ޕެރިސް، ފްރާންސް (ޖޫން 21) - ބުދަ ދުވަހު ޕެރިހުގައި ހިނގި ގޮވުމެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ޕެރިސް ފުލުހުންގެ ޗީފް ލޯރެންޓް ނުނޭޒް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ 30 މީހުންނަށް އަނިޔާވެފަައިވާ އިރު އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބާރުގަދަ ގޮވުމުގެ ސަބަބުން އިމާރާތެއް ބިމާ ހަމަވި އިރު، އަލިފާން ވެސް ރޯވި އެވެ. ގޮވުން ހިނގަން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ. އެހެން ނަމަވެސް ގޭސް ގޮވުމެއްގެ ގޮތުގައި އޮފިޝަލުން ސިފަކުރެ އެވެ.

އެކަމަކު ފުލުހުން ބުނީ އެއީ ގޭހުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބުނަން އަދި މާ އަވަސް ކަމަށެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނެފައި ވަނީ ގޮވުމުގެ ކުރިން ގޭހުގެ ވަސް ދުވި ކަމަށެވެ.










