުގައި އިބޫ ވާދަކުރަން ޖެހުނީ މެއިން ބައިގެ ހަތަރު ވަނަ ބުރުގައި ވާދަކޮށް ހީޓުގެ ގަދަ ދެ ބައިވެރިންގެ ތެރޭގައި އޭނާ ނުހިމެނުމުންނެވެ. އެންމެ ފަހުން އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އިބޫ އައީ މެއިން ބައިގައި ވަރުގަދަ ވާދައެއް ކުރަމުންނެވެ. ނަމަވެސް ހަތަރު ވަނަ ބުރުގައި އޭނާ ވާދަކުރި ހީޓުން ކުޑަ ކުޑަ ތަފާތަކުން ބަލިވެ އޭނާ ރެޕެޗާޖު ބުރުގައި ވާދަކުރަން ޖެހުނީ އެވެ.

ރާއްޖޭގެ ސާފިންގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އިބޫ އާއި އިއްސެ ވާދަކުރާ ރެޕެޗާޖު ބައިގެ ހަވަނަ ބުރުން ކުރި ލިބިއްޖެ ނަމަ ރެޕެޗާޖު ފަހު ބުރަށް ކޮލިފައިވާނެ އެވެ. ރެޕެޗާޖު ފަހު ބުރުން ކުރި ހޯދާ ދެ ބައިވެރިންނަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ފިރިހެން އޯޕަން ބައިގައި ވާދަކުރި ރާއްޖޭގެ އެހެން ސާފަރުންނަށް ބަލާއިރު އާދަމް މުއީން އިބްރާހިމް، ހޫދު އަހުމަދު، ހަސަން ނާސިހު (ޗިކާ) އަދި އަބްދުﷲ އަރީފް ކެޓީ ރެޕެޗާޖު ބައިގެ ހަތަރުވަނަ ބުރުންނެވެ.

އަންހެން އޯޕަން ބަޔަށް ބަލާއިރު ރާއްޖޭގެ އާޔާ ކެޓީ ރެޕެޗާޖު ބައިގެ ދެވަނަ ބުރުންނެވެ.

ޖޫނިއާ ބަޔަށް ބަލާއިރު އެންމެ ދުރަށް ދަތުރުކުރީ 16 އަހަރުގެ ސައްޔިދު ސަލާހުއްދީން އާއި 13 އަހަރުގެ ޔާސިން އަހުމަދު ނާޝިދު އެވެ. މި ދެ ސާފަރުންވެސް ކެޓީ ރެޕެޗާޖު ބައިގެ ތިންވަނަ ބުރުންނެވެ.

އެހެން ޖޫނިއާ ސާފަރުންނަށް ބަލާއިރު މުހައްމަދު އިނާން އަބްދުލްހަންނާން، ޝާނިފް ޝަފީގް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ ކެޓީ ރެޕެޗާޖް ބައިގެ ދެވަނަ ބުރުންނެވެ.

މުބާރާތުގައި މިއަދު ކުރިއަށްދާ ހީޓުތަކަށް ފަހު ބައެއް އިވެންޓުތަކުގެ ފައިނަލުގައި ވާދަކުރާ ބައިވެރިން ޔަގީންވާނެ އެވެ. ފައިނަލް ހީޓުތަކާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox