އަސާސީ ހިދުމަތް ދިނުމުގައި ވަކި ރަށަކަށް، ފިކުރަކަށް ނުބަލާނަން: ރައީސް

ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި ރަށަކަށް، ވަކި ފިކުރަކަށް ނުބަލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ފ. ދަރަނބޫދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން އައި ސަރުކާރުތަކުން ކަންކަން ކޮށްދެމުން އައީ ސިޔާސީ މަންފާތަކަށް ވިސްނައިގެން ކަމަށެވެ.

އެގޮތުން އާބާދީ ކުޑަ ރަށަކަށް ހިދުމަތްތައް ފޯރުކޮށްދެނީ އެ ރަށަކަށް ނިސްބަތްވާ ސަރުުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރެއް ނުވަތަ މިނިސްޓަރެއް ނުވަތަ ކައުންސިލަށް ޕާޓީގެ މެޖޯރިޓީ އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަރަނބޫދޫއަކީ އާބާދީ ކުޑަ ރަށެއް، އެހެންނަމަވެސް އެ ސަބަބުތަކަށް ޓަކައި ހުރެ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތަކީ ކުދިކޮށް ހުރި ރަށްތަކަކީ މީހުން ދިރިއުޅުނަސް އަސާސީ ހިދުމަތްތައް ފޯރުކޯށްދޭން ނުޖެހޭ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރެއް ހޮވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ބޭނުންވާ ކަންކަން ހުރިހާ ރަށަކަށް ކޮށްދިނުމަށް ކަމަށެވެ.

"ދިރިއުޅޭ ރަށެއް ފިކުރު ހުރި ގޮތެއް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ. "އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ތަފާތެއް ނެތި ދަނީ ކުރިއަށް."

ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދިނުން
ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދިނުން

ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދިނުން

ބަނދަރު ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ހަތަރު އަހަރު ކުރިން، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ކުރެއްވި ދަތުރުގެ ހަނދާން އާ ކުރައްވައިފަ އެވެ.

"އެއީ ވިއްސާރަ ދުވަހެއް، ވަރަށް ކަނޑުގަދަ ދުވަހެއް، މި ރަށަށް ވަންނަން ބޭރުގައި ބައިގަޑިއިރެއްހާއިރު މަޑުކުރަން ޖެހުނު، އެއީ ގަދަ ވެގެން ނުވަދެވިގެން،" އެ ދުވަހުގެ ހަނދާން އާ ކުރައްވައި ރައީސް ވިދާޅުވި އެވެ.

މި ރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މީގެ ތިން އަހަރު ކުރިން މި ދުވަހު އެވެ. ރައީސް ވިދާޅުވީ މަސައްކަތް ލަސްވީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ބައެއް ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.

ރައީސް ވަނީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަން ފާހަގަކުރައްވައި "ތަފާތު ކުރުމެއްނެތި" ދެން ވެސް މި ރަށަށް ވާ ވައުދު ފުއްދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދަރަނބޫދޫގައި ކުރިން ބޭނުން ކުރަމުން އައީ 2007 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމް ކުރި ބަނދަރެކެވެ.

ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 253 މީޓަރުގެ އެއްގަމުތޮށި ލައި، 410 މީޓަރުގެ ބޭރުތޮށި ލައި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox