ބަޖެޓް ކުޑަކޮށް ޓެކްސް ބޮޑުކުރަން އުޅުމުން، އިތުބާރު ނެތް ކަމަށް ފާސްކޮށް ފްރާންސްގެ ބޮޑުވަޒީރު ވަކިކޮށްފި

Dec 5, 2024, 2:05 AM
ފްރާންސްގެ ބޮޑުވަޒީރު މިޝޭލް ބާނިއާ، ބާނިއާގެ އިތުބާރުނެތް ކަމަށް އެގައުމުގެ ޕާލަމެންޓުން އިއްޔެ ފާސްކުރި. ފޮޓޯ: ރޮއިޓާސް

ފްރާންސްގެ ބޮޑުވަޒީރު މިޝޭލް ބާނިއާ، ބާނިއާގެ އިތުބާރުނެތް ކަމަށް އެގައުމުގެ ޕާލަމެންޓުން އިއްޔެ ފާސްކުރި. ފޮޓޯ: ރޮއިޓާސް

ބަޖެޓް ކުޑަކޮށް، އިތުރު ބައެއް ޓެކްސްތައް ނަގަން ނިންމެވުމުން ފްރާންސްގެ ބޮޑުވަޒީރު މިޝޭލް ބާނިއާގެ އިތުބާރު ނެތް ކަމަށް ފްރާންސްގެ ޕާލަމެންޓުގެ ތިރިގެ، ނެޝަނަލް އެސެމްބްލީން ފާސްކޮށްފި އެވެ.

ފްރާންސްގެ ޕާލަމެންޓްގެ ތިރިގޭގައި 577 މެންބަރުން ތިއްބަވާ އިރު ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވެނީ 289 ވޯޓުންނެވެ. ބާނިއާގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ނެޝަނަލް ފްރޮންޓުން ހުށަހެޅި މައްސަލަ ފާސްކުރީ 331 ވޯޓާ އެކުގަ އެވެ.

ސެމީ-ޕްރެޒިޑެންޝަލް ނިޒާމެއް އޮންނަ ފްރާންސްގައި ބޮޑުވަޒީރަކީ އެގައުމުގެ ރައީސް އިހުތިޔާރުކުރައްވާ ބޭފުޅެކެވެ. ބޮޑުވަޒީރަކީ ޕާލަމެންޓްގެ ތެރެއިން ރައީސް ނަންގަވާ ބޭފުޅަކަށް ވާއިރު ބޮޑުވަޒީރު ޕާލަމެންޓް އެކުލަވައިލައްވާނީ ވެސް ޕާލަމެންޓް ތެރެއިންނެވެ. އެކަމުގައި އާއްމު އުސޫލަކީ ޕާލަމެންޓްގައި މެޖޯރިޓީ އޮންނަ ޕާޓީއަކުން ބޮޑުވަޒީރަކު ނަގައި، ސަރުކާރު އެކުލަވައިލަން އެޕާޓީއަކާ ހަވާލުކުރުމެވެ.

އެހެން ނަމަވެސް ފްރާންސްގައި އެންމެ ފަހުން ބޭއްވި ޕާލަމެންޓްރީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައި ނުވާތީ، ބާނިއާގެ ސަރުކާރަކީ މައިނޯރިޓީ ޕާޓީއަކުން އެކުވަލައިލި ސަރުކާރެެކެވެ.

ބާނިއާގެ އިތުބާރު ނެތް ކަަމަށް ފާސްކުރި ނަމަވެސް އެގައުމުގެ ރައީސް އިމެނުއަލް މެކްރޮން، ބޮޑުވަޒީރު ކަމަށް އެހެން ބޭފުޅަކު އައްުޔަންކުރައްވަންދެން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ބާނިއާ ހުންނަވާނެ އެވެ.

ފްރާންސްގެ މަސްދަރުތަކާ ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާތަކުން ބުނި ގޮތުގައި މެކްރޮން ނިންމަވާ ގޮތެއް މިއަދުގެ ފަހުގެ ވަގުތެއްގައި ހާމަކުރައްވާނެ އެވެ. އެއީ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވައި ދެއްވާ ބަޔާނުގަ އެވެ.

ބަޖެޓް ޑެފިސިޓްގެ މައްސަލަަ

ފްރާންސްގެ ބޮޑުވަޒީރު މިޝޭލް ބާނިއާގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ޕާލަމެންޓުން ފާސްކުރީ ޑެފިސިޓް ކުޑަކުރުމަށް ޓަކައި، ހަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާށާއި ބައެއް ޓެކްސްތައް ނަގާ ގޮތަށް އެކުލަވާލައިފައި އޮތް 2025 ބަޖެޓް، ޕާލަމެންޓަށް ހުށަނާޅާ ކުރިއަށް ގެންދަވަން އުޅުއްވުމުންނެވެ.

ފްރާންސްގެ ނިޒާމު އޮންނަ ގޮތުން ބަޖެޓްގެ ބައެއް ޕާލަމެންޓަށް ހުށަހަޅަން ޖެހެ އެވެ. އެހެން ނަމަވެސް އެ ގޮތަށް ހުށަހަޅާ ބައި ފާސް ނުކުރެވިދާނެ ކަމަށް ފެންނަ ހާލަތްތަކުގައި، ގާނޫނުއަސާސީގައި އޮންނަ މާއްދާއަކުން ބޮޑުވަޒީރަށް އޮންނަ ބާރެއް ބޭނުންކޮށްގެން، އެ ބައި ވެސް ކުރިއަށް ގެންދެވެ އެވެ.

އެހެން ނަމަވެސްް އެގޮތަށް ކަންތައް ކޮށްފި ނަމަ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ޕާލަމެންޓް މެންބަރުންނަށް އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox