ބަންގްލަދޭޝްގެ ހުރިހާ ސަމާލުކަމެއް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ޔަގީން ކުުރުމަށް

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ހަތަރު ޓީމުގެ ކޯޗުން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ހަތަރު ޓީމުގެ ކޯޗުން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާދަމާ އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ވާދަކުރާއިރު، މައިގަނޑު ޓާގެޓެއް ގޮތުގައި ކަނޑައަޅާފައިވާ ސެމީ ފައިނަލަށް ދިއުމަށް ކުރެވެން ހުރިހާ ކަމަކަށް މަސައްކަތް ކުރާނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

ބަންގްލަދޭޝް އިން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، 2005 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް އެ ފަހުން ސެމީ ފައިނަލާ ހަމައަށް ވެސް ދެވިފައިނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ބަންގްލަދޭޝް ހިމެނެނީ ރާއްޖެ އާއި ލެބަނަން އަދި ބޫޓާނާ އެކުގަ އެވެ.

ގްރޫޕް ބީގެ ހަތަރު ގައުމުގެ ކޯޗުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކަބްރޭރާ ބުނީ އެންމެ ފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފަސް މުބާރާތުގައި ވެސް ބަންގްލަދޭޝަށް ސެމީ ފައިނަލަށް ދެވިފައިނުވާތީ، މިހާރު މައިގަނޑު ޓާގެޓެއް ގޮތުގައި ކަނޑައެޅީ ސެމީ ފައިނަލް ކަމަށެވެ.

"ސާފްގައި ކުޅެން ބަލާއިރު އަބަދުވެސް މި އޮންނަނީ ބަންގްލަދޭޝް ޓީމުގައި ތަފާތު ރޫހެއް، ކޮންމެ ކުޅުންތެރިއަކު ވެސް ކުޅެން ބޭނުންވޭ، މިއީ (ސާފް ޗެމްޕިއަންޝިޕަކީ) އަހަރެމެންނަށް މި އަހަރު އޮތް ވަރަށް ހާއްސަ މުބާރާތެއް، ދެން އެބައޮތް ވޯލްޑް ކަޕް ކޮލިފައިން ވެސް،" ކަބްރޭރާ ބުންޏެވެ.

"އަހަރެމެން މި އޮތީ ވަރަށް އުނދަގޫ ގްރޫޕެއްގައި، ކޮންމެ ޓީމެއް ވެސް ގަބޫލުކުރޭ އަނެއް ބުރަށް ދެވިދާނެ ކަމަށް، އެ ފޯކަސްގައި ކޮންމެ ޓީމެއް މަސައްކަތް އެ ކުރަނީ، އަހަރެމެންގެ ވެސް އެބަހުރި އަމިއްލަ ވިސްނުންތަކަކާއި ރޭވުންތަކެއް، އެ ހުރިހާ އެއްޗެއް ބޭނުންކޮށްގެން އަހަރެމެންނަށް އެބައޮތް މި ހާސިލްކުރަން ބޭނުންވާ ސެމީ ފައިނަލްގެ ޓާގެޓަށް ވާސިލްވާނެ ކަމުގެ ޔަގީންކަން،"

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ވާހަކަ ދައްކަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ގްރޫޕްގައި ހިމެނޭ ލެބަނަން އިން ވަނީ ދާދި ފަހުން އިންޑިއާގެ އޮޑިޝާގައި ކުރިއަށްދިޔަ އިންޓަކޮންޓިނެންޓަލް ކަޕްގައި ކުޅެފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން 2-0 އިން ބަލިވި ނަމަވެސް ލެބަނަން އަށް އެ މުބާރާތުން ލިބުނު ތަޖުރިބާ އާއި އިންޑިއާގެ މާހައުލަށް ހޭނެން ލިބުނު ފަސޭހަ އަކީ އެޑްވާންޓޭޖެއް ކަމަށް ބެލެވެ އެވެ.

އެކަމަކު، ލެބަނަންއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހޭ ބަންގްލަދޭޝްގެ ކޯޗު، ކަބްރޭރާ ބުނީ މާހައުލަށް ބަލާއިރު،، ލެބަނަން އަށް ވަކި އެޑްވާންޓޭޖެއް ނެތް ކަމަށާއި ބެންގަލޫރުގައި ކުޅެން ހުރިހާ ޓީމަކަށް ވެސް އޮތީ އެއް ކަހަލަ ހާލަތެއް ކަމަށެވެ.

"ތެދެއް، ލެބަނަން އަށް މި ތަނުގައި ސާފްގެ ކުރިން މުބާރާތެއް ކުޅެލަން ލިބިއްޖެ، އެއީ ރަނގަޅު ކަމެއް، އެކަމަކު، ބެންގަލޫރުގައި ކުޅެން ބަލާއިރު، މިއީ ތަފާތު މާހައުލެއް. އަހަރެމެން ޑާކާގައި ކުޅެނީ ވެސް ތަފާތު މާހައުލެއްގައި، ދެން، މި ހުރި ހުރިހާ ކަމަކަށް ބަލާއިރު، މާހައުލަށް ހޭނުމުގައި ހުރިހާ ޓީމަކަށް ވެސް އެއް ކަހަލަ ކަންތައްތަކެއް މި ހުރީ،" ކަބްރޭރާ ބުންޏެވެ.

ބަންގްލަދޭޝާއި ލެބަނަން ކުޅޭ ގްރޫޕް ބީގެ ފުރަތަމަ މެޗު އޮތީ ބުރާސްފަތި ދުވަހު، މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝް އިން ވަނީ ދެ ހަފްތާއެއްހާ ދުވަހު ތަމްރީންތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން ހަތް ދުވަހު ބަންގްލަދޭޝްގެ ވެރި ރަށް، ޑާކާގައި ޕްރެކްޓިސްކޮށް، އެ އަށް ފަހު ކެމްބޯޑިއާގައި ހަތް ދުވަހު ތަމްރީންތައް ކުރިއަށް ގެންދިޔަ އެވެ. ކެމްބޯޑިއާގައި އެ ގައުމުގެ ގައުމީ ޓީމު އަތުން މޮޅުވި މެޗުގެ އިތުރުން އެ ގައުމުގެ ކްލަބަކާ ދެކޮޅަށް މެޗެއް ކުޅެ މޮޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox