ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފި

ނިޝާމާގެ މަރުގެ ތުހުމަތުވާ ފައިސަލް: އޭނާގެ ހަށިގަނޑު މިހާރުވަނީ އާއިލާއާ ހަވާލުކޮށްފައި

ނިޝާމާގެ މަރުގެ ތުހުމަތުވާ ފައިސަލް: އޭނާގެ ހަށިގަނޑު މިހާރުވަނީ އާއިލާއާ ހަވާލުކޮށްފައި

އަނބިމީހާ މަރާލި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހުނު، އަބޫބަކުރު ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ މިއަދު ހަވާލުކޮށްފި އެވެ.

ފައިސަލް، 30، މަރުވީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެހުނުތާ ހަ ދުވަސް ފަހުންނެވެ. ވެއެތުވެދިޔަ ހަ ދުވަހު އޭނާ ބާއްވާފައި އޮތީ މެޝިނަކުން ނޭވާ ލައްވައިގެނެވެ.

ފުލުހުން ބުނީ ކުޅުދުއްފުށިން ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހުނު މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޑިސެމްބަރު 10، ވަނަ ދުވަހު ފައިސަލް އަމިށްލައަށް ހދ. ކުޅުދުއްފުށިން ފުލުހުންނާ ހަވާލުވީ އޭނާގެ އަންހެނުން ހދ. ނޮޅިވަރަމް, ހިތަށްފިނިވާގޭ، ނިޝާމާ މުހައްމަދު މަރުވެފައި އޮއްވާ ފެނުނުތާ ގަޑިއިރުތަކެއް ފަހުންނެވެ.

ނިޝާމާ، 28، އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އާއިލާގެ މީހުންނަށެވެ. އެ ދެމަފިރިންގެ ހަތް އަހަރުން ދަށުގެ ތިން ކުދިން ތިބެ އެވެ.

ފައިސަލްގެ ހަށިގަނޑު މިއަދު އާއިލާއާ ހަވާލުކުރިއިރު ނިޝާމާގެ ހަށިގަނޑު، ޕޯސްޓްމޯޓަމެއް ހެދުމުގެ ބޭނުމުގައި އޮތީ މޯޗަރީގައި ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox