ސިޓީން އާސެނަލް ފަހަތުގައި ވިއްދާފައި، ލިވަޕޫލަށް ޕޮއިންޓެއް

Feb 25, 2023, 10:01 PM
ބޯންމައުތުގެ ސްޓީވެންސް (ވ) ކައިރިން ސިޓީގެ ހާލަންޑް ބޯޅަ ހިފައިގެންދަނީ.

ބޯންމައުތުގެ ސްޓީވެންސް (ވ) ކައިރިން ސިޓީގެ ހާލަންޑް ބޯޅަ ހިފައިގެންދަނީ.

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި އޮތް އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވިއިރު، ލިވަޕޫލް ކުުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެއްޖެ އެވެ.

އާސެނަލުން ވަނީ ރަށުންބޭރުގައި 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ސިޓީން ވަނީ ބޯންމައުތު ދަނޑުގައި 4-1 އިން މޮޅުވެފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްގެ ލެއާންޑްރޯ ޓްރޮސާޑް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އެކަމަކު، ދެ ވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ، ޓްރޮސާޑް ދިން ބޯޅައަކުން ގަބްރިއެލް މާޓީނޭލީ ވަނީ އާސެނަލަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދީފަ އެވެ. މިއީ މި ފަހަރު ލީގުގައި މާޓިނޭލީގެ ނުވަ ވަނަ ގޯލެވެ.

ލެސްޓާގެ ޑިފެންޑަރު ފާސް (ކ) އާއި މިޑްފީލްޑަރު އެންޑީޑީ (ވ) އާސެނަލްގެ ޓްރޮސާޑް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.

ސިޓީ މިރޭގެ މެޗަށް ނުކުތްއިރު، އާސެނަލުން އޮތީ ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ބޯންމައުތު ކޮޅަށް ސިޓީން މޮޅުވީ މެޗު ޑޮމިނޭޓް ކޮށްގެންނެވެ. ސިޓީ އަށް މިރޭގެ މެޗުގައި ލީޑުނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. ފިލް ފޯޑެން ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް ސިޓީ އަށް ލީޑުފުޅާކޮށްދިންއިރު، މިއީ ހާލަންޑް، މި ފަހަރު ލީގުގައި ސިޓީ އަށް ޖަހައިދިން 27 ވަަނަ ގޯލެވެ. މިއާ އެކު ހާލަންޑް ވަނީ ސިޓީ އަށް އެއް ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން ސާޖިއޯ އަގުއޭރޯ ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން ސިޓީން ތިން ވަނަ ގޯލު ޖެހި އެވެ. މިއީ ބޯންމައުތުގެ ފިލް ބިލިން ފަަހަތަށް ދިން ބޯޅައެއް ހޯދައި ފޯޑެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސިޓީން ހަތަރު ވަނަ ގޯލު ޖެހި އެވެ. މި ލަނޑަކީ ބޯންމައުުތުގެ ކްރިސް މެޕަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީިގެ އަލްވަރޭޒް ފޮނުވާލި ވޮލީ ގޯލަށް ވަނީ މެޕަމް ގައިގައި ޖެހިފަ އެވެ. މެޗު ނިމުމުގެ ކުރިން ބޯންމައުތުގެ ހަމައެކަނި ގޯލު ޖެހީ ޖެފާސަން ލޭމާ އެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލުން ޑާވިން ނޫނޭޒް ނުލައި މިރޭގެ މެޗު ކުޅުނުއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިއޯގޯ ޖޮޓާ އަށް ލިބުނު ފުރުސަތެއްގައި ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޕެލަސް އަށް ލީޑުނަަގައިދޭން ޖިއާން ފިލީޕް މަަޓޭޓާ އަށް ލިބުނު ހުސް ފުރުސަތުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ޝޮޓެއް ވެސް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ލިވަޕޫލް، މި ޕޮއިންޓާ އެކު ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 23 މެޗުން 36 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގެ ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ އޮތީ 24 މެޗުން 42 ޕޮއިންޓެވެ. ޓޮޓެންހަމް އިން މާދަމާރޭ ލީގުގެ 10 ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ކުޅޭނެ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ނޮޓިންހަމް ފޮރެސްޓް އަތުން 4-0 އިން މޮޅުވެފަ އެވެ. އެސްޓަން ވިލާ އިން ރަށުންބޭރުގައި 2-0 އިން އެވަޓަން ބަލިކުރިއިރު، އާ ކޯޗު ޖަވީ ގާސިއާގެ އިރުޝާދުގެ ދަށުން ލީޑްސް ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox