ފްރާންސްގައި ބަޑިޖެހި ފުލުސް މީހާއަށް އެހީވާން 1.1 މިލިއަން ޑޮލަރު!

މަރުވި ކުއްޖާއަށް އިންސާފު ހޯދަން ގޮވާލާ އަޑުއުފުލަނީ. -- ފޮޓޯ: ރޮއިޓާޒް

މަރުވި ކުއްޖާއަށް އިންސާފު ހޯދަން ގޮވާލާ އަޑުއުފުލަނީ. -- ފޮޓޯ: ރޮއިޓާޒް

ޕެރިސް، ފްރާންސް (ޖުލައި 3) - ފްރާންސްގައި މިދިޔަ ހަފުތާގައި ފުރާވަރު އުމުރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ފުލުސް މީހާ އަދި އޭނާގެ އާއިލާއަށް އެހީވުމަށް ހުޅުވާލި ފަންޑަށް 1.1 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ގޯފަންޑްމީ ވެބްސައިޓްގައި ކަނާއަތު ފިޔައިގެ މީޑިއާ ކޮމެންޓޭޓަރަކު ފެށި ފަންޑަށް ފައިސާ ދިނީ 40،000 އަށް ވުރެ ގިނަ މީހުންނެވެ.

ބަޑި ޖެހުމުން މަރުވި އުމުރުން 17 އަހަރުގެ އަލްޖީރިއާ ދަރިކޮޅުގެ ނަހެލް އެމްގެ އާއިލާއަށް އެހީވުމަށް ހަމަ އެ ވެބްސައިޓުގައި ހުޅުވާލި ފަންޑަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. މިހާތަނަށް ލިބުނީ އެންމެ 200،000 ޔޫރޯ އެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްތަކުން ސުވާލު ކުރުމުން ނަހެލްގެ މާމަ ބުނީ ކުޑަކުއްޖަކު މަރާލި ފުލުހަކަށް ލިބެމުންދާ ތަރުހީބު ފެނިފައި "ހިތްހަލާކުވާ" ކަމަށެވެ.

"އޭނާ އެ ހުރީ އަހަރެންގެ މާމަ ދަރިފުޅުގެ ފުރާނަ ނަގާލައިގެން. އޭނާ އެ ކުރި ކުށުގެ އަގު އޭނާ އަދާކުރަން ޖެހޭ،" އެ ކުއްޖާގެ މާމަ ބުންޏެވެ.

ފްރާންސްގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ފުލުސް މީހާގެ ހައްގުގައި ފަންޑެއް ހުޅުވުން ކުށްވެރިކޮށްފަ އެވެ. ފަންޑު ހުޅުވި ޖޯން މެސީހާއަކީ އިސްލާމްދީނާ ދެކޮޅު ސިޔާސީ ލީޑަރު އެރިކް ޒެމޫރްއާ ގާތް މީހެކެވެ.

ބައެއް މީހުން މެސީހާ ކުށްވެރިކޮށްފައިވާ އިރު، އިތުރު މީހުން ވަނީ އެފަދަ ފަންޑަކަށް ފުރުސަތު ދިނުމުން ގޯފަންޑްމީއަށް ވެސް ފާޑުކިޔައިފަ އެވެ.

އޭގެ އިތުރުން މީގެ ކުރިން އެފަދަ ފަންޑުތައް ހުޅުވުމުން، ސަރުކާރުން ހުއްޓުވާފައިވާ އިރު، މި ފަހަރު އަޅާ ނުލުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ފުލުސް މީހާގެ ފަންޑަށް މިހާތަނަށް އެކަކު ޖަމާކުރި އެންމެ ބޮޑު އަދަދަީ 3000 ޔޫރޯ އެވެ. ފްލޯރިއަން އެމްގެ ގޮތުގައި ނޫސްތަކުން ފާހަގަކޮށްފައިވާ ފުލުސް މީހާ ހައްޔަރުކޮށް މީހަކު މެރިކަމުގެ ތުހުމަތު ވަނީ އުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox