ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: އޮރިކްސް އާއި ޕްރޯ އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލަށް

May 27, 2023, 8:42 AM
ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޮރިކްސް ކުޅުނު މެޗެއްގެ ތެރެއިން، އެޓީމްގެ އައިޝަތު ރީމާ ބޯޅަ ގޯލަށް ޝޫޓްކުރަން މަސައްކަތްކުރަނި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޮރިކްސް ކުޅުނު މެޗެއްގެ ތެރެއިން، އެޓީމްގެ އައިޝަތު ރީމާ ބޯޅަ ގޯލަށް ޝޫޓްކުރަން މަސައްކަތްކުރަނި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ކުއާޓާ ފައިނަލުން އޮރިކްސް ހޭންޑްބޯޅަ ކުލަބާއި ޕްރޯ ސްޕޯޓްސް އެކަޑަމީން ޖާގަ ހޯދައިފި އެވެ.

ޖުމްލަ އެކު، 27 ޓީމާ އެކު މި މަހުގެ 20 ވަނަ ދުވަހު ފެށި މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހުގެ ދެ ވަނަ ދުވަހު ނިމޭއިރު މިހާތަނަށް ކުޅުނު މެޗުތަކުން އަންހެން ބައިގެ ކުއާޓާގެ ޖާގައެއް އޮރިކްސް އާއި ޕްރޯ އިން ވަނީ ޔަގީންކޮށްފަ އެވެ.

އަންހެން ޑިވިޝަންގެ ގްރޫޕް އޭގައި އޮރިކްސް އިން ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 37-12 އިންނެވެ. ދެ ވަނަ މެޗު ކާމިޔާބުކުރީ ޕާލްސް އާ ވާދަކޮށް 52-08 އިންނެވެ.

އޮރިކްސް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު މި ގްރޫޕުން ކުއާޓާގެ ޖާގަ ލިބޭނީ ގްރޫޕްގެ ފަހު މެޗުގައި ސިފައިންނާއި ޕާލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އާއި ސްޕޯޓްސް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ.

އަންހެން ބައިގެ ކުއާޓާ ފައިނަލުން ޖާގަ ޔަގީންކުރި އަނެއް ޓީމަކީ ގްރޫޕް ބީގެ ޕްރޯ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން ވަނީ ފުރަތަމަ ދެ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކުލަބާއި އަދި ބޮންތި ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. ބޮންތި އަތުން 26-03 އިން މޮޅުވިއިރު، ލަޔަންސް އަތުން މޮޅުވީ 22-12 އިންނެވެ.

މި ގްރޫޕުން ދެ ވަނަ ބުރުގެ ފުރުސަތު ދެން އޮތީ ރެޑް ހޯކްސް އާއި ލަޔަންސް އަށެވެ. ލަޔަންސް އަށް ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެން ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮތްއިރު، އެއް މެޗު ކުޅެ ތިން ޕޮއިންޓް ހޯދާފައިވާ ރެޑްހޯކްސް އަށް ބާކީ އޮތް ދެ މެޗުން ބޭނުންވަނީ އެއް މޮޅެވެ.

އަންހެން ޑިވިޝަންގެ އެންމެ ފޯރިގަދަ ގްރޫޕްގެ ގޮތުގައި ފާހަގަވަނީ ގްރޫޕް ސީ އެވެ. މި ގްރޫޕުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ކީންސް ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފަ އެވެ. ޒެފްރޯލް ވެސް އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައިވާއިރު، އާރްބީޖީ އިން ވަނީ އެއް މޮޅު ހޯދައިފަ އެވެ. ފުލުގައި އޮތް ފޭސް 2 އަށް އަދި މޮޅެއް ނުލިބެ އެވެ.

ފަސް ޓީމް ހިމެނޭ ގްރޫޕް ޑީއަށް ބަލާއިރު ސުޕަ ޖެނެރޭޝަނުން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ. ތުޅާދޫ ޔަންގް އީގަލްސް އިން އެޓީ މް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާއިރު، ގެލެކްޓިކޯސް ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފަ އެވެ. ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު ޒެނިތު ވަނީ ކުޅުނު ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ފިރިހެން ޑިވިޝަނަށް ބަލާއިރު ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ މި އަހަރު ވަރުގަދަކޮށް މުބާރާތާ ކުރިމަތިލި ޒެފްރޯލް އެވެ. އެ ޓީމުން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ދެ ވަނައިގައި ތިން މެޗުން ދެ މެޗު ކާމިޔާބުކުރި އައިލެންޑާސް ހޯޕް އޮތްއިރު، ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ އިން ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ތުޅާދޫ ޔަންގް އީގަލްސް އާއި ފިއޮންތި ސްޕޯޓްސް ކުލަބު ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ.

މި ޑިވިޝަންގެ ގްރޫޕް ބީގައި ޕޮލިސް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ސިފައިންނާއި ވެލިދޫ ޔުނައިޓެޑުން ވެސް މޮޅެއް ހޯދާފައިވާއިރު، ބޮންތި އާއި ހުޅުމާލެ ސްޕޯޓްސް ކުލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ހަ ވަނަ ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖޫން ހަތަރެއް، ފަހެއް އަދި ހަތް ވަނަ ދުވަހު އެވެ. ދެ ޑިވިޝަންގެ ވެސް ފައިނަލް އޮންނާނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox