ކަބްރޭރާ ބުނަނީ އޭނާ ބަންގްލަދޭޝް ޓީމަށް ގެންނަން ބޭނުންވާ ބަދަލު ފެންނަ ކަމަށް

Jun 29, 2023, 2:16 AM
ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ލިބުމަކީ ބަންގްލަދޭޝްގެ ގައުމީ ޓީމަށް އޭނާ ގެންނަން ބޭނުންވާ ބަދަލުތައް ފެންނަން ފެށުމުގެ ހެއްކެއް ކަމަށް ބަންގްލަދޭޝްގެ ގައުމީ ޓީމްގެ ކޯޗު ސްޕެއިންގެ ހާވިއޭ ކަބްރޭރާ ބުނެފި އެވެ.

ބަންގްލަދޭޝުން ވަނީ 14 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލެބަނަން އަތުން ބަލިވި ނަމަވެސް ޖެހިގެން އައި ދެ މެޗުގައި ރާއްޖެ އާއި ބޫޓާން ފަހަތުން އަރައި، ބަލިކޮށް ބަންގްލަދޭޝް ވަނި ގްރޫޕްގެ ދެ ވަނަ ހޯދައިފަ އެވެ.

ހޯދި ކާމިޔާބާ ގުޅޭގޮތުން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ ބަންގްލަދޭޝްގެ ގައުމީ ޓީމާ ހަވާލުވި ހިސާބުން އެ ޓީމަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށާއި ސެމީއާ ހަމައަށް އެ ޓީމަށް ދެވުމަކީ ބޭނުންވާ ގޮތަށް އެ ޓީމަށް ބަދަލުތައް ގެނެވެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

އޭނާ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިން ދެނެގަނެ، ކުޅުންތެރިން ދަސްކޮށް ޓީމާ އެކު އެކި ބަދަލުތައް ގެނެސް މިހާރު އޭނާ ބޭނުންވާ ކަހަލަ ގޮތަކަށް ޓީމް ބައްޓަން ކުރެވެމުން އަންނަ ކަމަށެވެ.

"މިދިޔަ އަހަރުން ފަށައިގެން އަހަރެން ގައުމީ ޓީމަށް ގެންނަން ބޭނުންވި ބަދަލުތައް ގެނެސް އެ ބަދަލުތައް ޓީމުން އެބަ ފެނޭ. އެ މަސައްކަތުގައި މިހާރު އޮތް ހިސާބު މިހާރު ދެނެގަނެވިއްޖެ. ސެމީ ފައިނަލަކީ އަހަރެން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާ ކަމުގެ ހެއްކެއް. ދެން އޮތީ ހަމަ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ދިޔުން." ކަބްރޭރާ ބުންޏެވެ.

ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗާ ގުޅޭގޮތުން ކަބްރޭރާ ބުނީ އެ މެޗަކީ އުނދަގޫވާނެ މެޗެއްކަން ކުރިން ވެސް އެނގޭ ކަމަށާއި، މެޗު ފަށައިގެން ބަންގްލަދޭޝަށް ރަނގަޅަށް ނުކުޅެވި އުޅެނިކޮށް ބޫޓާނުން މާ ރަނގަޅަށް ކުޅެ ގޯލު ޖެހީ ކަމަށެވެ. ނަމަވެސް އެ ޓީމަށް ފުރަތަމަ ގޯލު ޖެހުނު ހިސާބުން ބޭނުންވާ ގޮތަށް ގޭމު އަނބުރާލެވުނު ކަމަށް ކަބްރޭރާ ބުންޏެވެ.

"މެޗަށް އައިއިރުވެސް އިނގޭ މިއީ އުނދަގޫވާނެ މެޗެއްކަން. ފެށުން ދިޔައީ ގޯސްކޮށް. އަހަރުމެންގެ ކޮންފިޑެންސްގައި ކުޅެވޭ ގޮތެއް ނުވި. އަހަރުމެންގެ ގޭމެއް ނުކުޅެވުނު. ބޫޓާނުން ވަރަށް ރަނގަޅަށް ފެށީ. އެކަމަކު އަހަރުމެން އެކެއް ސުމަކުން ފަހަތުގައި އޮއްވާ ކުޅުންތެރިންގެ ފަރާތުން ފެނުނީ ރަނގަޅު ކަންތައްތަކެއް ފަހަތުން އަރާ ލީޑު ލިބުނީ ވަރަށް ރަނގަޅަށް ކުޅެގެން. އަހަރުމެންގެ ގޭމް ދެން ފެނުނީ. ދެވަނަ ހާފުގައި އަހަރުމެން ބޭނުންނުވީ ރިސްކު ނަގައިގެން ކުޅެން. ޔަގީންކަން އޮތް ގޮތަށް ކުޅުނީ." އޭނާ ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ފުރަތަމަ ޓާގެޓަކީ ސެމީ ފައިނަލުން ޖާގަ ހޯދުން ކަމަށާއި، އެ އަމާޒު ހާސިލްކުރެވިއްޖެ ކަމަށެވެ. ދެން އޮތީ އިތުރަށް މަސައްކަތްކޮށް އެ އަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ސެމީ ފައިނަލާ ގުޅޭގޮތުން ކަބްރޭރާ ބުނީ ކުވެއިތަކީ ވަރުގަދަ ޓީމެއް ކަަމަށާއި، ކިތަންމެ ޗެލެންޖިން މެޗަކަށް މި މެޗު ވިކަމުގައި ވިޔަސް ބަންގްލަދޭޝް އިން ދޫނުދޭނެ ކަމަށެވެ.

ކަބްރޭރާ ވަނީ ބަންގްލަދޭޝްގެ ގައުމީ ޓީމުން މިދިޔަ ދޮޅު އަހަރު ހޯދި ކުރިއެރުން ފާހަގަކޮށް، މިކަން ހާސިލްކުރުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ފެޑެރޭޝަނާއި، ކުޅުންތެރިންގެ އިތުރުން އޭނާއާ އެކު މަސައްކަތްކުރާ ކޯޗިން ޓީމްގެ މަސައްކަތް ކަބްރޭރާ ފާހަގަކުރި އެވެ.

"މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. ކުޅުންތެރިންގެ މަސައްކަތް. އަހަރެން ކުރަން ބޭނުންވާ ކަންކަމަށް އިތުބާރުކޮށް އެ ކުޅުންތެރިން މިކަމަށްދޭ އެއްބާރުލުން މި ފެންނަނީ. ޓެކްނިކަލް ސްޓާފުންގެވެސް ގިނަ މަސައްކަތްތަކެއް މީގައި އެކުލެވޭ. ކުޅުންތެރިންގެ އިވެލުއޭޝަނާ ކަންކަމުގައިވެސް ގިނަ ބަޔަކު އެބަ ހިމެނޭ. ގިނަ ބައެއްގެ މަސައްކަތުން މިހާ ހިސާބަށް އާދެވިފައިމިތިބީ." އެންމެންނަށް ޝުކުރު އަދާކުރުރަމުން ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ ބުނީ ޓީމް މިހާ ހިސާބަށް އައުމުގައި އެގައުމުގެ މީޑިއާއިން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށާއި، ސެމީ ފައިނަލުން ފުރުސަތު ލިބުމާ އެކު މީޑިއާގެ ފަރާތްތަކުން ގައުމީ ޓީމަށް އިތުބާރުކޮށް ކުރިއަށް ދިޔުމަށް ހިތްވަރުދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކަބްރޭރާ ބުނީ ބަންގްލަދޭޝް އަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ގައުމެއްކަމަށާއި، އެ ކުޅުންތެރިންގެ ބޭނުން ހިފައި ގައުމީ ޓީމަށް ރަނގަޅު ކާމިޔާބީ ލިބޭނީ އެންމެންވެސް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"މި ގައުމުގައި ހުނަރާއި ގާބިލްކަން އެބަހުރި. އޭގެ ބޭނުން ހިފެން އޮތީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން. ބަންގްލަދޭޝްގެ މީޑިއާއިން އެއްވެސް ވަރަކަށް މިދިޔަ ދުވަސްތަކުގައި ޕޮޒިޓިވްކޮށް ޓީމަށް އެހީތެރިކަން ދީފައި ނެތް. އެކަން ބަދަލުކުރަން ޖެހޭ އެބަ. އެ ކަން ބަދަލުވެގެން އިތުރު ހިތްވަރު ލިބޭނެ ޓީމަށްވެސް. އެންމެން އެކުގައި މަސައްކަތްކޮށްގެން އިތުރު ކާމިޔާބީތައް ލިބޭނީވެސް" އޭނާ ބުންޏެވެ.

ކަބްރޭރާގެ ކޯޗިން ޓީމުގެ މަސައްކަތަށް ބަންގްލަދޭޝްގައި މަސައްކަތް ކުރަމުން އަންނަ ކްލަބްތަކުގެ ކޯޗުން ވެސް އަންނަނީ ހިތްވަރު ދެމުންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްއާ ހަވާލުވެހުރި ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox