ބަންގްލަދޭޝް ތައްޔާރުވަނީ ކުވެއިތަށް "ޑެމޭޖެއް" ދޭން

ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިއަދު ކުވެއިތާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅޭ މެޗުގައި ތައްޔާރުވަނީ ކުވެއިތަށް "ސަޕްރައިޒެއް" ދިނުމަށް ފަހު "ޑެމޭޖެއް" ވެސް ދިނުމުގެ ވިސްނުމުގައި ކަމަށް ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ އާއި ކެޕްޓަން، ޖަމާލް ބުޔާން ބުނެފި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝް އިން ވާދަކުރާއިރު، މިއީ ވޭތުވެދިޔަ 14 އަހަރު ތެރޭ އެ ޓީމުން ސަރަހައްދުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް އިން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގެ ސެމީގައި ކުޅުނީ މީގެ ފަސް މުބާރާތް ކުރިންނެވެ.

ސެމީ ފައިނަލުގައި މިއަދު ކުވެއިތާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ބުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅުނުތާ 72 ގަޑިއިރު ނުވަނީސް ސެމީ ފައިނަލް މެޗަށް ނުކުންނަން ޖެހުމުން އުނދަގޫތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް މިއީ އިތުރު ޝަކުވާއެއް ކުރަން ޖާގައެއް އޮތް ވަގުތަކަށް ނުވާތީ، ބޭނުންވަނީ ވީ އެންމެ ފުރިހަަމަ އަށް މި މެޗަށް ތައްޔާރުވުމަށް ކަމަށެވެ.

"އަަހަންނަށް ޔަގީންކަން އެބައޮތް އަހަރެމެންނަށް ކުވެއިތާ ދެކޮޅަށް ވަރަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ،" މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަބްރޭރާ ބުންޏެވެ.

"އަހަރެމެން އަބަދުވެސް އިދިކޮޅަށް ނުކުންނަ ޓީމު އެނަލައިޒްކުރަން. މި ދަނޑިވަޅުގައި އިދިކޮޅަށް މިއޮތީ ވަރަށް ރަނގަޅު ޓީމެއް، ކުވެއިތު، އަހަރެމެން މި ތައްޔާރުވަނީ އެ މީހުންގެ ކުޅުން ދެނެގަނެ، އެ މީހުން ހައިރާން ކޮށްލެވޭނެ ފަދަ ކުޅުމެއް ދައްކައިގެން ކާމިޔާބު ހޯދޭތޯ ކުރެވެެން ހުރި މަސައްކަތެއް ކުރަން،"

ކަބްރޭރާ ބުނީ ބަންގްލަދޭޝް އިން މުބާރާތަށް ކަނޑައެޅި ފުރަތަމަ ޓާގެޓަކީ ސެމީ ފައިނަލް ކަމަށާއި އެކަން ހާސިލްވުމުން ދެން އެހެން ޓާގެޓެއް ކަނޑައަޅައި، މި ވަގުތު ފޯކަސް ބަހައްޓާފައި ހުރީ ފައިނަލަށް ދިއުމަށް ކަމަށެވެ.

ގްރޫޕް ސްޓޭޖު ފަހު ދެ މެޗުގައި ބަންގްލަދޭޝް އިން ރާއްޖެ އާއި ބޫޓާން ބަލިކުރީ ފަހަތުން އަރަ އެވެ. އެކަމަކު، ކަބްރޭރާ ބުނީ ކުވެއިތާ ދެކޮޅަށް ފުރަތަމަ ގޯލެއް ވަދެގެން މެޗު އަނބުރާލެވޭނެ ކަމުގެ އުންމީދެއް ކުރުން އެންމެ ރަނގަޅުނުވާނެ ކަމަށެވެ. އަދި ކުވެއިތާ ދެކޮޅަށް ކުޅޭއިރު، ފަސޭހަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ފުރަތަމަ ގޯލު ޖެހުން ވެސް މުހިންމު ކަމަށް ކަބްރޭރާ ގަބޫލުކުރެ އެވެ.

ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ (ކ) އާއި ކެޕްޓަން ޖަމާލް: އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝް ޓީމުގައި މިހާރު އޮތް ސްކޮޑުން އެކުގައި މަސައްކަތް ކުރިއިރު، އެ ޓީމު އޮތީ ފީފާ ރޭންކިންގައި ސަރަަހައްދުން ބެލިޔަސް ދަށް ހިސާބެއްގައި ކަމަށާއި އެއިރު، ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުން ވެސް އަދި އެ ގައުމުގެ މީޑިއާ އިން ވެސް ޓީމާ މެދު އުންމީދެއް ނުކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން، ޖަމާލް ބުޔާން ވަނީ ބުނެފަ އެވެ.

ޖަމާލް ބުނީ ޓީމު އެކުވެ އެކުރި މަސައްކަތުން މިހާރު ސެމީ ފައިނަލާ ހަމައަށް އާދެވިފައިވާ ކަމަށާއި އެއީ ވެސް ބޮޑު ކާމިޔާބެއް ކަމަށެވެ.

"އެކަމަކު، ކޯޗު ބުނިހެން އަހަރެމެން މި ތިބީ ހަމައެކަނި ބައިވެރިވެލާކަށް ނޫން. އަހަރެމެން މި ތިބީ ވާދަކުރަން،" ޖަމާލް ބުންޏެވެ.

"އަހަރެމެންނާ މެދު ކުރިން އެއްވެސް ބަޔެއްގެ އުންމީދެއް ނެތް، އެކަމަކު އަހަރެމެން އެކުގައި ކުރީ މަސައްކަތް، މިހާރު ވެސް އަހަރެމެން އަމިއްލަ ނަފްސަށް އިތުބާރު ކުރަން، އެހެންވެ، އަހަންނަށް ފެންނަ ގޮތުގައި މި ޓީމުގައި އެބަހުރި ކުވެއިތަށް ޑެމޭޖެއް ދެވޭނެ ފެންވަރު،"

ޖަމާލް ބުނީ މިހެން ބުނި ކަމަށް ވިޔަސް، ބަންގްލަދޭޝް އިން "އޯވަކޮންފިޑެންޓް" ވެގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ޔަގީންކަމާ އެކު އެނގޭ ކަމަކީ ބޫޓާނާއި ރާއްޖެ އަތުން މޮޅުވި މެޗުތަކަށް ވުރެ މި މެޗު ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެކަން ކަމަށެވެ.

ކުވެއިތާއި ބަންގްލަދޭޝްގެ ސެމީ ފައިނަލް މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 2:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox