އެެއްބަަސްވުން އުވާލި 25 މަޝްރޫއަކުން 136 މިލިއަން އަނބުރާ ނުލިބޭ: އޮޑިޓު ރިޕޯޓު

ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަސް އައިއިރު ކުރިއަށް ގޮސްފައިވާ މިންވަރު: އޮޑިޓުގައިވާ ގޮތުގައި ދޮންބެޒް ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ 20 ޕަސެންޓު ވެސް ނުނިމޭ --- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް

ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަސް އައިއިރު ކުރިއަށް ގޮސްފައިވާ މިންވަރު: އޮޑިޓުގައިވާ ގޮތުގައި ދޮންބެޒް ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ 20 ޕަސެންޓު ވެސް ނުނިމޭ --- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް

ކުރީ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ފެށި 25 މަޝްރޫއެއްގެ އެއްބަސްވުން އުވާލިޔަސް، އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 136.5 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބިފައި ނުވާ ކަމަށް އެ ވުޒާރާގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާންމުކުރި އެ މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މާލީ މުއާމަލާތްތަކުގެ ރިޕޯޓުގައިވާ ގޮތުގައި އެމްޑީޕީ ސަރުކާރުގައި ބާތިލުކުރި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ޖުމްލަ 180.3 މިލިއަން ރުފިޔާ ދޫކުރި އެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން މިހާތަނަށް ދައުލަތަށް އަނބުރާ ހޯދިފައިވަނީ އެންމެ 43.8 މިލިއަން ރުފިޔާ އެވެ.

މިއީ އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ އެންމެ 24 ޕަސެންޓެވެ. އަދި، ދޫކުރި ފައިސާގެ 76 އިންސައްތަ އަދިވެސް ވަނީ ނުލިބި އެވެ.

އޮޑިޓުގައި ހުރި މަޝްރޫއުތަކުގެ ތަފުސީލުތަކަށް ބަލާއިރު، އެންމެ އަގުހުރި މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ދޮންބެޒް ކުންފުންޏާ އެވެ. މިި ކުންފުންޏަކީ 19 ވަނަ މަޖިލީހުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރަަކަށް ހުންނެވި މުހައްމަދު ރަޝީދުގެ ކުންފުންޏެކެވެ.

ދޮންބެޒްއާ ހަވާލުކުރި ހަތަރު ހައުސިން މަޝްރޫއުގެ އަގު 612.3 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި، އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 91.8 މިލިއަން ރުފިޔާ ދޫކުރި އެވެ. އޭގެ ތެރެއިން 75.3 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބިފައެއް ނުވެ އެވެ. މި ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރިއިރުމ އެވަރެޖުކޮށް ނިންމިފައިވަނީ އެންމެ 28.9 ޕަސެންޓެވެ. 

ދޮންބެޒްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ހދ. ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓް: ޖުމްލަ އަގަކީ 440 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 66 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 59.2 މިލިއަން ރުފިޔާ.
  • ޅ. ހިންނަވަރު 100 ހައުސިންގ ޔުނިޓް: ޖުމްލަ އަގަކީ 83.8 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 12.6 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 7.8 މިލިއަން ރުފިޔާ.
  • ގއ. ވިލިނގިލީ 50 ހައުސިންގ ޔުނިޓް: ޖުމްލަ އަގަކީ 48.2 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 7.22 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 2.2 މިލިއަން ރުފިޔާ.
  • ނ. މަނަދޫ 40 ހައުސިންގ ޔުނިޓް: ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި ދިން ހަ މިލިއަން ރުފިޔާ އެއްކޮށް އަނބުރާ ނުލިބޭ.

ފެނަކައާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ނަރުދަމާގެ 14 މަޝްރޫއެއް ބާތިލުކުރި އިރު، އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 565.5 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 63 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކުރި އެވެ. އޭގެ ތެރެއިން 51.8 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބިފައި ނުވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

ފެނަކައާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ބ. ކިހާދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 69.8 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 3.6 މިލިއަން ރުފިޔާ.
  • ލ. ކުނަހަންދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 56.9 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 8.5 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ އަށް މިލިއަން ރުފިޔާ.
  • ބ. ކުޑަރިކިލު ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 60 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 3.4 މިލިއަން ރުފިޔާ.
  • އދ. ފެންފުށީ ފެނުގެ ނިޒާމު: ޖުމްލަ އަގަކީ 48.2 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 7.2 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 6.3 މިލިއަން ރުފިޔާ.
  • ބ. ދޮންފަނު ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 42.2 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 3.4 މިލިއަން ރުފިޔާ.
  • މ. ރަތްމަންދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 39.6 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 5.9 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 4.6 މިލިއަން ރުފިޔާ.
  • ށ. ބިލެއްފަހި ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 38.5 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ ތިން މިލިއަން ރުފިޔާ.
  • ނ. މަގޫދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 36.6 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 2.9 މިލިއަން ރުފިޔާ.
  • ތ. މަޑިފުށީ ފެނުގެ ނިޒާމު: ޖުމްލަ އަގަކީ 35.9 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 3.5 މިލިއަން ރުފިޔާ.
  • ށ. ނޫމަރާ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 40 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 3.1 މިލިއަން ރުފިޔާ.
  • ބ. ފުޅަދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 40 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 2.6 މިލިއަން ރުފިޔާ.
  • ނ. މިލަދޫ ފެނުގެ ނިޒާމު: ޖުމްލަ އަގަކީ 30.7 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 2.2 މިލިއަން ރުފިޔާ.
  • ނ. ލަންދޫ ފެނުގެ ނިޒާމު: ޖުމްލަ އަގަކީ 27.7 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 2.1 މިލިއަން ރުފިޔާ.
  • އައްޑޫ ސިޓީ ފެނުގެ ނިޒާމު: ޖުމްލަ އަގަކީ 21.5 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި ދިން 3.2 މިލިއަން ރުފިޔާ އެއްކޮށް އަނބުރާ ނުލިބޭ.

ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ތިން މަޝްރޫއެއްގެ އަގު 75.4 މިލިއަން ރުފިޔާއަށް އަރަ އެވެ. މި މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި 11.3 މިލިއަން ރުފިޔާ ދޫކުރި އިރު، 5.5 މިލިއަން ރުފިޔާ އަނބުރާ ނުލިބި އެބައޮތެވެ. މިއީ އެ ކުންފުންޏަށް ދޫކުރި އެޑްވާންސް ފައިސާގެ 48.6 އިންސައްތަ އެވެ.

ސްޓެޓިކް ކޮމްޕެނީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ށ. ނަރުދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 25.5 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 1.8 މިލިއަން ރުފިޔާ.
  • ށ. މާއުނގޫދޫ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 25 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 2.1 މިލިއަން ރުފިޔާ.
  • ނ. ޅޮހީ ފެނާއި ނަރުދަމާ: ޖުމްލަ އަގަކީ 24.9 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 1.6 މިލިއަން ރުފިޔާ.

މައިކްރޯން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފެނުގެ ތިން މަޝްރޫއެއްގެ ޖުމްލަ އަގަކީ 77.6 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި ނަމަވެސް، 2 މިލިއަން ރުފިޔާ އަނބުރާ ލިބިފައެއް ނުވެ އެވެ.

މައިކްރޯން އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ މަޝްރޫއުތަކުގެ ތަފްސީލު:

  • ތ. ބުރުނީ ފެނުގެ ނިޒާމު (މައިކްރޯން): ޖުމްލަ އަގަކީ 28 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 488،267 ރުފިޔާ.
  • ފ. ފީއަލީ ފެނުގެ ނިޒާމު (މައިކްރޯން): ޖުމްލަ އަގަކީ 25.5 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 747،409 ރުފިޔާ.
  • ރ. ރަސްމާދޫ ފެނުގެ ނިޒާމު (މައިކްރޯން): ޖުމްލަ އަގަކީ 25 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 3.74 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 735،884 ރުފިޔާ.
  • ގއ. މާމެންދޫ ނަރުދަމާ (އެސްޖޭ ކޮންސްޓްރަކްޝަން): ޖުމްލަ އަގަކީ 27.8 މިލިއަން ރުފިޔާ. އެޑްވާންސްގެ ގޮތުގައި 2.54 މިލިއަން ރުފިޔާ ދިން އިރު ނުލިބި ހުރީ 1.9 މިލިއަން ރުފިޔާ.

ކުރީ ސަރުކާރުގައި އެއްބަސްވުންތައް ބާތިލުކުރުމަށްފަހު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކޮށްފައި ނުވުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށް އޮޑިޓުން ވަނީ އަންގާފަ އެވެ. އަދި މި މައްސަލަތައް ބަލައި، އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިނިސްޓަރަށް ލަފާދީފައިވެ އެވެ.

އޭގެ އިތުރުން މަސައްކަތް ފުރިހަމަނުކުރި ކުންފުނިތަކުގެ މައްސަލަ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ނުފޫޒުގެ މައްސަލަތައް ބޮޑުވެ، މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ އާންމު ކަންބޮޑުވުމެކެވެ. މި ގެއްލުން ވަމުންދާ މައިގަނޑު ސަބަބަކީ ބިޑިން މަރުހަލާތަކުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމާއި ކުންފުނިތަކުގެ ގާބިލުކަމަށް ނުބަލައި ސިޔާސީ ގުޅުންތަކަށް މަޝްރޫއުތައް ދިނުމެވެ.

މީގެ އެތައް މައްސަލައެއްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކުރެވުނު ނަމަވެސް، މަދު މައްސަލަތަކެއް ފިޔަވައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެެސް އެކަށީގެންވާ ފިޔަވަޅު ނޭޅެ އެވެ. މީގެ ސަބަބުން ފައިސާ ބޭކާރުވެ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބުން އިންތިހާއަށް ލަސްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox