ހިތްފަޅާފައި ބެލީހެއްޔެވެ؟

ހިތްފަޅާފައި ބެލީހެއްޔެވެ؟

"އޭނާ ޝަހާދަތް ކިއީ ހައްގު ގޮތުގައިކަން ނުވަތަ ނޫންކަން ކަލޭގެފާނަށް އެނގުނީ، ފަހެ ކަލޭގެފާނުން އޭނާގެ ހިތްފަޅާފައި ބެލީހެއްޔެވެ؟" މާތް ނަބިއްޔާ މިހެން ހަދީސްކުރެއްވީ ސަހާބީބޭކަލެއްކަމަށްވާ އުސާމާގެފާނާ މުހާތަބުކުރައްވައެވެ. މިގޮތަށް ހަދީސްކުރެއްވި ސަބަބެއްކަމަށް ރިވާވެގެންވަނީ ހަނގުރާމައަކުން އެނބުރި އައި މުސްލިމުންގެ ލަޝްކަރެއް އެ ހަނގުރާމައިގެ ތެރޭގައި ހިނގާދިޔަ ކަމެއްގެ ހަބަރު މާތް ނަބިއްޔާއަށް ދެންނެވި ހިނދުގައެވެ.

ވީ ގޮތަކީ، އަދުއްވުންގެ މީހަކު ޝަހާދަތް ކިޔުމުންވެސް އުސާމާގެފާނުގެ ކަނޑިކޮޅުން އޭނާ ގަތުލުކުރެއްވީއެވެ. މިހަބަރު އައްސަވާފައި މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. އޭނާ ޝަހާދަތުގެ ދެ ކަލިމަ ކީމާ ވެސް ކަލޭގެފާނު އޭނާ ގަތުލުކުރެއްވީ ހެއްޔެވެ؟ މިބަސްފުޅު މާތް ނަބިއްޔާ އެތައް ފަހަރަކު ތަކުރާރުކުރެއްވިކަމުގައިވެއެވެ. އުސާމާގެފާނު ވިދާޅުވެފައިވެއެވެ. އެދުވަހަށް ފަހުގައި އިސްލާމްވެވުނުނަމަ ކޮންފަދަހޭ ހިތަށް އަރާހާ ގިނައިން މާތް ނަބިއްޔާ އެބަސްފުޅު ތަކުރާރުކުރެއްވިއެވެ.

އުސާމާގެފާނު ދެންނެވި ކަމުގައި ވަނީ، އޭނާ އެ ދަކަލިމަ ކިއީ އެނޫން އެހެން ގޮތެއް ނެތިގެން މަރުން ސަލާމަތްވުމަށްކަމުގައެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. "އޭނާ ޝަހާދަތް ކިއީ ހައްގު ގޮތުގައިކަން ނުވަތަ ނޫންކަން ކަލޭގެފާނަށް އެނގުނީ، ފަހެ ކަލޭގެފާނުން އޭނާގެ ހިތްފަޅާފައި ބެލީހެއްޔެވެ؟" އެމީހާ ގިޔާމަތް ދުވަހުން ޝަހާދަތުގެ ދެ ކަލިމަ ހިފައިގެން އައީމާ ކަލޭގެފާނަށް ޝަފާއަތްތެރިވެ ހިމާޔަތްދޭނީ، ކާކުހެއްޔެވެ؟

Advertisement

މުސްލިމުންނަށް އެތަކެއް ދުއްތުރާކޮށްފައި ހުރި މީހަކު އެނޫން އެހެން ގޮތެއް ނެތިގެން އޭނާގެ ބޯމައްޗަށް ކަނޑި މަޅާލީމާ ޝަހާދަތުގެ ދެކަލިމަ ކިޔާނީ، މަރުން ސަލާމަތްވުމަށްކަމަށް ވުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. އުސާމާގެފާނު އޭނާ ގަތުލުކުރެއްވީ އެހެންވެގެންނެވެ. އަދި އެ ވިދާޅުވީ އެވާހަކަފުޅެވެ. އެކަމަކު މާތް ނަބިއްޔާ އުންމަތަށް ބަޔާންކޮށްދެއްވީ އެ ވިސްނުން ރަނގަޅު ނޫންކަމަށެވެ. ޝަހާދަތުގެ ދެކަލިމަ އެޔަށްވުރެ މަތިވެރި ކަމަށެވެ. އެދަކަލިމައިގެ ހައްގު އެޔަށްވުރެ ބޮޑުކަމަށެވެ.

މި ރިވާޔަތުން ސާފުކޮށް އެނގޭ ގޮތުގައި، މީސްމީހުންގެ އަގީދާއާމެދު ރަނގަޅަށް ހީކުރެވެން އޮއްވައި، އެނޫން އެހެން ގޮތަކަށް އެއްވެސް ހާލަތެއްގައި ކުށްހީކޮށް، މީސްމީހުންގެ ނިޔަތާއި ގަސްދުގެ މައްޗަށް ހުކުމްކުރުމަކީ އިސްލާމްދީނުގައި އޮތް ކަމެއް ނޫނެވެ. މުސްލިމުންނާމެދު ތުހުމަތުކޮށް އެވެނި މިވެނި ބަޔަކީ ލާދީނީ ބަޔެކޭ މިވެނި ބަޔަކު ފަތުރަނީ ކާފަރުކަމޭ ބުނެ ކުފުރުގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އަޅުވައި ހެދުމަކީ އެއްވެސް ގޮތަކުން ޝަހާދަތުގެ ދެކަލިމައިގެ ހައްގު ދަންނަ ހަމަ އެކަކުވެސް ކުރާނެ ކަމެއް ނޫނެވެ. ކިއެއްތަ އެފަދައިން އަމަލުކޮށް އުޅެނީ ދީނެއް ރައްބެއް ރަސޫލެއް ނުދަންނަ މުރައްކަބު ޖާހިލުންނެވެ.

ސުނަން އަބޫދާވޫދުގައި ރިވާވެގެންވެއެވެ. ބަނޫއިސްރާލުންގެ ތެރޭގައި އުޅުނު ދެމީހެކެވެ. އެކަކީ އަޅުވެރިއެކެވެ. އަނެކަކީ ފާފަވެރިއެކެވެ. ފާފަވެރިޔާ ފާފައެއް ކުރަމުންދަނިކޮށް އަޅުވެރިޔާއަށް އެތަން ފެނިގެން ބުނިކަމުގައިވެއެވެ. ތިޔަ ކަންތައް ހުއްޓާލާށެވެ. އެހިނދު ފާފަވެރިޔާ ބުންޏެވެ. އަހަރެން، އަހަރެން ހެއްދެވި ފަރާތަށް ދޫކޮށްލާށެވެ. ކަލޭ ފޮނުއްވުނީ އަހަރެންގެ ކަންކަން ބަލަހައްޓަންހެއްޔެވެ؟ އެހިނދު އަޅުވެރިޔާ ބުންޏެވެ. ﷲ ގަންދެމެވެ. ކަލޭގެ ފާފަ ދުވަހަކު ވެސް ނުފުއްސަވާނެއެވެ. ނުވަތަ ކަލޭ ދުވަހަކު ސުވަރުގެ ނުވެއްދެވޭނެއެވެ.

މީގެ ދެމީހުން މަރުވުމުން، މާތް ﷲ ގެ ހަޒުރަތަށް ދެމީހުން ގެންދެވުނު ހިނދުގައި، އޭގެ ތެރެއިން އަޅުވެރިޔާއަށް ބަސްފުޅު އިއްވެވުނެވެ. ތިމަންކަލާނގެ ކަން ކުރައްވާނެ ގޮތް ކަލެޔަށް އެނގެނީހެއްޔެވެ؟ ނޫންނަމަ ތިމަންކަލާނގެ ގުދުރަތްޕުޅުގެ ތެރޭގައިވާ ކަމެއް ކުރުމަށް ކަލެޔަށް ކުޅަދާނަކަން ލިބިފައި އޮތީހެއްޔެވެ؟ އެޔަށްފަހު ފާފަވެރިޔާ ﷲ ގެ ރަހުމަތުން ސުވަރުގެ ވެއްދެވުނެވެ. އަދި ގަދަބަސްބުނި އަޅުވެރިޔާ ނަރަކައަށް ވެއްދެވުނެވެ.

އެއްގޮތަކަށް ވެސް ފާފަވެރިން ސުވަރުގެ ވަދެފައި އަޅުވެރިން ނަރަކައަށް ދާނެ ވާހަކައެއް ނޫނެވެ. ތިމާގެ ހުންނަ އަޅުވެރިކަމެއްގެ ސަބަބުން އަނެކުންގެ މައްޗަށް ބޮޑާވެގަތުން އޭގެ ޒާތުން ފާފަވެރިންގެ ފާފަޔަށްވުރެ މާ ނުބައިކަމުގެ މައްޗަށް ހުރި އަލިގަދަވެގެންވާ ދަލީލުތަކެވެ.

މާތް ﷲ ލައުނަތްލެއްވި އިބްލީހަށް ވެސް ދިމާވީ ހަމަ މި މައްސަލައެވެ. އޭނާއަކީ، މަލާއިކަތުންނަށްވުރެވެސް އަޅުވެރި މަހުލޫގެއްކަމުގައި ކުރިން ވިއެވެ. އޭނާ ސުވަރުގެއިން ބޭރުކުރެވި ލައުނަތްލެއްވިގެންވާ ގޮތުގައި ލެހެއްޓެވިގެންވެ އެހުރިހާ ކަމެއް އެގޮތަށް މެދުވެރިވެގެންދިޔަ ސަބަބަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އަނެކުންގެ މައްޗަށް ތިމާއަކީ މާ މޮޅު މާ ދީންވެރި މީހެއްކަމަށް ހީކުރެވިފައި އޮތުމުގެ ނުބައިކަމެވެ. އަޅުވެރިކަމުގެ ސިފަ އޭގެ ޒާތުން އެކަލޭގެ ކިބައިގައި ނެތިގެންނެއް ނޫނެވެ.

އަނެކުންގެ ނިޔަތާއި އަނެކުންގެ ގަސްދު އެބައިމީހުން ވަކި ގޮތަށް ބުނަމުންދަނިކޮށް، ތިމާމެން އަމިއްލަ އަމިއްލައަށް އަމިއްލަ ބޭނުންތަކަށް ވަކި ބަޔަކީ ދީނުގެ އަދާވާތްތެރިންގެ ގޮތުގައި ސިފަކުރުމަކީ ވިޔާނުދާ އަދި އެހާމެ އަނިޔާވެރި ލާއިންސާނީ އަމަލެކެވެ. އެހެނީ ވަކި މީހަކީ ލާދީނީ މީހެއްކަމަށް ނުވަތަ ވަކި ބަޔަކީ ލާދީނީ މީހެއްކަމަށް ބުނެ ވާހަކަ ދެއްކުމަކީ މިރާއްޖޭގެ ދީނީ ވެށިއޮތްގޮތަށް ބަލާއިރު، އެމީހަކު މަރާލުމަށް ދެވޭ ހިތްވަރެކެވެ. އެމީހެއްގެ ފުރާނަ ހުއްދަވެއްޖެކަމަށް ގޮވޭ ގޮވެއްޔެކެވެ. އޭގެ ނަތީޖާގައި، ކޮންމެވެސް ތަންދޮރު ނުދަންނަ ބަޔަކު ނުކުމެ ހުރުމަތްތެރިވެގެންވާ ލޭގެ އަހުލުވެރި ބަޔެއްގެ ލޭގެ ހުރުމަތް ގެއްލުވާލުން އޮންނަނީކީ ދުރުގައިކަމަށް ނުވާތީއެވެ.

މީހުން ބުނާތީ އަޑުއަހެމެވެ. ބަލަގަ މަ ބުނީ ލާދީނީ ބަޔަކޭ އެވެ. އެއީކީ އަދި ބަޔަކު ކާފަރުކުރީކީ ނޫނެއް ނޫންހެއްޔެވެ؟ އެއީ މުޅިން ދެކަމެކެވެ. ލާދީނީ ވުމާއި ކާފަރުވެއްޖެކަމަށް ބުނުމާއި މިއީ ދެކަމެކެވެ. ދަންނަވަންތޯއެވެ! ތިބާއީ ތެދެކެވެ. އެއީ މުޅިން ދެކަމެކެވެ. އެކަމަކު އެއީ ނުރައްކާތެރިކަމުގެ ގޮތުން ބަލާއިރު ވަކި ކުޑަކަމެއް ނޫނެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. ފާސިގުކަމުގެ ތުހުމަތު ނުވަތަ ކާފަރުކަމުގެ ތުހުމަތު މީހެއްގެ މައްޗަށް ކުރާއިރު، އެ ތުހުމަތު ރައްދުވާ މީހާ ހުރީ އެހާލަތުގައިކަމަށް ނުވާނަމަ، އެތުހުމަތެއް ކުރި މީހަކަށް އެތުހުމަތެއް ރައްދުވާނެ ގޮތުން މެނުވީ ހަމަ އެކަކަށްވެސް އަނެކެއްގެ މައްޗަށް އެފަދަ ތުހުމަތެއް ނުކުރެވޭނެއެވެ. މިއީ ބުޚާރީގެ ރިވާޔަތެކެވެ. ކާފަރުކަމުގެ ތުހުމަތުކުރުމެކޭ ދާދި އެއްފަދައަކުން ފާސިގުކަމާއި ލާދީނީކަމުގެ ތުހުމަތުކުރުމަކީ ވެސް ނުރައްކާތެރިކަން ބޮޑު ކަމެއް ކަމުގައި މިހަދީސްގެ ޝަރަހައިގައި އިލްމުވެރިން ވިދާޅުވެފައިވެއެވެ.

ހަމަ ބުޚާރީގައި ރިވާވެފައިވެއެވެ. މުއުމިނަކަށް ކާފަރުކަމުގެ ތުހުމަތުކުރުމަކީ އޭނާ ޤަތުލުކުރުން ފަދަ ކަމެކެވެ. މިހަދީސްގައި ބަޔާންކޮށް އެދެނީ ކާފަރުކަމާއި ލާދީނީކަމުގެ ތުހުމަތުތައް މީސްމީހުންގެ ބޮލުގައި އެޅުވުމުގެ ނަތީޖާ ވެސްމެއެވެ. އެއިން މީސްމީހުންގެ ހިތްތަކުގައި ރޯކުރާ ނަފުރަތުގެ ހުޅުކޮޅު ގޮސް އަނދާ ހުލިވަނީ ކަނޑިތަކާއި ވަޅިތަކުގެ ތޫނު މިޔަމައްޗަށް ނޫންތޯއެވެ! އެބަޔާންކުރައްވަނީ އެވާހަކައެވެ.

ކޮންމެ ދިވެއްސަކަށް ކޮންމެ އެކުވެރިޔަކަށް ސޯޝަލް މީޑިއާގެ ކޮންމެ އެކްޓިވިސްޓަކަށް އަދި ކޮންމެ އިލްމުވެރިއަކަށް ވެސް އަޅުގަނޑުގެ ނަފުސެކޭ އެއްފަދައިން ހަނދާންކޮށްދެމެވެ. މީސްމީހުންގެ ބޮލުގައި ލާދީނީކަމާއި ދީނަށް ފުރައްސާރަކުރުމުގެ ތުހުމަތުތައް ތިޔަ އަޅުވަނީ، އެތުހުމަތުތައް އެބަޔަކަށް ތިޔަ ރައްދުކުރާ މީހުންގެ ހިތްތައް ފަޅާފައި ބަލާފައިހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox