ސާޅީސް އަހަރު ކުރީގެ ހަމަލާއެއް ސާބިތުވެ މީހަކު އުމުރަށް ޖަލަށް ހުކުމްކޮށްފި

ޕެރިހުގެ ޔަހޫދީ ފައްޅިއެއްގައި 1980 ގައި ދިން ހަމަލާގައި ހަތަރު މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ޕެރިހުގެ ޔަހޫދީ ފައްޅިއެއްގައި 1980 ގައި ދިން ހަމަލާގައި ހަތަރު މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އެޕްރީލް 21) - މީގެ 43 އަހަރު ކުރިން ފްރާންސްގެ ވެރިރަށް ޕެރިހުގައި ޔަހޫދީންގެ ފައްޅިއަކަށް ހަމަލާދިން ކަމަށް ސާބިތުވެ ކެނެޑާ އާއި ލުބްނާނަށް ނިސްބަތްވާ ސޯސިއޮލޮޖީ ޕްރޮފެސަރަކު ފްރާންސްގައި އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

މިހާރު އުމުރުން 69 އަހަރުގެ ހަސަން ދިއާބްގެ މައްޗަށް ހުކުމް އިއްވީ ގައިރު ހާޒިރުގަ އެވެ. އޭނާގެ މައްޗަށް ސާބިތުވީ 1980 ވަނަ އަހަރު ބޮމެއް ގޮއްވާލި ކަމަށެވެ. އެ ހަމަލާގައި ހަތަރު މީހުން މަރުވެ 46 މީހުންނަށް އަނިޔާވި އެވެ.

ދިއާބްއާ ދެކޮޅަށް ހިންގި ތިން ހަފުތާގެ ޝަރީއަތަށް ފަހު ހުކުމް އިއްވުމުން, މަރުވި މީހުންގެ އާއިލާތަކުން ހިތްހަމަޖެހުން ފާޅުކުރި އެވެ. ޕްރޮސެކިއުޓަރުން ބުނީ ހަމަލާގެ ތުހުމަތު ކުރެވެނީ ހަމައެކަނި ދިއާބްއަށް ކަމަށާއި އެއީ އޭނާ ހިންގި އަމަލެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން އުފުލާފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ތުހުމަތު ކުރީ ޕޮޕިޔުލާ ފްރަންޓް ފޯ ދަ ލިބެރޭޝަން އޮފް ޕެލެސްތީންއާ ގުޅުން ހުރި ގްރޫޕަކަށެވެ. ފްރާންސްގެ ޖާސޫސީ އޭޖެންޓުން ދިއާބްއަށް ތުހުމަތު ކުރީ 1999 ވަނަ އަހަރު އެވެ.

އޭޖެންޓުން ތުހުމަތު ކުރީ ހަމަލާގައި ބޭނުންކުރި 22 ކިލޯގެ ބޮން އުފެއްދީ އޭނާ ކަމަށެވެ. ހެކީގެ ގޮތުގައި އޭޖެންޓުން ހުށަހެޅީ ތުހުމަތު ކުރެވޭ މީހެއްގެ ސްކެޗް ކުރެހުމަކާއި އަތުލިޔުމުގެ އެނެލިސިސް އެވެ. އެ ހެކީގެ އަލީގައި ހަމަލާގައި ބޭނުންކުރި ސައިކަލެއްގެ ވެރިޔަކީ ދިއާބް ކަމަށް ތުހުމަތު ކުރި އެވެ.

އޭގެ އިތުރުން 1981 ވަނަ އަހަރު ރޯމްގައި ހިފެހެއްޓި ދިއާބްގެ ޕާސްޕޯޓެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެ ޕާސްޕޯޓުގައި ހުރީ ސްޕެއިންއަށް އެތެރެވެ އަދި ބޭރުވި ކަމުގެ ސްޓޭމްޕްތަކެވެ. އޭޖެންޓުން ގަބޫލުކުރި ގޮތުގައި ހަމަލާ ރޭވީ ސްޕެއިންގަ އެވެ.

ހަސަން ދިއާބް.-- ފޮޓޯ: އޭއެފްޕީ
ހަސަން ދިއާބް.-- ފޮޓޯ: އޭއެފްޕީ

ހަސަން ދިއާބް.-- ފޮޓޯ: އޭއެފްޕީ

ދިއާބްއަކީ މިހާރު ކެނެޑާގައި ދިރިއުޅޭ ޕްރޮފެސަރެކެވެ. ފްރާންސްގެ އެދުމަށް ކެނެޑާއިން 2014 ވަނަ އަހަރު އޭނާ ހިފަހައްޓައި، ފްރާންސަށް ފޮނުވި އެވެ. އެހެން ނަމަވެސް ތަހުގީގީ ޓީމުތަކަށް އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ގޮތެއް ނުވި އެވެ.

އެހެންވެ، ބަންދުން ދޫކޮށްލުމާ އެކު އޭނާ ފްރާންސް ދޫކޮށް އަލުން ކެނެޑާއަށް ދިޔައީ 2018 ގަ އެވެ. އޭގެ ފަހުން އަލުން ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޓަކުން ނިންމީ 2021 ގަ އެވެ. އާ ޝަރީއަތުގައި ހުށަހެޅި ގިނަ ހެކި ބިނާވެފައި އޮތީ ޖާސޫސީ މަސްދަރުތަކަށެވެ.

ދިއާބް ބުނެފައި ވަނީ ހަމަލާ ދިން ވަގުތު އޭނާ ހުރީ ލުބްނާންގައި އިމްތިހާނެއްގައި ބައިވެރިވުމަށް ކަމަށެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި ކުރީގެ ދަރިވަރުން ވަނީ އެއީ ތެދެއް ކަމަށް ހެކިބަސް ދީފަ އެވެ.

އެހެން ނަމަވެސް، ކުށް ސާބިތުވާ ކަމަށް އަލުން ނިންމުމާ އެކު ދިއާބް ހައްޔަރު ކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ބެލެވެ އެވެ. އަދި އޭނާ ފްރާންސަށް ފޮނުވުމަށް އެ ގައުމުގެ ސަރުކާރުން ކެނެޑާއަށް ޕްރެޝަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ފްރާންސްގައި ދިއާބްއާ ދެކޮޅަށް ޝަރީއަތް ހިންގި ނަމަވެސް، ގިނަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ފްރާންސްގެ އިދާރާތަކަށް ފާޑުކިޔައިފަ އެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ބުނީ ހަމަލާގެ ވަގުތު އޭނާ ހުރީ ލުބްނާންގައި ކަމަށް ބުނާ ވާހަކައިގެ ބުރަދަން އެބަ އޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox