ތިން އަހަރަށް ފަހު ޗައިނާގެ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗައިނާގެ ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: އިޔާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗައިނާގެ ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: އިޔާން

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓިފައި އޮތުމަށްފަހު އަލުން ދަތުރުތައް ފެށުމަށް ތިން އެއާލައިނަކުން ތައްޔާރުވެއްޖެ އެވެ.

ޗައިނާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ބެއިޖިން ކެޕިޓަލް އެއާލައިނުންނެވެ. އެ އެއާލައިނުން މި މަހުގެ 18 ވަނަ ދުވަހުން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ދަތުރު ކުރަން ވަނީ ނިންމާފަ އެވެ. އެ ދަތުރުތައް ކުރާނީ 306 މީހުންގެ ޖާގައިގެ ބޯޓުތަކުގަ އެވެ.

އެއަށްފަހު މިމަހުގެ 28 ވަނަ ދުވަހު ޗައިނާ އީސްޓާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ހަމަ ޖެހިފަ އެވެ. އަންނަ މާރިޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފްތާ އަކު އެއްފަހަރު އެ އެއާލައިނުގެ ފުލައިޓުތައް ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މާރިޗު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ދަތުރު ކުރުމުގެ ސްލޮޓު ހޮންގުކޮންގު އެއާލައިންސްއަށް ދީފައި ވީނަމަވެސް އަދި އެ އެއާލައިނުގެ ދަތުރުތައް ފަށާފައެއް ނުވެ އެވެ.

އެ އެއާލައިނުން ވަނީ ކޮންމެ ހަފްތާއަކު ރާއްޖެއަށް ތިން ފްލައިޓު ތާވަލުކޮށްފަ އެވެ. އޭގެން ކޮންމެ ފުލައިޓެއްގައި 292 މީހުންގެ ޖާގަ ހުންނާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ތައްޔާރުވަމުން ދާއިރު، އެ ގައުމަކީ ކޮވިޑުގެ ހާލަތު މެދުވެރިވުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ޗައިނާގެ މާކެޓު އަލުން ހުޅުވޭއިރު، ކޮވިޑުގެ ސަބަބުން އެ ގައުމުން ގެންގުޅެމުން އައި ހަރުކަށި ސިޔާސަތުތަކަށް ލުއި ދޭން ފެށުމާ އެކު އޭޝިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ މިއަންނަ އަހަރު ރަނގަޅު ވާނެ ކަމަށް އެމްއެމްއޭއިން ވެސް ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑުގެ ބަލިމަޑުމަކަމާ ކުރިމަތިލި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 1.7 މިލިއަން އެވެ. އޭގެފަހުން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމަައަށް ރާއްޖެއަށް ޒިޔާރަތް ކުރީ އެންމެ ފަސް ލައްކަ ފަތުރުވެރިންނެވެ.

ނަމަވެސް، ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާ އެކު ޖެހިގެން އައި 2021 ވަނަ އަހަރު ފަތުރުވެރިކަން އަނެއްކާވެސް ހަމައަކަށް އެޅުމުގެ ކޮޅުމަތި ފެނުނެވެ. އެ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައެވެ. އަދި، މި ނިމުނު އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި އަދަދަށް، 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ފެށުމާ އެކު އެ އަދަދު އިތުރުވެ ކޮވިޑުގެ ކުރިން ހުރި މިންވަރަށް ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox