ނައިބޮލީގެ ހިއްސުތަކާއި ދަރިފަސްކޮޅު އިތުރުވުން

ނައި ބޮއްޔެއް

ނައި ބޮއްޔެއް

ކުރީގެ ބަޔާ ގުޅޭ

ލޯ

ޖަނަވާރުންގެ ތެރެއިން ބައެއް ޖަނަވާރުންނަށް ބާރުގަދަ ލޮލެއް ލިބިފައި ވިޔަސް ކަށިނުލާ (މޮލަސްކްސް) ގެ ބާވަތްތަކަށް ލިބިފައިވާ ލޮލަކީ މާ ބާރުގަދަ ލޮލެއް ނޫނެވެ. އަދި އެހެނިހެން ޖަނަވާރުގެ ލޮލުގައި ހުންނަ ކޮއި ނުވަތަ ލެންސެއް ވެސް ނައިބޮލީގެ ލޮލަކު ނުހުރެ އެވެ. ކަޅީގެ ބަދަލުގައި މި ސޮރުމެންގެ ލޮލުގައި ހުންނަނީ ހިމަ ލޯވަޅެކެވެ. މި ލޯވަޅުން ވަންނަ އަލީގެ އެހީގައި ލޮލުގެ ބޭނުން ކުރެއެވެ. މީގެ ލޯ މަސައްކަތް ކުރަނީ ޕިންހޯލު ކެމެރާއެއް މަސައްކަތް ކުރާގޮތަށެވެ. މިބާވަތުގެ ތަކެތި ލޯ ބޭނުން ކުރިޔަސް ނައިބޮއްޔަކީ ސިކާރަކުމުގައި ލޮލުގެ ބޭނުންކުރާ މަހުލޫގެއް ނޫނެވެ.

ވަސްބެލުން

ނައިބޮލީގެ ހިއްސުތަކުގެ ތެރެއިން އެންމެ ބާރުގަދަ ހިއްސަކީ ވަސްބެލުމުގެ ހިއްސެވެ. މި ހިއްސުގެ އެހީގައި ކާނާގެ ބާވަތްތައް ހޯދުމާއި އަދި މިސޮރުމެންގެ ބައިވެރިޔާ ހޯދައި ދެނެގަންނަނީވެސް ވަސްދެނެގަތުމުގެ ހިއްސުގެ އެހީގައެވެ.

ދަރިފަސްކޮޅު

ނައިބޮލީގެ އުމުރުން 5 އަހަރާއި 15 އަހަރާއ ދެމެދުގެ މުއްދަތުގެ ތެރޭގައި ފުރާވަރަށް އަޅައިގަނެ އެވެ. އެއަށް ފަހު ބައިވެރިޔާ ހޯދާ ބައްދަލުކޮށް ފިރިހެން ނައިބޮލީގެ ފައިތަކުގެ ތެރެއިން ހަތަރު ފަޔަކުން އަންހެން ބޮއްޔަށް ދަރިފަނި ފޮނުވާލަ އެވެ. ނައިބޮއްޔަކީ ބިސްއަޅާ ބޮއްޔެއްކަމުން ބިސްއަޅަންވުމުން ކަނޑުގެ ގާތަށް އުފެދިފައި ހުންނަ ހިސާބަށް ތިލަވެ ގާތަކުގެ ތެރެއިން ރައްކާތެރި ތަނެއް ހޯދާ އެތަނަށް ބިސްއަޅަ އެވެ. ނައިބޮލި އާންމުކޮށް އަޅަނީ އަހަރަކު 12 ބިހެވެ. މި ބިސްތައް ދަރިމައިވެ ވިހަނީ 8 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ބިހެއްގައި ހުންނަނީ 3.8 ސެންޓިމީޓަރެވެ. ބިސްތައް ދަރިމައިވެ ވިހާއިރު ޅަބޮލިތަކުގެ ޑައިމީޓަ ހުންނަނީ 2.5 ސެންޓިމީޓަރެވެ. ވިހާއިރު ޅަ ބޮލީގެ އެތެރޭގައި ހުންނަނީ 7 ބެއްދުން ނުވަތަ ނައިބޮލި ކަރެވެ. މިބައިތައް ގިނަވަނީ އުފެދި ބޮޑުވަމުން އަންނައިރުގަ އެވެ. މި ސޮރުމެން ކަނޑު ތެރޭގައި ދަތުރު ކުރަނީ ކަނޑުގައި އަޅާ އޮއިވަރާ އެއްގޮތަށެވެ. ކައިބޮއިއުޅެނީ ފަނިފަކުސާގެ ވައްތަރުތަކެވެ. އާންމު ގޮތެއްގައި ނައިބޮއްޔެއް ބޮޑުވަނީ 8 އިންޗި (20 ސެންޓިމީޓަރު) އަށެވެ. އަދި ދުނިޔޭގައި އުޅެނީ 20 އަހަރެވެ.

ފީނުން

އަޅުގަނޑުމެން މިދެކޭ އާދަޔާޚިލާފު ބާރަށް ދަތުރުކުރާ ޖެޓުފަދަ ތަކެތި ދަތުރު ކުރަނީ ނައިބޮލި ދަތުރުކުރުމަށް ބޭނުންކުރާ ނިޒާމު ބޭނުން ކޮށްގެންނެވެ. ބޮލި ދަތުރު ކުރުމަށްޓަކައި ބޮލީގެ ފައިތަކުގެ ކައިރީގައިވާ ކުޑަހޮޅިއަކުން ވަރަށް ބާރަށް ފެންފޮނުވާލައެވެ. މި ހޮޅިން މިގޮތަށް ފެންފޮނުވާލުމުން އޭގެ އަނެއްކޮޅަށް ބޮލި ދަތުރުކުރެއެވެ. މިކަމަށް މި ބޮލި ބޭނުންކޮށް އުޅެނީ ވަރަށް ކުޑަކުޑަ ހަކަތައެކެވެ.

ދިރިއުޅޭ ފުންމިން

ނައިބޮލި ދިރިއުޅެނީ ޕެސެފިކް ކަނޑާއި އިންޑިޔާ ކަނޑުގެ ސަރަހައްދުގައެވެ. މިސޮރުމެން ދުވާލުގެ ވަގުތުތައް ހޭދަކުރަނީ 600 ފޫޓާއި 2000 ފޫޓް (180މީޓަރާއި 600 މީޓަރު) ގެ ފުންމިނުގަ އެވެ. ނަމަވެސް ދުވާލުގެ އަލިކަން ފިލައި ރޭގަނޑުވުމުން 300 ފޫޓް (90 މީޓަރު) ގެ މައްޗަށް ތިލަވެ, ކާނާ ހޯދުމުގެ މަސައްކަތް ކުރެއެވެ. އަދި ކާނާ ހޯދުމުގައި ދުސްމަނުންގެ ކިބައިން ސަލާމަތް ވުމަށް އަބަދުވެސް ސަމާލުވެއެވެ.

މިސޮރުމެން ދިރިއުޅެނީ 25 ޑިގްރީ އަށްވުރެ ފިނި މާޙައުލެއްގަ އެވެ. އަދި ކަނޑުގެ ފިއްތުމުގެ ސަބަބުން 2600 ފޫޓު (800 މީޓަރު) އަށްވުރެ އަޑިއަކަށް ނުދެވެއެވެ. އެއަށްވުރެ އަޑިއަށް ހިނގައްޖެނަމަ އޭގެ ހަރު ހިލަ ތޮށިގަނޑު ހަލާކުވެ ކުދިކުދި ވެއެވެ. ނައިބޮލި އާންމުކޮށް ދުވާލެއްގެ މައްޗަށް ދަތުރުކޮށް އުޅެނީ 6 ކިލޯމީޓަރުގެ ރާސްތާއެއް ކަމަށް ވެއެވެ.

ބައްޓަމާއި ސިފަ

ނައިބޮލީގެ އޮޅާފައިވާ ތޮށިގަނޑުގެ ތެރޭގައި ބޮލީގެ މަސްގަނޑު އޮންނަނީ ބޮލީގެ ފަހަތުގައިވާ އެންމެ ފަލަބައިގައެވެ. ނަމަވެސް ބޮލީގެ ވަރުގަދަ ތޮށިގަނޑުގެ ސަބަބުން ދުސްމަނުގެ ކިބައިން މަސްގަނޑު ސަލާމަތް ކޮށްދެއެވެ. އެހެން ބޮލިތަކާއި އަދި މޫދުގައި ދިރިއުޅޭ މައިބަދަ ނެތް ޖަނަވާރުންނާ ނައިބޮލި ތަފާތުވާ އެއްމެ ބޮޑު އެއްސަބަބަކީ ބޮލިން ބޭރަށް ހުންނަ ފައިތަކެވެ. މި ފައިތަކުގެ އަދަދު ގުޅިފައިވަނީ ބޮލީގެ ވައްތަރުތަކާއެވެ. މިވައްތަރުގެ ނައިބޮލީގައި މީގެ 90 ފައި ހުރެއެވެ. މި ފައިތައް އަތުރާލެވިފައިވަނީ މަސްގަނޑުގައިވާ ދެ ވަށްބުރުގެ ތެރޭގައެވެ. ބޯވައާއި ބޯވަދިލަމަހުގެ ފައިތަކުގައި ހުންނަ ތަތްކުރާ ފިތްތަކެއް ނައިބޮލީގެ ފައިތަކަކު ނުހުރެއެވެ.

މި ސޮރުމެންގެ ހަރު ތޮށިގަނޑު އުފެދިފައިވަނީ މެދުން ފެށިގެން އޮޅަމުން އައިސްފައިވާ އެއްކޮޅު ފަލަ ހޮޅިއެއް ގޮތަށެވެ. މި ބޮލި ނުވަތަ ހޮޅީގެ ތެރޭގައި ރަނގަޅަށް ވައި ބަންދުކޮށްލެވޭ ގޮތަށް ހުންނަ 30 ބައި (ނައިބޮލިކަރު) ހުރެއެވެ. މިބައިތައް ވަކިކޮށްފައިވަނީ ބޮލީގެ އެނބުރުމުގެ ބައްޓަމަށް ވާ ގޮތަށް ހުރަހަށް ހުންނަ ހުރަސް ތަކަކުންނެވެ.

އެކިފުންމިނުގައި ބޮލި އުޅޭއިރު ބޭނުންވުމުން އެބައިތަކަށް ވައި ޖެހުމާއި ވައި ދޫކުރުމުގެ ނިޒާމު ހަމަޖެހިފައި ހުރެއެވެ. އެހެންކަމުން ރޭގަނޑު މައްޗަށް އަރަންވުމުން އެބައިތަކަށް ވައިޖަހަައި މައްޗަށް އަރަން ބޭނުން ކުރެއެވެ. އަދި ފެނުގެ ތެރޭގައި ތެދަށް ހުރުމަށްވެސް މިބައިތަށް ބޭނުން ކުރެއެވެ.

ނުރައްކާ

ޤުދުރަތީ މާޙައުލުގައި މި ސޮރުމެންގެ ދުސްމަނުންގެ ތެރޭގައި ވެލާ ކަހަނބާއި މިޔަރާއި ރޮނޑުގެ ބާވަތްތައް ހިމެނެއެވެ. އެތައް ސަބަބަކާ ހުރެ މިފަދަ ދިރުންތަކަށް އަބަދުވެސް އަންނަނީ ތަފާތު ގޮންޖެހުންތައް ކުރިމަތި ވަމުންނެވެ. މި ގޮތުން ދިރޭތެކެތި ގެންގުޅޭ މީހުން ފެންގަނޑުގަނޑުގައި ގެންގުޅެން ހިފުމާއި ސީފުޑެއްގެ ގޮތުގައްޔާއި ގަހަނާ ފަދަ ތަކެތި ތައްޔާރުކުރާ މީހުން ހިފާ ހިފުން ފާހަގަކޮށް ލެވެއެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި އެއްއަހަރާއި ދެއަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ދިހަހާސް ބޮލި ހިފާ މަރާ ތޮށިނަގާފައި ވެއެވެ. އަޖައިބުތަކުން ފުރިގެންވާ މިރީތި ބޮލި ޙިމާޔަތް ކުރުމުގެ ގޮތުން 1987 ވަނަ އަހަރުން ފެށިގެން ވަނީ އެކިއެކި ބޭނުންތަކަށް ޤައުމުތަކުން ބޭރުކުރުން މަނާ ކުރެވިފައެވެ. މިކަމުގައި އަހަރުމެން ވެސް ބައިވެރިވެ އެއްބާރުލުމުގެ ގޮތުން ކުރެވިދާނެ އެއްކަމަކީ މި ބޮލިން ހަދާފައިވާ ތަކެތި ގަނެ ބޭނުން ނުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox