އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: މި ފަހަރު ވެސް އިބޫ ބްރޯންޒް މެޑަލް ހޯދައިފި

Jul 16, 2023, 10:58 AM
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް 2023ގެ ބްރޯންޒް މެޑަލް ހޯދި ހުސައިން އަރީފް (އިބޫ) - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް 2023ގެ ބްރޯންޒް މެޑަލް ހޯދި ހުސައިން އަރީފް (އިބޫ) - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކ.ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގައި ވާދަކޮށް ރާއްޖޭގެ ތަޖުރިބާކާރު ސާފަރު ހުސައިން އަރީފް (އިބޫ) ބްރޯންޒް މެޑަލް ހޯދައިފި އެވެ.

އިބޫ 46، އަކީ 2019 ވަނަ އަހަރު ޖަޕާންގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށް ބްރޯންޒް މެޑަލް ހޯދި ސާފަރެކެވެ.

މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓުގައި އިބޫ ވާދަކުރީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯ އާއި ޖަޕާންގެ ރިކީ ސަޓޯ އަދި ޖަޕާންގެ އިކޯ ވަތަނާބޭއާ އެވެ. ފައިނަލު ހީޓުގެ އެއް ވަނަ ހޯދައި ރަން މެޑަލް ހޯދީ ވިޑިއަންޓޯ އެވެ. އޭނާ ވަނީ 17.83ގެ ސްކޯއެއް ހޯދައިފަ އެވެ. ދެ ވަނަ ހޯދި ސަޓޯ އަށް 13.90ގެ ސްކޯއެއް ލިބުނުއިރު އިބޫ އަށް ލިބުނީ 10.87ގެ ސްކޯ އެކެވެ. ހަތަރު ވަނަ އަށް ދިޔަ އިކޯ އަށް ލިބުނީ 10.73ގެ ސްކޯ އެކެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ފައިނަލު ހީޓުގައި މިއަދު ހުސައިން އަރީފް (އިބޫ) ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ފައިނަލު ހީޓުގައި މިއަދު ހުސައިން އަރީފް (އިބޫ) ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ފައިނަލު ހީޓުގައި މިއަދު ހުސައިން އަރީފް (އިބޫ) ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގެ ސާފިންގެ އެންމެ ކާމިޔާބު އެތުލީޓު އިބޫ ފައިނަލުން ފުރުސަތު ހޯދީ ރެޕެޗާޖު ބައިގެ ފަހު ބުރުގެ ގަދަ ދެ ބައިވެރިންގެ ތެރޭގައި ހިމެނިގެންނެވެ. މި ހީޓުން އިބޫއަށް ދެވަނަ ލިބުނުއިރު އެއްވަނަ ހޯދީ ޖަޕާންގެ ސަޓޯ އެވެ. މި ހީޓުން ކެޓީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ރާޅާ އަޅަމުންދިޔަ ޖަޕާންގެ ޓަރޯ ޓަކާއީ އާއި އެގައުމުގެ ކައިސެއި އަޑާޗީ އެވެ.

އިބޫ، މިއަދު ފައިނަލުގައި ވާދަކުރަން ޖެހުނީ މާ ބޮޑެތި ބްރޭކްތަކެއް ނުލިބި އެވެ. ރެޕެޗާޖު ހަ ވަނަ ބުރުގައި އޭނާ ރާޅާ އެޅީ މިއަދު ހެނދުނު 10:30ގަ އެވެ. އޭގެ ފަހުން 12:30ގައި ރެޕެޗާޖު ހަތްވަނަ ބުރުގައި އެޅިއިރު ފައިނަލް ހީޓުގައި ވާދަކުރީ މެންދުރު 2 ޖެހިއިރު އެވެ. ކޮންމެ ހީޓެއްވެސް ކުރިއަށްދިޔައީ 30 މިނެޓަށެވެ.

މިއީ އިބޫ އަށް މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ލިބޭނެ ދެ ވަނަ ބްރޯންޒް މެޑައްޔެވެ. އޭނާއާ އެކު ރާއްޖޭގެ ޓީމުން ވަނީ މި މުބާރާތުގެ ތެރެއިން ކުރިއަށްދިޔަ މިކްސް ޓީމު އިވެންޓް ކަމަށްވާ އަލޯހާ ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ. އަލޯހާ ކަޕްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ އިބޫ، އަހުމަދު އާގިލް (އައްމަޑޭ)، ހޫދު އަހުމަދު އަދި ރާހިލް ނަސީމް (އާޔާ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox