ހިޔަމާގެ ދިރިއުޅުމާއި އާލާވާ ގޮތް

ހިޔަމާގެ ދިރިއުޅުމާއި އާލާވާ ގޮތް

(ކުރީ ހަފުތާއާގުޅޭ)

އިހު  ދިވެހީންނަކީ ހުރިހާ ކަމަކަށްވެސް ދިވެހި ބޭސް ބޭނުންކުރި ބައެއް ކަމުން ހިޔަމަ ކަށި ހެރުމުންވެސް ހަދާއުޅުނީ ދިވެހި ބޭހެވެ. މިކަމަށް ހަދާ އުޅޭ ބޭހަކީ ބޯށިފަތެއްގެ ކެހެރި ހުންނަ ފަރާތުގައި ތިލެޔޮ އުނގުޅުމަށް ފަހު ރަނގަޅަށް ހޫނުކޮށް، ކަށި ހެރިފައިވާ ތަނުގެ މަތީގައި އެ ފަތް ބާއްވާނީ އެވެ. އޭރުން އެކަށީގެ ވިހަކެނޑި ކުދިކުދި ވެފައިވާ ކަށިތައް ނުކުންނާނެ އެވެ.

ހިޔަމައިން ވިހަ ވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. އެއްފަހަރަކު ބެލި މަސްވެރިކަމާބެހޭ ޑޮކިއުމަންޓްރީއެއްގައި މިޔަރު މަސްވެރިކަންކުރާ ބަޔަކު މިޔަރު ގަންނަވައިގެން ގެނެސް އޮޑިޔަށް ނެގުމުގެ ކުރިން އެސޮރުގެ އަނގަ ހުޅުވާލާ ވަގުތު ބާލިދީއެއްގައި ހުރި ހިޔަމަތަކުން ދެތިން ހިޔަމަ މިޔަރުގެ އަނގަތެރެއަށް ލައި ބަލިކޮށްލާތީ ފެނުނެވެ. 

އަނގަ

ހިޔަމާގެ އަނގަޔާއި ފައިތައް ހުންނަނީ ހިޔަމާގެ ދަށްފަރާތުގަ އެވެ. މީގެ އަނގަޔަކީ ވަރަށް ވަރުގަދަ އަނގައެކެވެ. އަދި އަނގައިގައިވާ ތުންގަނޑެއްފަދަ ފަސްދަތުގެ އެހީގައި ގާގަލުގައި ލޯވަޅުއަޅައި ހަރުހަދާލުމުގެ ކުޅަދާނަކަން ހިޔަމައަށް ލިބިގެންވެ އެވެ. އަދި މި ދަތްތަކުގެ މެދުގައި ފަލަ ވަރުގަދަ ދުލެއްވެ އެވެ. މަޑިބިހޭ މިކިޔާ ބާވަތުގެ ހިޔަމާގެ އަނގައިގެ ވަށައިގެން އެންމެ ކައިރިއަށް ހުންނަ ފަސްބަރީގެ ކަށިތަކާއި ކޮޅުގައިވާ ހޮޅިތައް ބޭނުންކުރަނީ ފައިތަކެއް ގޮތަށެވެ އަދި ކާނާހޯދުމާއި ތަންތަނަށް ދިޔުމާއި ހަރުލާ އިނުމަށް ބޭނުން ކުރެ އެވެ. މީގެ އިތުރުން ހިޔަމާގެ ހަށިގަނޑު ފަސްބަޔަށް ބައިކުރެވިފައިވާ ރޮނގުތަކުގައި ހުންނަނީ ވެސް ހިޔަމާގެ ފައިތަކެވެ. މިތަނުގައި އެތެރެ ފެންނަ އެތައްސަތޭކަ ފައެއް ހުރެއެވެ. މިފައިތަކުގެ ކޮޅުންވެސް ކާނާއާއި އޮކްސިޖަނާއި ފެން ޖަމާކޮށް ހަދައެވެ.

ކާނާ

ހިޔަމައަކީ ހުރިހާ ވައްތަރެއްގެ ފަތްޕިލާވެއްޔާއި ދިރޭ ތަކެއްޗާއި މަރުވެފައި ހުންނަ އެއްޗިއްސާއި ގޮޅާފަދަ ތަކެއްޗާއި އިތަޔާއި އަދި މަޑުގަލުގެ ބާވަތްތައް ކައި އުޅޭ އެއްޗެކެވެ. އަދި ހިޔަމަވެސް ކައި އުޅެ އެވެ. ހިޔަމަ އުޅޭ ސަރަހައްދުން ހިޔަމައަށް އަނިއާއެއް ވުމުން ނުވަތަ ބައްޔެއްވުމުން އެތަނުން އެހެން ހިޔަމަތައް އަވަހަށް ދުރަށްދެ އެވެ. އަދި މާގިނައިރުނުކޮށް އެނބުރި އައިސް އެ ހިޔަމަ ކައި ހުސްކޮށްލާކަމުގައިވެ އެވެ. ގިނަ ދިރޭ ތަކެއްޗާއި ހިލާފަށް ހިޔަމާގައި ނަޖިސް ބޭރުކުރާދޮރު ހުންނަނީ އޭގެ ބުރަކަށިމަތީގަ އެވެ.

އުޅޭ ސަރަހައްދު

މަޑިބިސް ހިޔަމަ އާލާވެ ދިރިއުޅެނީ ނޮދާން ހެމިސްފިޔާ (އީކްއޭޓައިން ފެށިގެން ނޯތު ޕޯލަށް) ގެ 0–15 ސެލްސިއެސް ފިނިހޫނުމިނުގެ، 0 މީޓާރުން ފެށިގެން 300 މީޓަރާ ދެމެދުގެ ފުންމިނުގަ އެވެ. ނަމަވެސް އާންމުކޮށް ދިރިއުޅެނީ 50 މީޓަރަށް ވުރެ ތިލައިގަ އެވެ. މިސޮރުމެން ދުނިޔޭގެ ފިނި ސަރަހައްދުގައި އުޅޭ ކަމަށް ބުނެފައި ވިޔަސް ދިވެހިރާއްޖެ ހިމެނޭ ޓުރޮޕިކަލް ސަރަހައްދުގެ ގައިވެސް އުޅެ އެވެ. އެހެން ހިޔަމަތަކެކޭ އެއްފަދައިން މި ބާވަތުގެ ހިޔަމަ ވެސް ދިރިއުޅެނީ ގާތަކުގެ ތެރޭގައްޔާއި ވެލިގަނޑުގެ މަތީގަ އެވެ.

އާލާވުން

މަޑިބިސް ހިޔަމަ އާންމު ގޮތެއްގައި ބޮޑެތިވަނީ 50-87 މިލިމީޓަރ(2-3.4 އިންޗީގެ) ހިޔަމަ ވެސް ފެނިފައިވެ އެވެ. އެވުރެޖު ގޮތެއްގައި ބޮޑު ހިޔަމައެއްގެ ބަރުދަނަކީ 0.45 ކިލޯގުރާމެވެ. ހިޔަމަ ބޮޑެތިވެ ވިހާ ދުވަސްވަރަށް އަޅައިގަންނަނީ ވަރަށް ދުވަހުން ނެވެ. ވިހާ ދުވަސްވަރަށް އަޅައިގަތުމުން އަންހެން ހިޔަމަ މޫދުގެ ތެރެއަށް މިލިޔަނެއްހާ ކުދިކުދި ބިސް ދޫކުރެ އެވެ. ހަމަ މިދުވަސްވަރު ފިރިހެން ހިޔަމަވެސް މޫދުގެ ތެރެއަށް ދަރިފަނި ދޫކުރެ އެވެ. އެއަށް ފަހު މި ދެބައި ބައްދަލުވެ އެކުވުމުން މިތަކެތި ފެންމަތިން ފެންނާނީ ޕްލެންކްޓަންތަކެއްގެ ގޮތުގަ އެވެ. އެއަށް ފަހު މިތަކެތި 9 ހަފުތާ އާއި 10 ހަފުތާއާ ދޭތެރޭގައި ވިހާ ލާވާއަށް ބަދަލުވެ މޫދުގެ އަޑިއަށް ފެތެ އެވެ. މިގޮތަށް އަޑިއަށް ފެތި ހަމަޖެހުމަށްޓަކައި 2އަހަރާއި 5 އަހަރުގެ މުއްދަތެއް ނަގަ އެވެ. ހިޔަމާގެ އުމުރު ގުޅިފައިވަނީ އޭގެ ވައްތަރުތަކާއެވެ. އަދި އެންމެ ގިނަ ވައްތަރުތައް 30 އަހަރު ދުނިޔޭގައި އުޅޭކަމަށް ވެއެވެ. އެންމެ އުމުރު ދިގު އެއްބާވަތަކީ ރެޑްސީ ހިޔަމައެވެ. މިބާވަތުގެ ހިޔަމަ  200 އަހަރަށް ވުރެ ގިނައަހަރު ދުނިޔޭގާއި އުޅޭކަމަށް ވެއެވެ. މަޑިބިސް ހިޔަމާގެ އުމުރަކީ 20 އަހަރާއި 25 އަހަރާއި ދެމެދުކަމުގައި ވެއެވެ.

މަޑިހިޔަމައަކީ މޫދުކާނާއެއްގެ ގޮތުގައި މިހާރުވެސް ރިސޯޓުތަކަށް އެތެރެކުރާ އެއްޗެކެވެ. މިކަމަށްޓަކައި ބައެއް ގައުމުތަކުގައި އާލާކޮށް ގެންގުޅެއެވެ. ރާއްޖޭ ފަރުފަޅުތަކަކީ މިހާރުވެސް މިތަކެތި ދިރޭ ތަންތަނެވެ. މިރަށުގައި (ކަނޑިތީމު) މިތަކެތި އެންމެ ގިނައިން އާލާވެ ބޮޑެތިވަނީ މާކަނާބަނދަރޭ ކިޔާ ސަރަހައްދުގައެވެ. ބަޔަކު މީހުން މަސައްކަތްކޮށްލައިގެން ގެންގުޅެގެން މިވެސް ރަނގަޅު އާންމުދަނީއެއް ލިބިދާނެ އެއްޗެއްކަމަށް ފެނެއެވެ.

ދުޝްމަނުން

އެހެން ދިރޭތަކެއްޗަށް ވެސް ދުސްމަނުން ވާފަދައިން ހިޔަމައަށް ވެސް ދުސްމަނުން ވެއެވެ. އެހެންކަމުން ދުޝްމަނުންގެ ހަރަކާތްތައް ދެނެގަނެވޭނެ ނިޒާމެއް ހަށިގަނޑުގެ މަތީގައި ވެއެވެ. އަދި މީގެ އެހީގައި ކަށިތަކުން ވިހަދޫކޮށް ހަމަލާދީ ރައްކާތެރިކަން ހޯދަ އެވެ. ނަމަވެސް ހިޔަމައަށް ވެސް ސަލާމަތް ނުވެވޭ ދުޝްމަނުންގެ ތެރޭގައި ބޮޑެތިމަހާއި ކަކުންޏާއި ވެނާއި  ސީ އޯޓާސް އާއި އަދި ދޫނިފަދަ ތަކެތި ހިމެނެއެވެ. 

ނުރައްކާ

ގިނަ ދިރޭތަކެއްޗަށް މިއަދު ނުރައްކާތެރިކަން ކުރިމަތިވާ ފަދައިން ހިޔަމައަށްވެސް އަންނަނީ މި ނުރައްކާތައް ކުރިމަތިވަމުންނެވެ. މި ގޮތުން މޫސުމަށް އަންނަ ބަދަލާއި މަސްވެރިކަމުގެ ތެރެއިންނާއި ބައެއް ސަރަހައްދުތައް މާބޮޑަށް ސާފުކުރުމުން ބިސްތައް ނެގުމާއި ބައެއް ހިސާބުތަކުގެ މީހުން ކާނާއެއްގެ ގޮތުގައި ބޭނުން ކުރާ މިންވަރު އިތުރުވުން ހިމެނެ އެވެ. މީގެ އިތުރުން ޖަނަވާރު ގެންގުޅޭ މީހުންގެ ވިޔަފާރީގައި ގެންގުޅޭ ގެންގުޅުން ފާހަގަކޮށްލަން ޖެހެ އެވެ. ހިޔަމައަކީ މޫދުގެ އޮއިވަރުގެ ތެރޭގައި ނޫނީ ރަނގަޅަށް ވިހާ ބޮޑުވާ އެއްޗެއް ނޫންކަމުން މިކަމުގެ ސަބަބުންވެސް ގެއްލުންވެ އެވެ. މިސަބަބުތަކާ ހުރެ މަޑިބިސް ހިޔަމައަކީ ވެސް ކުރިއަށް އޮތަނުގައި ނެތިހިނގައިދާނެ ކަމުގެ ބިރުއޮތް ބާވަތެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox