ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު އަވަހާރަވެއްޖެ

ފްރާންސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު : އޭނާ އަވަހާރަވި އުމުރުން 54 އަހަރުގަ -

ފްރާންސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު : އޭނާ އަވަހާރަވި އުމުރުން 54 އަހަރުގަ -

ފްރާންސްގެ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު، ޖޯން-ފްރަންސުއާ ޕަކްތެތު އަވަހާރަވެއްޖެ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސަށް ވަޑައިގެން، އެންޓިގުއާ އެންޑް ބާބިއުޑާގައި މިވަގުތު ހުންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ސަފީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

އެ ޕޯސްޓުގައި ޒަމީރު ވިދާޅުވީ ޕަކެތެތަކީ ރާއްޖޭގެ ގާތް މިތުރެއް ކަމަށާއި އޭނާގެ ހަދާންތައް އާކުރާނީ، ފްރާންސާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ކުރެއްވި މަސައްކަތްތަކާއެކު ކަމަށެވެ. އަދި ޕަކެތެތުގެ އާއިލާ އަށާއި ލަންކާގައި ހުންނަ ފްރާންސުގެ އެމްބަސީއަށް ޒަމީރު ވަނީ ތައުޒިޔާ ރައްދުކުރައްވާފަ އެވެ.

Advertisement

ޕަކެތެތު އަކީ ފްރާންސް ސަރުކާރުން ރާއްޖޭގެ އިތުރުން ސްރީލަންކާއަށްވެސް ކަނޑައަޅާފައި ހުރި ސަފީރެވެ. އޭނާ މި އަހަރުގެ ކުރީކޮޅު ވަނީ ރާއްޖެއަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. ރައީސް ޑރ. މުހައްމަދު ހުވާ ކުރެއްވުމުގެ ޖަލްސާއަށްވެސް އޭނާ ވަޑައިގަތެވެ.

ސަފީރު ކަމަށް އޭނާ އައްޔަންކޮށްފައިވަނީ އޮކްޓޯބަރު 2022 ގަ އެވެ. ފްރާންސް ސަރުކާރުގެ ސަފީރުކަމުގެ ފަތްކޮޅު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕަކެތެތު އެރުވީ ފެބްރުއަރީ 19، 2023 ގަ އެވެ. އޭނާ އަވަހާރަވީ އުމުރުން 54 އަހަރުގަ އެވެ.

ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމަށް އައްޔަން ކުރުމުގެ ކުރިން ޕަކެތެތު ވަނީ އެމެރިކާ އަދި ނޭޓޯގައި ހުންނަ ފްރާންސުގެ އެމްބަސީގައި މަސައްކަތް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox