ވިލިމާލޭގެ "ޖަޒީރާވަންތަކަން" ހިމާޔަތް ކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

ފެހިކަން ގަދަ ވިލިމާލެ -- ފޮޓޯ: އަދަދު

ފެހިކަން ގަދަ ވިލިމާލެ -- ފޮޓޯ: އަދަދު

މާލެ ސަރަހައްދުގައި އޮތް އެންމެ ހިތްފަސޭހަ، އަދި ދިވެހިރާއްޖޭގެ ރަށްތަކަށް ހާއްސަ "ޖަޒީރާ" ސިފަތައް އެންމެ ފުރިހަމައަށް ފެންނަން އޮތް ވިލިމާލެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ އަދި އުމްރާނީ ގޮންޖެހުންތަކުން އެރަށް ސަލާމަތްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ވ. ވިއަރެސް، އަބްދުﷲ ހުސައިން ރަޝީދު ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ ވިލިމާލެއަކީ މާލޭގެ ކާރުބާރު ބޮޑުކަމާއި، ތޮއްޖެހުމާއި، ވައިގެ ނުސާފުކަމުން ސަލާމަތްވެފައިވާ "ފެހި" ރަށެއްގެ ގޮތުގައި މިހާތަނަށް ދެމިއޮތް ނަމަވެސް، ފަހަކަށް އައިސް ތަންފީޒުކުރެވެމުންދާ ބައެއް ސިޔާސަތުތަކުގެ ސަބަބުން އެރަށުގެ އަސްލު ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.

"ތަރައްގީގެ ނަމުގައި ހިނގަމުން އަންނަ ބައެއް ކަންތައްތައް ވިސްނުމެއްނެތި ތަންފީޒުކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު މުޅި ވިލިމާލެއަށް ކޮށް ރަށުގެ ހާއްސަ ހުރިހާ ސިފަތަކެއް ނެތި ހިނގައިގޮސް އަނެއްކާވެސް މާލެފަދަ ތަނެއް ހެދިދާނެކަމުގެ މަލަމަތި ވަނީ ފެންނަން ފަށާފަ،" ޕެޓިޝަންގައި ބުނެފައިވެ އެވެ.

ވިލިމާލެ -- ފޮޓޯ:އަދަދު
ވިލިމާލެ -- ފޮޓޯ:އަދަދު

ވިލިމާލެ -- ފޮޓޯ:އަދަދު

އެހެންވެ، ހައްލު ހޯދުމަށް އަބްދުﷲ ހުސައިން ރަޝީދު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި:

  • ބެޓެރި ސައިކަލު ގިނަވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އޭގެ ބަދަލުގައި ކައުންސިލުން ހިންގާ "ބައިސްކަލު ޝެއަރިން" ނިޒާމެއް ތައާރަފުކުރުން
  • ދުވަސްވީ ބޮޑެތި ގަސްތަކާއި ހޭޅިފަށް ހިމާޔަތްކުރުމަށް އިސްކަންދިނުން
  • ގަސްކެނޑުމުގެ ބަދަލުގައި މޫތައް ކޮންޓްރޯލްކުރުމުގެ އުކުޅުތައް ބޭނުންކޮށްގެން ގެތަކަށްވާ ގެއްލުން ހައްލުކުރުމާއި، ގަވާއިދުން ގަސްތައް ކޮށައި ބެލެހެއްޓުން
  • އާ ހޮސްޕިޓަލާއި ފްލެޓްތައް ފަރުމާކުރާއިރު، މިހާރު ހުރި ގަސްތަކާއި ފެހި ސަރަހައްދުތައް ނުކަނޑައި، ބިނާވެށީގެ ބައެއްގެ ގޮތުގައި އެތަންތަން ދެމެހެއްޓުން
  • ތިލަމާލެ ބުރިޖުން އަންނަ އުޅަނދުތައް ރަށުތެރެއަށް ވަނުން މަނާކުރުމުގެ ވައުދު ކަށަވަރުކުރުން
  • ބުރިޖު ސަރަހައްދުގައި އެކަށީގެންވާ ޕާކިން އިމާރާތެއް އެޅުމާއި، ބުރިޖުން ހޮސްޕިޓަލަށް ބަލިމީހުން އުފުލޭނެ ހާއްސަ ނިޒާމެއް ގާއިމުކުރުން

ވިލިމާލެ ބަނދަރުމަތި. -- ފޮޓޯ: އަދަދު
ވިލިމާލެ ބަނދަރުމަތި. -- ފޮޓޯ: އަދަދު

ވިލިމާލެ ބަނދަރުމަތި. -- ފޮޓޯ: އަދަދު

ވިލިމާލޭގެ ބަގީގެ ހިދުމަތް ބޮއްސުންލުމުގެ ސަބަބުން އުފެދުނު "ސައިކަލު ސަގާފަތް" މިހާރު ވަނީ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށްޓަކައި 200 އަހަރުވީ ގަސްތައް ކެނޑުމަށް ނިންމާ ނިންމުންތަކަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މަޖިލީހަށް ޕެޓިޝަން ހުށަހެލުމުގެ އުސޫލުގައިވާ ގޮތުން ޕެޓިޝަނެއް ކުރިއަށް ގެންދެވޭނީ މަދުވެގެން 500 މީހުންގެ ސޮއި ހޯދައި އެ ޕެޓިޝަން ހުށަހަޅަން މެންބަރަކު ހޯދުމުންނެވެ. ނަމަވެސް އާބާދީގެ 0.2 ޕަސެންޓު (840 މީހުން)ގެ ސޮއި ލިބުމުން އެ މައްސަލައެއް ސަރުކާރުގެ ސަމާލު ކަމަށް ގެންނާނެ އެވެ. އަދި 0.5 ޕަސެންޓު (2100 މީހުން)ގެ ސޮއި ލިބިއްޖެ ނަމަ އެ މައްސަލައަކަށް މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox