މެކްރޯންގެ ސަރުކާރު ޕާލަމެންޓު ވޯޓުން ސަލާމަތްވީ ކިރިޔާ

ޕާލަމެންޓުގައި ތިބި އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ޕާލަމެންޓުގައި ތިބި އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު 64 އަހަރަށް ބަދަލުކުރަން އުޅޭ މައްސަލައިގައި ރައީސް އިމޭނުއެލް މެކްރޯންގެ ސަރުކާރާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިން ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ރިޓަޔާ ކުރާ އުމުރުން 62 އަހަރުން 64 އަހަރަށް އުފުލަން ނިންމުމުން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 101 މީހުން ހައްޔަރުކޮށްފައިވާ އިރު، ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގަ އެވެ.

އެކަމާ ހެދި ޕާލަމެންޓަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ވޯޓު ދިނީ 278 މެމްބަރުންނެވެ. ފާސްވާން ބޭނުންވީ 287 މެމްބަރުންގެ ވޯޓެވެ.

ޕާލަމެންޓުން އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަ، މެކްރޯންއަށް ޖެހިވަޑައިގަންނަވާނީ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ނުވަތަ އާ އިންތިހާބެއް އިއުލާން ކުރާށެވެ.

ހަނި ގޮތަކަށް ސަރުކާރު ސަލާމަތްވުމުން، ރިޓަޔާ ކުރާ އުމުރު މަތިކުރަން ނިންމި ނިންމުން ގާނޫނަކަށް ހަދާނެ އެވެ. އެ ގާނޫނުގެ ދަށުން ރިޓަޔަމެންޓް ޕެންޝަން ދެން ލިބޭނީ 64 އަހަރުން މަތީގެ މީހުންނަށެވެ.

އެފަދަ ގާނޫނެއް ގެންނަން ނިންމީ ބޮޑު ވަޒީރު އެލިސަބެތު ބޯންއަށް ލިބިވަޑައިގަންނަވާ ހާއްސަ ބާރުގެ ދަށުން ޕާލަމެންޓުގެ ވޯޓަކަށް ދިޔުމެއް ނެތި އެވެ.

ގައުމުގެ މަޝްރަހު ހޫނުވެ، ވެރިރަށް ޕެރިހާއި އެހެން ސިޓީތަކުގައި މުޒާހަރާ ފެށީ ވޯޓަކަށް ނުގޮސް އެ ގާނޫނު ތަންފީޒު ކުރަން އުޅުމުންނެވެ.

ހޯމަ ދުވަހު ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ މައްސަލައިން ސަރުކާރު ސަލާމަތްވުމުން ވެސް ހިތްހަމަނުޖެހިފައި ތިބި މީހުން މަގުތަކަށް ނިކުމެ އަޑުއުފުލި އެވެ.

ސަރުކާރުން ބުނީ ރިޓަޔާ ކުރާ އުމުރު މަތިކުރަނީ މަޖުބޫރުވެގެން ކަމަށާއި ޕެންޝަންގެ ސަބަބުން މުޅި ނިޒާމު ފެއިލްވުން ހުއްޓުވޭނީ އެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

އެހެން ނަމަވެސް، ގިނަ މީހުން އެ ވިސްނުމާ ދެކޮޅެވެ. އެ މައްސަލައިގައި ސިޔާސީ ބަހުސްތައް ބާއްވައި އިހްތިޖާޖު ކުރާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އޭގެ ސަބަބުން ދަތުރުފަތުރާއި އާއްމު ހިދުމަތްތަކާއި ސްކޫލްތަކަށް އަސަރު ކުރަމުންދާ އިރު، ކުނި ނަގާ މީހުން އިހްތިޖާޖު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލުމުން ޕެރިހުގެ މަގުތައް ވަނީ ގޮނޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox