ރާއްޖޭގެ ޒުވާން ތަރި އިލާން އަށް ޔޫއޭއީގެ އަލް އައިން އިން ފުރުސަތެއް

Mar 15, 2023, 6:37 AM
މިދިޔަ އަހަރު އެފްއޭއެމްގެ 14 އަހަރުން ދަށުގެ ޔޫތު ލީގުގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރު އެފްއޭއެމްގެ 14 އަހަރުން ދަށުގެ ޔޫތު ލީގުގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ޔޫތު ފުޓްބޯޅަ މުބާރާތްތަކުގައި ފިޔަޖަހަމުން އަންނަ ޒުވާން އެއް ތަރި، މުހައްމަދު އިލާން އިމްރާން އަށް ޔޫއޭއީގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އައިންގެ ޔޫތު ޓީމުގައި ޓްރަޔަލެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިކަން އިއުލާނުކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އިލާން، 13، އަށް ދައުވަތު ލިބިފައިވަނީ އަލް އައިންގެ ފަރާތުން، އިންޓަނޭޝަނަލް ޗެލެންޖް ކަޕްގައި ކުޅުމަށެވެ. އެ ޓީމުގައި އިލާން ދައްކާ ކުޅުން ވަރަށް ރަނގަޅަށް މޮނިޓާ ކުރުމަށް ފަހު، އެ މުބާރާތުގައި އިލާން ދައްކާ ކުޅުން ރަނގަޅު ނަމަ އަލް އައިން އިން އިލާން އަށް ޔޫތު ކޮންޓްރެކްޓެއް ދޭނެ އެވެ.

މިދިޔަ އަހަރު 14 އަހަރުން ދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދިއިރާއި މި މަހު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، ދެ މުބާރާތުގައި ވެސް އިލާންގެ ގޯލު ޖެހުމުގެ ހުނަރު ފެނިގެންދިޔަ އެެވެ.

އެ ގޮތުން ވެލެންސިއާ ޓީމަށް 8 މެޗުން 35 ގޯލު ޖެހިއިރު، މި ފަހަރު އިސްކަންދަރު ޓީމަށް ވަނީ ހަ މެޗުން 38 ގޯލު ޖަހައިދީފަ އެވެ. ގަލޮޅު ދަނޑުގައި އިލާން އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި އިލާން މި ވަނީ 14 މެޗުން 73 ލަނޑު ޖަހައިފަ އެވެ.

އިލާން މިދިިޔަ އަހަރު، "އަދަދު" އަށް އިންޓަވިއުދެނީ: އަބަދުވެސް އެންމެ ކުޅޭހިތްވަނީ ސްޓްރައިކަރަކަށް ކަމަށް ބުނި،--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

ޔޫތު ލެވަލްގައި، އާލީ ޓަޗް ފުޓްބޯލް އެކެޑަމީ (އީޓީއެފްއޭ) އިން ފެށުމަށް ފަހު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބްގައި ވެސް ކުޅެ، ފަހުން ވެލެންސިއާގައި ވެސް ކުރިއެރުން ހޯދި އިލާން ވަނީ ލިބޭ ފުރުސަތުތަަކުގައި ރާއްޖޭން ބޭރުން ވެސް ފުޓްބޯޅައިގެ މުހިންމު ކަންކަން ދަސްކުރަމުންނެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ ޑިސެމްބަރު މަހު ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ޕްރެކްޓިސް ކުރިއިރު، އިލާން އަށް ވަނީ ޓީމާ އެކު ޕްރެކްޓިސް ކުރަން ފުރުސަތު ދީފަ އެވެ. މިއީ މުސްތަގުބަލަށް ބަލައި ނެގި މުހިންމު ފިޔަވަޅެއް ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އޭރު ވަނީ ބުނެފަ އެވެ.

އުމުރުން ހަތް އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި އިލާން، މިދިޔަ އަހަރު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ ފުޓްބޯޅައިން ކުރިއަށްދާން އާއިލާގެ ފަރާތުންނާއި އެކުގައި ކުޅޭ ކުޅުންތެރިންގެ އިތުރުން ކޯޗުންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox