އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މޮޅު ރީތި ރަށަށް

Jun 11, 2023, 5:53 AM
ޖުމެއިރާގެ ދެ ކުޅުންތެރިން ކައިރިން ރީތި ރަށް ޓީމުގެ ހުޒާމް (ކ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖުމެއިރާގެ ދެ ކުޅުންތެރިން ކައިރިން ރީތި ރަށް ޓީމުގެ ހުޒާމް (ކ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި އިއްޔެ ކުޅުނު މެޗުން ވަން އެންޑް އޮންލީ ރީތި ރަށުން ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ޖުމެއިރާ އަތުން މޮޅުވެއްޖެ އެވެ.

ރީތި ރަށު ވޮލީކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ރީތި ރަށް މޮޅުވީ 25-15، 25-23 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރީތި ރަށަށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ޒޯން އެކެެއްގައި ރީތި ރަށާއި ޖުމެއިރާގެ އިތުރުން ދެން ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން، ބަނޑޮސް މޯލްޑިވްސް އާއި ފޯ ސީޒަން އެވެ. މިއަދު ހަވީރު ބަނޑޮސް އާއި ފޯ ސީޒަން ބައްދަލުކުރާ މެޗު އޮންނާނެ އެވެ. އެ މެޗު ކުޅޭނީ ބަނޑޮސް ވޮލީ ކޯޓުގަ އެވެ.

ޕޮއިންޓެއް ހޯދުމަށް ފަހު ރީތި ރަށުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ދެން އެންމެ އަވަހަށް ފަށަން ތާވަލުކޮށްފައިވަނީ ޒޯން ފަހެއް އަދި ހައެކެވެ. އެ ގޮތުން މި ޒޯނުގައި ވާދަކުރަނީ ސޮނޭވާފުށި، ވައްކަރު، ކޮރަކޮރާ އަދި އަނަންތަރާ އެވެ. މި ޒޯނުގެ މެޗުތައް ފަށަން ނިންމާފައިވަނީ މި މަހު 13 ވަނަ ދުވަހު ސޮނޭވާފުށީގަ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ވޮލީބޯޅަ މުބާރާތް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް މިދިޔަ ފަހަރު ކުރިއަށްގެންދިޔައީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެންނެވެ.

އެ ގޮތުން، މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ނަމުގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ގޯލްޑަން އިޔާ"ގެ ނަމުން މުބާރާތަށް ނަން ދެވުނެވެ. މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދި ބަނޑޮހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox